ބިދޭސީން ތާށިވި ސަރަހައްދު: އެކަކު މަރުވެ، އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން. -- ފޮޓޯ | މިހާރު
12 ޖޫން 2022 - 16:36
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި މިއަދު ތާށިވި ބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުލުހުން މިކަން ކަށަވަރުކޮށްދެ އެވެ. އަނިޔާވި އެހެން ބިދޭސީއަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ބިދޭސީންތަކެއް ތާށިވެފައިވާ ކަމަށެވެ. އެތަނުން އެކަކު މަރުވެފައިވާ އިރު އަނިޔާވެގެން ހޮސްޕިޓަލުގައި އެކަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.
ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.
މި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
13 June 2022
އަހަރުމެން ގެންގުޅުނު ބަންގްލަދޭޝް މީހަކު މީގެ 2 މަސްކުރިން 14 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކާފަ މިބުނަނީ ތިމަންނަ މީހަކާ އިންނަން މިވެނި ތާރީހެއްގަ ފުރަންޖެހޭ.މަބުނިން ހުރިހާކަމެއް ހަމަޖައްސާނަމޭ.ނަމަވެސް ތަނަކުން ލިބެންޖެހޭ ފައިސާ ލަސްވުމުގެ ސަބަބުން މީނަ ބުނި ދުވަހު ނުފުރުނީމަ އޭގެ 02 ދުވަސް ފަހުން ލަގެޖް ހިފައިގެން މީނަ ފިލައިފި.ހަބަރު ލިބުނުއިރު ހުރީ ހަދަމުން އަންނަ ރިސޯޓެއްގަ.ސުވާލަކީ ކައިވެނި އޮތީ އެ ރިސޯޓްގަ ތޯ؟/ ވ.ވެދުން
ރަދީފްއޮފިޝަލް
13 June 2022
ހިތާމައިން ކަރުނަ ފާއްދާލި ހަބަރެއް. ފޯސް ، ގްރެވިޓީ ، އިކުއިލިބްރިއަމް އަދި އިނާޝިޔާ ވަރަށް ރަނގަޅަށް ތަމްސީލްވެގެން ދިޔަ ހާދިސާއެއް.ނިޔާވި މީހާއަށް ހެޔޮ ރަހްމަތް ލައްވާށި.އަނިޔާ ލިބިގެން ފަރުވާ ހޯދަމުން އަންނަ މީހާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން. ވ.ވެދުން.
ޑޮނާޑު
13 June 2022
ތިބަންގާޅުމީހުންނަކީމިރާއްޖޭގަވަރައްވަރުގަދައިމްތިޔާޒުތަކަކާބާރުތަކެއްލިބިގެންއުޅޭބައެއް އަދިފިލައިގެންއުޅެން ސަރުކާރުންމަގުފަހިކޮއްދީފަތިބޭބައެއް މިހެންމިދެންނެވީއެމީހާގެ އައިޑީއެމީހާއަތައްދީފަ އޭނަގެޕާސްޕޯޓުވެސްއޮންނަންޖެހެނީއޭނައަތުގަ ދެތިންމަސްވީއިރު މާލެއިންގިނަބަންގާޅީންނާރައްޓެހިވެގަޑިއަކު200ރުފިޔާއައްތަންތާސީޓުއަޅަންދަނީއެފިލީޕާސްޕޯޓުއޮތީއަތުގަދެންވިސާއަމިއްލަޔައްދައްކައިގެނންއުޅޅެނދެންހޯދާނީކިހިނެއް މިހާރުވެސްމިގޮތައްއުޅޭމީހުންބައިލައްކައައްވުރެގިނަވާނެ މީއެމީހުންގެއަތުގަޕާސްޕޯޓުްއޮންނާތީވާގޮތް!!
ރަދީފްއޮފިޝަލް
13 June 2022
ބްރޯ ސްޕޭސްބާ.
ޖުޖު
12 June 2022
ފަސްތަރީގެ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް. މަސައްކަތްތެރިންގެ ހައްގުތައް ސުމެއް. ދުނިޔޭގަ ކިރިޔާވެސް ތަހުޒީބުގެ ދޯދިގަނޑެއް ވެސް ފެންނަން ހުރި ހިސާބެއްނަމަ މިކަން ބަލާނެ
ާަައަސްލު
12 June 2022
ދިވެހިން މިމީހުން ބެނުމެއްނޫން، އެކަމަކު، މިމީހުންކުރާ ބުރަ މަސަޜްކައް ކުރާނެ ދިވެއްސްއްނެއި.
ނަން.
13 June 2022
އަދި ދިވެހިން ބޭނުންވާ ކުޑަ އަގުގަ އެހާ ބުރަ މަސައްކަތް ކޮށްދޭނެ އެހެން ބަޔަކުވެސް ދުނިޔޭގެ އެހެން ތަނަކުން ހޯދުމަކީ ހީކުރާ ވަރަށްވުރެ އުނދަގޫ ވާނެ ކަމެއް. ނަތީޖާއަކަށްވާނީ ތަކެއްޗާ ހިދުމަތުގެ އަގު ބޮޑުވުން.
ރޯނުއެދުރުކަލޯ
12 June 2022
މަސައްކަތް ތެރިންގެ ރައްކާ ތެރިކަމެއް މި ގައުމަކު ކަށަވަރެއް ނުކޮއްދެވޭނެ.އެޔައްވުރެ ދަހިވެތި ވާނެ ބާރުގަދަ އިމާރާތްކުރާ ކުންފުނިތަކުގެ ވެރިން. ގިނަފަހަރު ގެންގުޅޭނީވެސް ވަގައް އުޅޭބިދޭސީން އެއީ ވީހާ ވެސް ކުޑަ މުސާރައް އެއް ދޭންވެގެން.އެ ފަކީރުންތައް ދިރިއުޅެން ހަމަ ޖައްސާނީ އެއް ވެސް ސެނެޓަރީ ވަސީލާތް ތަކެއް ނުހުންނަ ގުދަންތައް ގިނަފަހަރު.މޮޑާންޑޭ ސްލޭވަރީދެން ގޮތަކައް ބުނާނަމައް.އަޅުގަންޑަކައް ނޭންގެ ދެން އިތުރުގޮތަކައް ބުނެދޭކައް.
ހިންގާލަން އައި މީހާކޮބާ
12 June 2022
ކުޑަމިނުން ހެލްމެޓެއް ދޭން ނުކެރޭ ކުންފުނިތައް ގިނައީ ތިމާމީހާގެ ޖާނާ މާލަށް ނިކަމެތިމީހާ ގުރުބާން ކުރާތަން މިފެންނަނީ. ބިދޭސީއަކަސް ގެއްލިގެން އެދިޔައީ ކޮންމެވެސް މައެއްގެ ބަފައެއްގެ ދަރިއެއް ދިވެއްސަކަށް މިކަހަލަ ކަމެއްވީމާ ނޫނީ ސަރުކާރުން މިކަހަލަ ކަމަކަށް ރޭކާވެސްނުލާ.
އަލީ ރަމީޒު
12 June 2022
ބަންގާޅިން ފަގީރުވީމަ އެމީހުނަށް ގިނަ މީހުން ހަދަނި ހިތަށް އެރި ގޮތެއް، މަސައްކަތް ކުރުވަނި ނުރައްކަތެރި މާހައުލުގަ އަދި ސޭފުޓީވެސް ނުދީ. ގޭގަ ގެންގުޅޭ ބުޅަލަށްވުރެ ހާލުގަ މީހުން ގެންގުޅޭ މީހުން ގިނައީ މި ރާއްޖޭގައި. ވަރަށް ހިތާމަ ވެރި ހަބަރެއް.
ފަސްމަރި
12 June 2022
ބަޔެއް މީހުން ކޮމެންޓް ކުރާއިރު ހަގީގަތް ނޭގި ތިބެ ކޮމެންޓް ކުރޭ. އަހަންނަކީ ސައިޓް މެނޭޖް ކުރާ އިންޖިނިއަރއެއްގެ ހައިސިއްޔަތުން ކަންކަން އެގޭތީ މި ބުނަނީ! ސޭފްޓީ ދިނަސް އަދި މަޖުބޫެރު ކުރުވިޔަސް އެކަން ކުރަން ބިދޭސީން ނޫޅޭ! ތިމާމެންނަށް ކަން ނޭގި ތިބެ ކޮންމެ ވާހަކައެއްވެސް އަނގަ އޮތިއްޔާ ދެއްކިދާނެ. ރަނގަޅު ފަރުވާ ކުޑަ ކުންފުނިތައް މަދެއް ނޫން.
ވާނުވާ
13 June 2022
ފަސްމަރި، އެދެއްކީ ތިބޭފުޅާގެ ވާހަކައެއްނޫން. އެކަމަކު ގިނަ މީހުން.
ސެލްމޮ
13 June 2022
ފަސްމަރި ތި ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަކީ ރާއްޖޭގެ ބައެއް ކުންފުނި ތަކުން މަދުން ނަމަވެސް ފެނޭ އެންމެން ސޭފްޓީ އަޅައިގެން އުޅޭތަން. ދިވެހިންނާ ބިދޭސީންވެސް.
އައިސް
12 June 2022
ހާދިސާ ހިގިގޮތް ތަހުގީގް ކުރާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ނަމަވެސް ތަހުގީގް ނިމުނު އެއްވެސް ކަމެއް ދެނެހުރި މީހަކު އެބަހުރިތޯ؟
1828
13 June 2022
ބައެއް ފަހަރު ފުލުހުން ކުރާނެ ދުވަހަކުވެސް ނުނިމޭ ތަހުޤީޤް.
ރާއްޖެ
12 June 2022
މަސައްކަތް ތެރިންގެ ހެލްތް އެންޑް ސޭފްޓީއަށް ބަލާ ބަޔަކު މި ގައުމުގަ މަދު. އެއީ ބިދޭސީ ބަންގާޅެއް ވިއްޔާ އަމުދުން ދެކޭނީ އަޅެއްގެ ގޮތުގައި. މިތަނަށް މި އަންނަނީ ގިނައިން އަސާސީ ތައުލީމު ވެސް ނެތް ބިދޭސީން. ޢެހެން ވީމާ އެމީހުންނަށް ކަންކަން ކިޔައިދީ ހޭލުންތެރި ކުރުވުމަކީ އަހަރެމެން “ކިވައިގެން ތިބި ތަރައްގީވެފަ ތިބި” ދިވެހިން ކުރަން ޖެހޭނެ ކަމެއް.