ޚަބަރު

ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް: ފައްޔާޒް

ފައްޔާޒް ވިދާޅުވީ ފްލޯޓިން ސިޓީގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ރިސޯޓެއް އަދި ގެތައް ވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް.

ރާއްޖޭގައި ހަދާ ފްލޯޓިން ސިޓީގެ ކުރެހުމެއް: ކޮންސެޕްޓް އާއްމުކޮށްފައިވާ ގޮތަށް މި ތަން ކުރިއަށް ނުގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތުހުމަތު ކުރައްވާ. --

ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހަދަން ނިންމައި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފްލޯޓިން ސިޓީ ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕްގައި ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެ ޕްރޮޖެކްޓް ހިންގިޔަ ނުދޭން ހުރަސްއަޅަނީ އެ މަނިކުފާނުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އެކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް އެ ގްރޫޕްގައި ނަޝީދު ތުހުމަތު ކުރެއްވި އެވެ. ޕްރޮޖެކްޓަށް ހުރަސްއަޅަން އުޅޭ ކަމުގެ ތުހުމަތު ޝައުނާ ވަނީ ދޮގުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެކަން ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ޑޮކްލޭންޑްސްއަށް ލަފާ އަރުވަން އެމަނިކުފާނު ގެންދަވަނީ ވިސްނަވަމުންނެވެ.

މި ވާހަކައަށް ރައްދު ދެއްވަމުން ފައްޔާޒް ވަނީ ޖެނުއަރީ، 2011 ގައި އެންމެ ފުރަތަމަ ސޮއިކުރި އެ ޕްރޮޖެކްޓާ ގުޅޭ ބައެއް ތަފްސީލްތައް އެ ގްރޫޕްގައި އާއްމުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފްލޯޓިން ސިޓީ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ރިސޯޓެއް އަދި ގެތައް ވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ފަހުން އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމުގެ ތުހުމަތު ކުރައްވައި އެދުނު ގޮތަށް އެކަން ކުރަން މެދުވެރިވީ ގާނޫނީ ހުރަސްތަކެއް ކަަމަށް ފައްޔާޒް ވިދާޅުވި އެވެ.

މާލޭގެ އުތުރުން އޮންނަ ފަޅެއް ފްލޯޓިން ސިޓީގެ ގޮތުގައި ތަރައްގީކުރަން ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ޖޮއިންޓް ވެންޗާއެއްގެ ދަށުން ސޮއިކުރީ، މީހުން ދިރިއުޅުމަށާއި ރިސޯޓް ތަރައްގީ ކުރުމަށެވެ. އެ ފަޅު ހިއްކައިގެން ހަދާ ރަށްތަކުގައި އަޅަން ޕްލޭންކޮށްފައި އޮތީ 5،000 ގެ އެވެ.

ފައްޔާޒް ވިދާޅުވީ ތިން ފަޅު ވިއްކާލާފައިވާ ކަމަށް

ނަޝީދުގެ ތުހުމަތަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ތިން ފަޅެއް މިހާރު ވެސް ވިއްކާލާފައިވާ ކަމަށެވެ. އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވާލުން ހިމެނޭތީ ކަމަށާއި އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް: ތިން ފަޅެއް ވިއްކާލައި ޑަޗް ޑޮކްލެންޑްސް އިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ވިދާޅުވި.

ފައްޔާޒް ތުުހުމަތު ކުރެއްވި ގޮތުގައި އެ ފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ މީހުން މަސައްކަތް ކުރަމުން ދަނީ ވިއްކާލުމަށެވެ. އެ ކުންފުންޏަށް ދޫކުރި ފަޅުގައި ރިސޯޓް ތަަރައްގީކޮށް، ނުވަތަ އާއްމުކޮށްފައިވާ ކޮންސެޕްޓާ އެއްގޮތަށް ގެތައް ނިންމަފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ޑަޗް ޑޮކްލޭންޑްސް އިން މި ފަހުން އިކޮނޮމިކް ކައުންސިލަށް ހުށަހެޅީ ރިސޯޓެއްގެ ފަޅު ތެރޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދައަށެވެ. އެ ކުންފުނިން ބޭނުން ވަނީ ރިސޯޓުގެ ފަޅުން ވަކި ބައެއްގައި ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު، އެ ސަރަހައްދު ޓޫރިޒަމް ގާނޫނުގެ ދަށުން ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން އުނިކޮށްދިނުމަށެެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެގޮތަށް އެކަމެއް ނުކުރެވޭނެ އެވެ.

"ރިސޯޓެއްގެ ފަޅުތެރޭގައި ވަކި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް. އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން،" ފައްޔާޒް ވިދާޅުވި އެވެ.

އެ ނޫން ގޮތަކަށް ގާނޫނުގެ ތެރެއަށް ފައްތައި އެކަން މިހާރު ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޑަޗްޑޮކްލޭންޑުން މަސައްކަތްކުރަނީ މި ޕްރޮޖެކްޓުގައި ނަޝީދުގެ ނަން ބޭނުންކޮށްގެން ފައިދާ ހޯދާށެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅި ޕްރޮޖެކްޓުގައި ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ގެތަކުގެ އަގު ވެސް އުޅެނީ ހަ މިލިއަން ރުފިޔާގަ އެވެ. އިކޮނޮމިކް ކައުންސިލުން ނިންމީ ހުއްދަ ނުދިނުމަށެވެ.

އެ ކުންފުނިން ހުށަހަޅަނީ ހައުސިން ޕްރޮޖެކްޓް ހިންގުމަށް ފްރީ ހޯލްޑް އުސޫލުން 150 އަހަރަށް އެ ސަރަހައްދު ދޫކޮށްދިނުމަށް ކަން އެނގިފައިވެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް 99 އަހަރަށް ވުރެން އިތުރަކަށް ކުއްޔަކަށް ނުދެވޭނެ އެވެ.

އެއްބަސްވުމުގެ ބައެއް ތަފްސީލްތައް

⬤ ޓޫރިޒަމް މިނިސްޓްރީ އާއި ޑަޗް ޑޮކްލެންޑްސްއާ އެކު ޖެނުއަރީ، 27، 2011 ގައި ސޮއިކުރީ ފަސް ފަޅެއް ކުއްޔަށް ދޫކުރަން.

⬤ އެއީ، ކ. އަތޮޅުން ލެގޫން 7، 9، 19، 17 އަދި 37

⬤ މި ފަޅުތަކުގެ ތެރެއިން 17 ފިޔަވައި އެހެން އެއްވެސް ފަޅަކަށް ލީސް އެކުއިޒިޝަން ކޮސްޓް ދައްކާފައިނުވާ ކަން ރަސްމީ ލިޔެކިޔުންތަކުގައިވޭ.

⬤ މި ފަޅު، ޑަޗް ޑޮކްލެންޑްސް އިން 9 އޮގަސްޓް 2016 ގައި ވަނީ އެކުއަ ބްލޫ އިންވެސްޓްމަންޓަށް ބަަދަލުކޮށްފައި. މި ފަޅު ބަދަލުކުރީ 300،000 ޑޮލަރަށް.

⬤ ލެގޫން 19 އާ ގުޅިގެން ޑަޗް ޑޮކްލެންޑްސްއަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް ބަދަލުކޮށްފައި ވަނީ މާރަށް ޕްރައިވެޓް ލިމިޓެޑަށް. މި ފަޅު ބަދަލުކުރީ 16.5 މިލިއަން ޔޫރޯއަށް.

ފްލޯޓިން ސިޓީ އަޅަން ޑަޗް ޑޮކްލެންޑްސް އިން މިހާތަނަށް ބުނަމުން އައީ އެތަން ހަގީގަތަކަށް ވާނެ ކަމަށެވެ. ފްލޯޓިން ސިޓީގެ ގެތައް އެޅުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ.

ފްލޯޓިން ސިޓީގެ ފުރަތަމަ ގެ ދައްކާލަން ދިން ތާރީހަކީ މިދިޔަ ރޯދަ މަހެވެ. އެކަމަކު އެ މުއްދަތަށް އެތަން ނުނިމުނެވެ. އެންމެ ފަހުން ބުނެފައި ވަނީ ކުރިއަށް އޮތް އީދު ތެރޭގައި އާއްމުންނަށް ދައްކާލާނެ ކަމަށެވެ.

107 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 2%
icon angry icon angry 72%
icon wow icon wow 2%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުލޫމާތު

24 June 2022

ޑަޗް ޑޮކްލޭންޑްސް އާއި މިހާ ގިނަ ފަޅު ހަވަލު ކުރަންވީ ސަބަބެއް އެބައޮތްތޯ ސުވާލު އުފެދޭ. ރާއްޖެއިން ބޭރު ކުންފުންޔަކާ މަސައްކަތް ހަވަލުކުރީ. މަސައްކަތް މި ކުރަނީ ބައިސަން ކިޔާ ދިވެހި ކުންފުންޔަކުން. މިހެން މިކަން އޮތްއިރު ދިވެހި ކުންފުންޔާ ހަވާލުކޮއްގެން މި މަސައްކަތް ކޮއްލިނަމަ ގައިމު ސަރުކާރުގެމާލިއްޔާއިން މި ކުރެވުނު ހަރަދު ކުޑަވެގެން ދިޔައީސް.

The name is already taken The name is available. Register?

މުދާ

24 June 2022

ސަރުކާރުގެ ވަޒީރަކު މި ބުނަނީ އޮޅުވާލުމެކޭ..އެހެންވީއިރު މި މީހުން މިކަހަލަ ކިތައް އޮޅުވާލުން އޮޅުވާލާފަ ވާނެބާ؟

The name is already taken The name is available. Register?

އެމްސް

24 June 2022

ސަރުކާރަށް/މަޖިލިހަށް އަންނަނީ މުއްސަދިވާކަށް ނޫންތޯ!

The name is already taken The name is available. Register?

އެލެކްސއއ

23 June 2022

މަ ބޭނުން ފްލޯޓް އިން ދަ ސްކައި - ވޯލްޑްސް ފަސްޓް ޖައްވުގަ ހަދާ ސިޓީ ރާއްޖޭގަ ހަދަން..

The name is already taken The name is available. Register?

ރެޓޭ

23 June 2022

ދޮންމީހުން ގެނެސްގެން މަޝްރޫއު ތަކުގަ ސޮއި އަޅާލަން އެމް.ޑީ.ޕީ ވަރުގެ ބަޔަކު ހޯދާވެސް ނުފެންނާނެ!

The name is already taken The name is available. Register?

އަހައްމަދޫ

23 June 2022

ހައްހައް މިއެމްޑީޕީ މީހުނަށް ކަމެއް ރަނގަޅެއް ނިންމޭތަ. އަބަދުވެސް އޮޅުވާލުންގަނޑެއް ތެރޭގަ. ރަނގަޅަށް ވިއްޔާ ތިއަޅަން އުޅޭ ބްރިޖަށްވެސް ވާނީ ތިހެން.

The name is already taken The name is available. Register?

އެމްސް

24 June 2022

އެކަން އަދި ނުފެށި އޮތަސް އަންނަ އަހަރު، ވޯޓްގެ ކުރިއަށް، ވާރެއާއި ތެމިގެންހުރެ ނަމަވެސް ތަން ހުޅުވޭނެ! އެހިސާބުން ދެން ވެރިކަންވެސް ބަދަލުވާނެ!

The name is already taken The name is available. Register?

ވޯލް

23 June 2022

މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން.

The name is already taken The name is available. Register?

ތިލަދުން

23 June 2022

މުޅިވެންސް ވަގަށް ލާރިލިބޭތޯ އަންނި މިއުޅެނީ، ބާކީ ހުރި ފަޅުތައް ވިއަކާ ނުލެވިގެން ބެލީމަ މި އެންގެނީ އެކަން ހުއްޓުވާފަކަން މިއޮތީ، ޖީއެމްއާރަށް އެއްރ ޕޯޓް ވިއްކާލީ 75 މިލިއަނަށް އެ ވަންތަނެއް ނޭންގޭ، އެމް،އެމް.ޕީ.އަރ.ސީގެ ފައިސާ ނަސީބަކުން ފެނުނު.

The name is already taken The name is available. Register?

ބަޑިތަކުރު

23 June 2022

ތިޔަ ތާނގެ ކުރެހުން ފެނިފާވެސް ހިތަށްއެރި މީކީ ސަހަލުގޮތަކަށް ދާނެކަމެއްނޫނޭ. ވަކިކަމަކަށް ބަޔަކަށް ތަންތަންދޭއިރު އެހެން ފަރާތަކަށް ވިއްކާނުލެވޭނެގޮތަކަށް އެއްބަސްވުންތައްވެސް ހުންނަންވާނެތާއެވެ. ތިކަމުގައި ކޮންމެސް ބަޔެއްގެ އަމިއްލަ މަޞްލަޙަތުވެސް އޮތުންގާތްކަމަށް ފެނެއެވެ. ހިސާބުން ދެންވެސް އެތަންތަން ދިންގޮތް ނޫންގޮތަކަށް ބޭނުންކުރުން ހުއްޓުވައި އެގޮތަށް އެކަން ނުވާނަމަ އެއްބަސްވުން ބާޠިލްކުރަންޖެހެއެވެ.

The name is already taken The name is available. Register?

އިބްރ

23 June 2022

ޔަޤީނުންވެސް ސާބިތުނުވެނުދާނެ. މައްސަލަ ބައްލަވަން ކެރޭނެބާ؟

The name is already taken The name is available. Register?

ޙިޔަޅުސާރކާރު

23 June 2022

ކޮމެޓީ.ހަދާގެން ނުވެސް ބަލާނެ. މަޖިލިސްގއިވެސް ކުރާނެ ކަމެއްނެތް. ޚަކޯޓުތަކުގަވެސް ޔާމީންގެ މައްސަލަ ފުނިޖެހިފައި. ޢަމިއްލައަށް ބޭޒާރުވަައިރުގައިވެސް ވަގަކީ ޔާމީން ޗޯރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454