އިސްލާމީ މަރުކަޒުގައި ބަޔަކު ގުރުއާން ކިޔަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
08 އެޕްރީލް 2022 - 23:09
ރޯދަ މަހުގެ ރޭތައް އިހްޔާކުރަން ބާއްވާ ފޯރަމްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނީ މާލެ އާއި ރަށްރަށުގައި ބާއްވާ އިހްޔާ ފޯރަމްތައް ކުރިއަށްދާ ކޮންމެ ރެއަކު، ގުރުއަތުން ހޮވޭ މީހުންނަށް އިނާމު ދޭނެ ކަމަށެވެ. އެހެންވެ، އެ ފޯރަމްތަކުގައި އެ ރެއަކު ދޫކުރާ ނަންބަރުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ކަމަށް އެ ވެބްސައިޓުގައި ވެ އެވެ.
ފޯރަމްތަކުގައި ގުރުއަތުން ހޮވޭ މީހުންނަށް ފައިސާގެ އިނާމާއި މިނިސްޓްރީން އިނާމު ދޭން ވަނީ ނިންމައިފަ އެވެ.
އިހްޔާ ފޯރަމްތައް ބާއްވަމުން އަންނަނީ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރެ އެވެ. ފޯރަމް އޮންނާނީ އައްޑޫ، ފުވައްމުލަކު، ކުޅުދުއްފުށީ އަދި އުނގޫފާރުގަ އެވެ.
މިނިސްޓްރީން ބުނީ އެގޮތަށް ދޫކުރާ ނަމްބަރުތަކުން އިނާމު ނުލިބޭ މީހުންނަށް އެންމެ ފަހު އިހްޔާ ފޯރަމްގެ ގުރުއަތުގައި ހިމަނާނެ ކަމަށެވެ. އެގޮތަށް މާލެ އާއި ރަށްރަށުގެ ނަމްބަރުތައް ވަކިން ހޮވައި 1،2 އަދި 3 ވަނަ ހޮވަން ހަމަޖައްސާފައިވާ ކަމަށް ވެބްސައިޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާން ބަދަލު ވެއްޖެ! ދަތުރުކުރާ ރޭލު ބަދަލު ކުރޭ!
10 April 2022
މިއީ 1970 އެއްނޫން. މިޒަމާނުގެ ކުދިން ބޯކާލެވޭނީ ހަމަޖެހޭ ވާހަކަ ދައްކައިގެން. މިވެނި ކަމެއް ކުރާށޭ ބުނެގެނެއް ނުކުރާނެ. އެކަމެއް ކުރަންވީ ކީއްވެގެން ކަން އެކުދިންނައް ގަބޫލު ކުރެވޭ ޖަވާބެއް ދެވެން ޖެހޭނެ. އެކުދިން ކަން ކުރާނީ ކުރަންބޭނުން ވެގެން. މައިން ބަފައިން ކުރާށޭ ބުނެގެނެއް ނުކުރާނެ!
200000
10 April 2022
މިހާރު އިހްޔާ ފޯރަމްވެސް ސިޔާސީވެ ދާނެ މީހަކު ނުވުމުން އިނާމާ ފްލްޓާއި ސައިކަލް ހަދިޔާއަށް ދީގެން ގެންދަން ޖެހެނީ . އެހެންނު ވާނީ ސޭޚު މިހުންނަށް ނަސޭހަތް ދީފައި މާދަމާ ޓީވީ އަރާ ކޮންމެވެސް މީހަށް މީހަކަށް ކާފަރަކަށް ގޮވާ މީހުންނަށް ހައްޤު ނޫން ލަގަބު ދީ ހަދާތަން މިފެންނަނީ. މައުމޫން އިރު ތިޔަ ފޯރަމަށް މީހުން ދަނީ ދާހިތުން .... ދެން އިސްލާމިކް މިނިސްޓްރީގެ ދައުރު ބަދަލްކޮށް ރާއްޖޭއަށް އެމް ޑީ އެން ފަދަ މީހުން އިސްލާހް ކުރަން މަސައްކަތްކުރޭ
ކިމް
09 April 2022
ލޮލް
ކަރާ ތަށި
09 April 2022
މި ރާއްޖެ އަކީ ވަކި ތަފާތު ތަނެއް ނޫން. ދުނިޔޭގައި އުޅޭ 8 ބިލިއަން މީހުން، ރާއްޖޭގައި 5 ލައްކަ. މުޅި ދުނިޔޭގައި ތަފާސް ހިސާބު ތަކުން މިހާރު ދައްކަނީ އަހަރުން އަހަރައް ދީނުގެ ކަންކަމައް މީހުންގެ އަހަންމިއްޔަތު ކުޑަވާތަން. މިރާއްޖޭގައި މިހެން ވާކަން ނޭގޭކަމައް ހަދާ މީހުން އަންތަރީސްވެފަ ގޮތް ހުސްވެފާ އާގަމަ ކައިފާނެ! އެކަމު ދުނިޔޭގެ ވައިރަސް ފެތުރެންޏާ މިތާގަ ވެސް ފެތުރޭނެ. ހަމަ އެހެން މިކަންވެސް. ބޮޑުސޯބު އެބުރޭ ގޮތައް ކުޑަސޯބުވެސް އެބުރޭނެ!
ލޮއްލަތު
09 April 2022
މިޤައުމުގެ ކަންކަން ދަނީ ދުވަހެއް ދުވަހަށް ގޯހުން ގޯހަށް. ދުވަސްކޮޅަކުން ޖަމާއަތަށް ފަތިސް ނަމާދާއި ހުކުރު ނަމާދަށް އަންނަ މީހުންގެ ތެރެއިން 3 މީހަކަށް ގުރުއަތުން އިނާމު ދޭން ފަށާފާނެ. އިސްލާމް ދީނުގައި އޮންނަގޮތް ބަޔާންކޮށް ނުދެވޭ ހާލު ދީން ނިގުޅައިގަންނަން ނުސީދާކޮށް ކުރާ މަސައްކަތް މިފެންނަނީ. ކުޅި ސަމާސާއަކަށް ވެއްޖެ. ދީނުގެ އަސްލު އޮޅުވާލައިފި. ބުނެދޭން އަދި ބަލަން ތިބޭ މީހުންވެސް މަގުފުރައްދައިފި.
ޙަބީބު
09 April 2022
ތިޔައީ ވަރައްނުބައިކަމެއް ދީނީ އަޅުކަން އަދާކުރުމަކީ އަގަކާ ލައިގެން ކުރާ ކަމެއްގެ ގޮތުގަ ނުދައްކާ ތިޔައީ ފައްޅި ތަކުގަ ކަންކުރާގޮކަންކުރާގotް މުސްލިމުންނައް އިނަމު ދެއްވާނީ ﷲ
ށަވިޔަނި
09 April 2022
މިއީ ކޮންކަހަލަ ކަމެއް؟ ބިދުއައަކަށްނުވޭތަ؟
މުޙައްމަ ދު
09 April 2022
އިނާމު ގެ ބަދަލުގައި ބައިވެރިވާ މީހުންނަށް މި މީހުން ގެ މިންވަރުން ޚަތިމާއި ދީނުގެ ފޮތްތަކެށް ހަދިޔާ ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެން
ޑައޮޜީ
09 April 2022
ބޭނުން ވާ ފޮތެއް މިހާރު ފޯނަ ހިލޭ ޑައުލޯޑް ކޮއްލެވޭ. ތިއުޅެވެނީ މާ ފަހަތުގަ.
ކުޗީ
09 April 2022
މިފެންވަރަށް ވެއްޓޭކަށް ނުޖެހޭ .. މިއީ މިކަން ކުރުން އޮންނަ ގޮތެއްވެސް ނޫން.
ސަސ
09 April 2022
ތިޔަ ފޯރަމްތަކުގަ ސިޔާސީ ކުލަ މާ ގަދައަށް ޖެހިފަ ތިބޭ މީހުން ދަރުސްދޭތީ މައްސަލައަކީ.