ފައްޔާޒްގެ ޓީމާ އެކު ކެމްޕޭނުގައި އުޅުއްވަނިކޮށް.
13 މެއި 2022 - 22:26
ނަފްރަތުން އެކަހެރިވެ، ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށާއި، މާދަމާ އޮންނަ އެމްޑީޕީގެ ޗެއާޕާސަަން ކަމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގެ ހުރިހާ ބައިވެރިވުމަށް، އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފި އެވެ.
ޗެއާޕާސަން އިންތިހާބާ އެކު އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 9 އިން ހަވީރު 5 އަށެވެ.
އެ އިންތިހާބުގައި ޗެއާޕާސަން ކަމަށް ފައްޔާޒާ އެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެން އެކުވެ ގުޅިގެން ތިބެ ކުރިއެރުން ހޯދައި ފިތުނަ އާއި ނަފްރަތުން އެކަހެރިވެ، ރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ. އަލުން އާބާރަކާ އެކު "އެމްޑީޕީ ހިންގާލަން" ޕާޓީގެ ހުރިހާ މެމްބަރުން ވެސް ވޯޓަށް ނިކުންނެވުމަށް އޭނާ އެދިވަޑައިގަތެވެ.
އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން
— Fayyaz Ismail (@faya_i) May 13, 2022
އަލުން އާބާރަކާއެކު #MDPHingaalan ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދެން#GoVote
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ފާޅުގައި އެއް ބަޔަކު އަނެއް ބަޔަކަށްބަހުގެ ހޫނު ހަމަލާތައް ދެމުން އަންނައިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން އަންނަނީ ފައްޔާޒަށް ކެމްޕެއިން ކުރަމުންނެވެ.
އެ ކެމްޕެއިންގެ ތެރެއިން އިންތި ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ފައްޔާޒަށް އަމާޒުކުރައްވައިފަ އެވެ. ވައްކަމާއި ކޮރަޕްޝަނާއި ދައުލަތުގެ ބަޖެޓުން އާއިލާއަށް ފައިދާ ހޯދައިދޭ ކަމުގެ ތުހުމަތުކުރެ އެވެ. އެކަމަކު ފައްޔާޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
އިމްތިޔާޒު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބުވާން އޮތީ "ތިލަފަތުގެ ރަމްޒު" ކަމަށްވާ އިންސާފާއި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމްކޮށް، ޕާޓީގެ އާއްމު މެމްބަރުންގެ އިތުބާރު އުފައްދައިގެން ކަމަށެވެ. އެކަން ކުރެއްވޭނީ އޭނާއަށް ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު ފައްޔާޒު ވިދާޅުވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މައިގަނޑު އަމާޒަކީ އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދިނުން ކަަމަށާއި ފަސް އަހަރުގެ ދައުރަކަށް އަނިޔާވެރި ވެރިކަމެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ޗެއާޕާސަންގެ މަގާމުގައި އޭނާ ކުރައްވާނެ ކަމަށެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިވައިސް
14 May 2022
އެއްކަލަ ބޮންޑޭ ބުނާ ޖިންސް ލައިގެންދޯ.
ހާލިދުމެން
14 May 2022
ފަޔާ ތި މަގާމައް އެންމެ ގާބިލު ބޭފުޅަކީ 2 ބަހުސްވެސް ބެލިން އަލުގަޑައް މާބޮޑައްވެސް ފަޔާ ރަގަޅު ✅2
ށަވިޔަނި
14 May 2022
ފައްޔާޒަށް ކާމިޔާބީއަށް އެދެން.
ކާމިޔާބީ
14 May 2022
އުންމީދަކީ ކާމިޔާބު މިންވަރުކުރުން އަދި ކަލްޓް ސަގާފަތް އެމްޑީޕީން ފޮހެލަދިނުން
ސަޅިދީ
13 May 2022
އިންޑިޔާގެ ފްލޯޓިންގ ބުރިޖެއް ބޭނުންކުރަން ފެށިތާ ދެ ދުވަސްތެރޭ ހަލާކުވެއްޖެ