މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއެއްގައި ރައީސް ޔާމީން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނާ ސަލާމްކުރައްވަނީ.--- ފައިލް ފޮޓޯ:ރައީސް އޮފީސް
15 ޑިސެމްބަރ 2016 - 13:48
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެތް ނަމަ، ރައީސް އަބްދުﷲ ޔާމީނަށް 2013 ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ވެސް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އުމަރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ޕީޕީއެމް އަލަށް އުފައްދައި، ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ "ރަޖާލައިގެން ގޭގައި" ކަމަށް ރައީސް އަބްދުﷲ ޔާމީން ގއ. ގެމަނަފުށީގައި ވިދާޅުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން އުމަރު ވިދާޅުވީ ޕީޕީއެމް އުފެދުނީ އަދި އިންތިހާބުތައް ކާމިޔާބުވީ ވެސް ރައީސް މައުމޫނާ ހެދި ކަމަށެވެ.
ޕިޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރެއްވީ އުމަރެވެ.
PPM ufedhunee adhi inthikhaab thah kaamiyaab vee ves RM ge sababun. RM neh nama Primary ves gellunees. https://t.co/4woE74Tly7
— Umar Naseer (@UmarNaseerPPM) December 14, 2016
އުމަރު ކުރެއްވި ޓުވީޓެއް.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމް އުފެދި، ޕާޓީ ހަރުދަނާ ކުރުމަށް އެކަށީގެންވާ މަސައްކަތެއް އިސް ބައެއް ބޭފުޅުން ނުކުރައްވާ ކަމަށެވެ. އެއީ އޭރުގެ ހާލަތު ކަމަށާއި އެތައް ބައެއްގެ މަސައްކަތުން ޕީޕީއެމަށް ވެރިކަން ލިބި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ސަރުކާރާ ދެކޮޅަށް މިހާރު އެ ޕާޓީން މަސައްކަތް ކުރަންވީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ސިޔާސީ ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވާނީ ވެރިކަމުގައި ތިބުން ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ޕީޕީއެމް ވަނީ ސިޔާސީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެން ކުރަން ޖެހޭނެ މަސައްކަތަކީ ޕާޓީ ތެރޭގައި ހުރި މަސައްކަތްތައް. ބޭރުގައި ހަގީގަތާ ހިލާފަށް އޮއްސާލުމެއް ނޫން. އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން ގަބޫލުކުރާ ފިކުރާއި އުސޫލްތަކާ އެކީގައި މަސައްކަތް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވެފައިވެ އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. މައުމޫނާ ނުލައި ވެސް 2018 ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭނެ ކަމަށް އެމަނިކުފާނުގެ ފެކްޝަނުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
♞ އަސްގެ
22 December 2016
ބަޔަކަށް ހީވި މައުމޫން ނެތްނަމަ ދުނިޔެވެސް ނޯންނާނޭ.. 2008ގެ އިންތިހާބުން ބަލިވެގެން ދިޔަ ދުވަހުވެސް .. ބަޔަކު ބުނި - އުޑުގައި ހުރި ވާރޭ ވިލާތަކާއި - ކަނޑުގައި ހުރި މަސްތަކާއި ދެންވެސް ކިޔާނެ ކަމެއް ނެތް.. ހުރިހާ އެއްޗަކީ މައުމޫނޭ..
އަލީ
16 December 2016
އަފްރާޝީމް ހުރިނަމަވެސް ޕްރައިމަރީ ނުލިބުނީސް.
ކޮމިޓީ
16 December 2016
ޕީޕީއެމް އުފެދުނު ފަހުން ކާމިޔާބް ކުރި ހުރިހާ ބައި އިލެކްޝަން ތައް ކާމިޔާބް ކުރީ ރައީސް މައުމޫން ގެ ލަފާފުޅުގެ މަތިން ޕާޓީގެ އިންތިހާބް ކޮމިޓީން ކުރި މަސައްކަތުން ކުޑަ ހަރަދެއް ކޮއްގެން. ވެރިކަން ލިބުނު ފަހުން ފުރަތަމަ އައި ދެ ބައި އިލެޝަން އިންތިހާބް ކޮމިޓީ ބާކީކޮއްފަ ޔާމީން ފެކްޝަނުން ބަޔަކު ނިކުމެ އެއްތަނައް ހަތްމިލިއަން އަނެއް ތަނައް ދެމިލިއަން ހަރަދު ކޮއްގެން ވީ ފެއިލް އެއީ މިހާތަނައް ހުރިހާ ބައި އިލެކްޝަން ތަކައް ހަރަދު ނުވާ ވަރުގެ އަދަދެއް. މި ދެ އިންތިހާބް ފެއިލް ވުމުން އަނެއްކާވެސް ޕާޓީ ގެ އިންތިހާބް ކޮމިޓީއާއި ބައި އިލެކްޝަން ކޮމިޓީން މަސައްކަތް ކޮއް އިންތިހާބް ތައް ކާމިޔާބް ކުރީ. މި އީ ރައީސް މައުމޫން ގެ މަސައްކަތް އެހެން މީހަކައް ނެގޭނެ ކްރެޑިޓެއް މީގަ ނޯންނާނެ ވީފެއިލް. މި އިންތިހާބް ތަކުގެ ދުވަސްވަރު ބައެއް ބޭފުޅުން އަމިއްލަ ފުޅައް ނިކުންނަން ހުރި އިންތިހާބް ތަކައް ކެމްޕޭން ކުރެއްވީ އަމިއްލަ ފައިދާ އައް. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މީ ސާފް ހަގީގަތަކީ.
ކކ.
16 December 2016
ފެއިލްވީ އައްޑޫ ސިޓީ ވބައި އިލެޝަން އަކާއި މ. ކޮޅު ފުށީ ބައި އިލެޝަން އިން މި ދެތަނަށް ނުވަ މިލިއަން ހަރަދު ކުރި. ކިތަންމެ ފައިސާ އެއް ހުއްޓަސް އިންތިހާބަކީ ކޯއްޗެށް ކަން ނޭގޭ ބަޔަކަށް ކާމިޔާބެއް ނުވާނެ. ޕީޕީއެމުން ކާމިޔާބް ކުރި އެއްވެސް ބައި އިލެކްޝަން އެއްގައި ޔާމީން ފަޅީގެ ހިއްސާ އެއް ނޯންނާނޭ މިދަންނަވަނީ ދެ ބައި އިލެކްޝަން އިން ފެއިލްވީމަ އެވެސް އަދި ބާރާ ނުފޫޒް އޮފެ ސަރުކާރު އަތްމަތީ އޮވެ ވީވަރު. ދެން ކޮން ބައެއް ބާ ނިޮދާ ފަ ތިބީ
ދޮން އާމިރު
15 December 2016
އޭއި.....ނުމުގަ މިކޮމެންޓް ކުރަނީ ކޮންކޯޑިނޭޓަރެއްބާ...
ޢަލީ
15 December 2016
އުމަރުތިބުނީ ހެޔޮކޮއް ނަމަވެސް މިހާރު ވެރިކަން ހޯދަން ބޭނުންވަނީ މުލައްދަނޑީގެ ބާރު ރައްޔިތުންގެ ބާރު ވަނީ ކެނޑިފަ ވެރިކަމުގެ ބާރުތައް ފެށެނީ ކޯޓުން މިހާރު
އަލިފުތު.
15 December 2016
މިވަގުތު ގައުމަށް ބޭނުންވަނީ ކެރޭ ހިއްވަރުގަދަ ހަރުކަށި ވެރިއެއް.
ވަގުތު
15 December 2016
ދެން އެނގިދާނެތާ މިފަހަރު ރައީސް މައުމޫނާނުލާ ނިކުމެ ހޯދަނީ ކޮން ނަތީޖާއެއްކަން
އަލިފުތު.
15 December 2016
މައުމޫނު އަޑުއަހާ މީހުން ފޫހިވެއްޖެ. މިހާރު ބޭނުންވަނީ ނަތީޖާ ހާސިލު ކުރެވޭ ވެރިއެއްގެ އަޑު.
މަ
15 December 2016
ހަމަ ހަގީގަތުގައިވެސް ދިވެހިން ސިޔާސީ ކުޅިވަރުމަތިން ފޫހިވެއްޖެ. ރައްޔިތުން މިހާރު ޔާމީންއަކަށްވެސް މައުމޫންއަކަށްވެސް އަދި އުމަރަކަށްވެސް ތާއީދެއް ނުކުރޭ. އެކަމަކު އެމް.ޑީ.ޕީ މީހުން ތިބީ ނަޝީދަށް މަރުދޭން. އުންމީދު ކުރަނީ 2018 ގައި މަދު އަދަދެއްގެ ބަޔަކު ވޯޓްލައިގެން، ސިޔާސީ ކަންކަމަށް ނޫނެކޭ ބުނާނެކަމަށް.
މޫސާ
15 December 2016
މައުމޫނާ ނުލާވެސް މިހާރުގެ ރައީސްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ. ނަމަވެސް މިހާރުގެ ރައީސްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ އެމަނިކުފާނަށް ރައްޔިތުން ވޯޓު ދެއްވައިގެނެންނޫން. އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ކޯޓުތަކުން ކުރައްވާ، ކުރައްވަމުން ގެންދަވާ، ކުރައްވާނެ ޙުކުމް ތަކުގެ ސަބަބުން. ހޮދު އެމަނިކުފާނުވެސް އެކަން ވަރަށް ރަނގަޅަށް ޤަބޫލު ކުރައްވާނެ. އެކަމަކު މިޙަޤީޤަތާވެސް ދެކޮޅު ހަދާނެ ބަޔަކު އުޅޭނެ. އެއީ މިދުނިޔޭގައި ކަން އޮންނަށްވެސް ވާނެގޮތް.
އަލީ
16 December 2016
ކެކެކެކެ. މޫސަ އެކަނި ހަގީގަތާ އެއްކޮޅަށް ވާހަކަ ތިދައްކަނީ.
ނުވާނެދޯ
15 December 2016
ނަމަ ނަމަ ކިޔާ ހިޔަންޏަށް މުޑި ނަގާނެ ކަމެއް ނެތް އުމަރާ އިނގޭ. ތަމެން ތީ މީހަކު ފެންނަ އިރަށް ދެ ފައިކޭޓަށް އަތް ޖަހާ މޭ ފުއްޕާ ފަޑުއްކަ އިންޑިއަން ސްޓައިލަށް އުޅޭ މީހުންނެއް ނޫންތޭ. ދެން ތަމެން ރައީސް އަކަށް އަތުވެއްޖެނަމަ ތަމެން ބޮޑާ ކަމުން ހޯދާ ނުފެންނާނެ އެވެ. ތަމެންނަށް ޕްރަައިމަރީ އެއް ނުކެރޭނެ ކާމިޔާބު ކުރަން މައުމޫނު ތަމެން ފަޅި އަށް ހުރި ނަމަވެސް. ތަމެން ނުދަންނާނެ މަމެން. މަމެން އެދުވަހު މާލޭން ޕްރައިމަރީގައި މަމެން ބެލެހެއްޓި ފޮށި ތަމެން ބަލި ކޮށް އުފުރާލީ މެވެ. ތަމެންގެ ބޯއިޒް ތައް ތިބެން ޖެހުނީ ހަމަ ހަޅޭއް ލަވަލަވާ. ކުރެވުނު އެއް ކަމެއް ވެސް ނެތް ދޯ.
ނިއުޓްރަލް
15 December 2016
ތަމެންނަށް ކުރެވޭނިހާވެސް ކަމަކީ ހައްޤުނޫންމުސާރަކައިގެނއ ކޯޑިނޭޓަރު ކިޔާފަ ތިބެ ކޮމެންޓްޖެހުން..މާދަމާވެސް ވެރިކަން ވެއްޓޭއިރަށް ނޫނީ މަޤާމުންވަކިކޮށް އެއްލާލާއިރަށް ތަމެން ތިބޭނީ ދަމާކަނޑަން ކުރާނެ މަސައްކަތެއްނެތި، ދެން އުޅޭނީ ނަފުސުވިއްކަން.. އެކަމަކު މަމެން ތިބޭނީ އަމިއްލަ މަސައްކަތްކޮށްގެން ކޮންމެ ބަޔަކު ވެރިކަމުގަ ތިއްބަސް ޕިންކީސް ތިއްބަސް ރަންރީނދުލޭ މެން ތިއްބަސް އަދި ހަރުގަނޑޭއާ ކާލާމަންނަމެންނާ ސޭޓޭ މެން ތިއްބަސް... ލައްކަ އަސަރުކުރާނެ ފަދި ފައިކަހާލާނެ މި ކޮމެންޓު ފެނިފަ.. މަމިހުރީ ބަލަން ތަރަތަރަ ޖަހައިގަންނާނެ ވަރު ދެން ލަލަލާ
އޭއި
15 December 2016
އޭއި " ނިއުޓްރަލް " ތީދެން ކިހާ ދެރަ ކަމެއް ނޫންތޭ ތަމެން ރަންރީނދުލޭ މެންނާއި ހެދި. މާ ބޮޑަށް ނުފުއްޕައްޗޭ އިނގޭ. ޑިފަމޭޝަން ޖައްސާލެވިދާނެ އިނގޭ. އެއިރަށް މާތާހިރެއް ނުވާނެ އިނގޭ.
ޖޮބްލެސް ކޯޑިނޭޓަރު
15 December 2016
ކޯޑިނޭޓަރު އަބަދުވެސް ބިރުދައްކައިގެން ކަންކަން ނިންމަން ތިއުޅެނީ. މީ ރޯމަން އެމްޕަޔާރ އެއް ނޫން އިނގޭ. ނިއުޓްރަލް ބުނީ ހަމަ ތެދެއް މާދަން ތިމީހުން އުޅޭނެ ގޮނޑުހޮވަން. އަނެއްހެން ޗީޕް ބައެއްނު
ނީޑެޑް
15 December 2016
އޭއި " ޖޮބްލެސް ކޯރޑިނޭޓަރު" ތަމެން ނާއި ހެދި ދެން ތީ ކިހާ ދެރަކަމެއް ނޫންތޭ. މަމެން ތަމެންނަށް ބިރު ދައްކަނީ އެއް ނޫނޭ. އެއީ ތަމެން މައިތިރި ވޭތޯ ބަލަން ވޮއިސް ރެއިޒް ކުރީއޭ އިނގޭ. އެއީ އެހެން ބުނި އެއްޗެއް ނޫން އިނގޭ. ހިތް ބަރު ނުކުރޭ ނުކުރޭ އިނގޭ. ދެން ވެސް ތަމެން އަންނަން އުޅެގަ މަމެން ޕިންކީންގެ ސިގްނޭޗަރ އޮފީހަށް ޗެޓް ކޮށްލަން. ޔޫ ރިއަލީ އާރ ނީޑެޑް.