ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން.
14 މެއި 2022 - 12:37
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ މެންދުރު ފަހު ރައީސް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ޝެއިޚް ޚަލީފާ، 73، އަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް އެވެ. ނަމަވެސް 2014 ވަނަ އަހަރު ސްޓްރޯކަކާ ގުޅިގެން އެ މަނިކުފާނު އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ. ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ
ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ހަތް އެމިރޭޓްސްގެ މައްޗަށް ހިމެނޭ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާ ވެސް މެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
14 May 2022
ރައީސަކަށް ދެން ޚަލީފާގެ ޖަނާޒާއަކު ބައިވެރިއެއްނުވެވޭނެ. ދެން ތައުޒިޔާކިޔަން ދަންޏާ ދާންވީ. ގައިމު މައުމޫނު ފޮނުވާގޮތަށް ނޯޓެއް ފޮނުވާލާނަމަ ވަގުތާ ލާރިޔާ ސަލާމަތްވާނެ.
ރަދީފްއޮފިޝަލް
14 May 2022
ޖަނާޒާ ނިމި ފަސްދާނުވެސް ލައިފި.40 ދުވަހުގެ ގައުމީ ހިތާމަ ފާޅުކުރުމުގަ ބައިވެރިވުމަށް ތޯ މަނިކްފާނު ވަޑައިގަންނަވަނީ!!
ދިއްދޫމީހާ
14 May 2022
މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލްވުން ބާއްވާނެކަމަށް ވައުދުވެގެން ރައީސްކަމަށް އަރާފަ ކިތައް ނޫސްވެރިންގެ ބައްދަލްވުން ބޭއްވިޖެތޯ؟؟ މުޅި ދުނިޔެ ކުޑަކުރާއިރު ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާލަން ނުކެރޭ..
ވަހީދު
14 May 2022
މިއަދު ހެނދުނު އެކަންތައް ނިންމައިފި.
ސަސު
14 May 2022
ވަޅުލާފަ އޮތްމީހަކު ވަޅުލާށޭ ކީޔަފާ ދަނީ ކީއްކުރަން. ގައުމުން ބޭރަށް ޖައްސަލިޔަސް މީހަކު އެއްޗެއް ނުބުނާނެ
ހެޔޮ ވެރިކަން
14 May 2022
މީ ދެން ތަންކޮޅެއް ބޮޑުވަރު ދޯ. ރައްޔިތުންގެ ފައިސާ ހަރަދުކުރަން މިއަށްވުރެ ރަގަނޅުކަމެއް ނެތީތަ؟
ހަސަނަނާ
14 May 2022
މިހާރު ވަޅުލާނިމި އެންމެން ގެއަށްވެސް ގޮސްފި!
ސުބް
14 May 2022
އަސްތާ. ޖަނާޒާ ނިމިއްޖެ. ރޭގަ ވަޅުލައިފި.
ކޮރަލް
14 May 2022
ރައީސް ކަން ލިބުމަކީ މިދުނިޔޭގަ ފައިދާ ވާ ކަމެކެވެ.
ރަނާ
14 May 2022
މި ބޭފުޅާއާ ބެހޭ އިތުރު މަޢލޫމތު ހިމަނާލިނަމަ އަބިބްނާ ދަރިންނާ އެހެނިހެން ވެސް