ޕީޕީއެމާއި ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ: މާލެ އާއި ރާއްޖޭގައި ހިންގާ މި ހަރަކާތަށް ހުރަސްއެޅޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
23 ޖޫން 2022 - 12:15
ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ޚާރިޖީ މަސްލަހަަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރަން އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން.
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން.
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
- އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން.
ގާނޫނުލްއުގޫބާތަށް ގެންނަ މި އިސްލާހު އޮތް ގޮތުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާއްޖޭގައި ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހުރަސްއެޅޭ ގޮތަށެވެ. އިންޑިއާ އައުޓް ބެނާ ދެމުމާއި އެ ގައުމުގެ މީހުން ފޭބުން ގޮވާލުން ފަދަ ކަންކަން ވެސް މިއޮތީ، މި ބިލުން ކުށަކަށް ހަދައިފަ އެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ.
އެ ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ އެފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވައިފައިވެ އެވެ.
މި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް އިދިކޮޅުން ބުނެ އެވެ.
ޕީޕީއެމާއި ޕީއެންސީން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ އެ ހަރަކާތެއް ނުހުއްޓުވޭނެ އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ދިވެހި ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭ ކަމަށާއި ސިފައިން ގައުމުން ފައިބަންދެން މުޒާހަރާ ހުއްޓާނުލައްވާނެ ކަަމަށް އެ މަނިކުފާނު ވެސް ވިދާޅުވެފައިވެ އެވެ.
މި ކެމްޕޭނަށް ފާޑުކިޔައި ސަރުކާރުން ބުނެފައި ވަނީ ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާ އެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުންފާޅުކުރުން ކަމަށެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
24 June 2022
ޤާނޫނަކުން ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ބަދަލުކޮށްފިނަމަވެސް އެމްޑީޕީ މެމްބަރުން ސަރުކާރާއި ދެކޮޅުނުވާނެ. މިހާރު ޤައުމު މިއޮތީ އެހާލަތުގައެވެ.
މެޓާ
24 June 2022
ދީނުގެ ނަމުގައި އަނިޔާވެރިކަން އިސްކޮށް ގައުމުގައި ބޮޑެތި ހަމަޖެހުން އުފައްދާ ސަރަޙައްދީ ބޮޑެތިބާރުތަކުގެ ދާޚިލީ ކަންކަމާބެހި ފާޅުގައި އެފަދަ ގައުތަކާ ޖައްސާލައިގެން ޕީޕީއެމްއޭ މިކިޔާ ޖަމާއަތުން މިހިންގާ ބޮޑެތި ޖަރީމާތަކުގެ ސަބަބުން މިގައުމުގެ އިސްތިގުލާލަށާ މިނިވަންކަމަށް ނުހަނު ދެރަގޮތްތަކެއް ދިމާވެދާނެއެވެ. އަދި މިދެންނެވި ޖަމާއަތުން މިހާރު މިވަނީ މުޅި ރާއްޖޭގައި ބިރުވެރިކަން އާންމު ކޮށްފައެވެ. އެހެންކަމުން މިދެންނެވި ޕީޕީއެމްއޭ މިކިޔާ ޓެރަރިސްޓު ޖަމާއަތް އުވާލައި މިޖަމާއަތުގައި ކުރިއަށް ތިއްބެވި ހުރިހައި ބޮޑުން ހިފައި ހައްޔަރުކޮށް އެމީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސްދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ.
މިލްސް
24 June 2022
އެމްޑީޕީއިން ހީކުރަނީ ވެރިކަމުގައި އަބަދަށް ތިބެވޭނެ ކަމަށްތަ ދެން އަންނިއަކަށް ވެސް ޗައިނާއޭ ސައުދީއޭ ކިޔައިގެން ފާޑު ފާޑު ވާހަކައެއް ނުދެއްކޭނެ, ލޮލް އިންޑިޔާ ދަށުވިޔަސް ތަންފުކެއް ބޮޑުވަރު... ޗައިނާ, ސައުދީއިންނެއް ނޫޅޭ އަންނި އެދެ ގައުމުގެ އަގު ވެއްޓޭ ކަހަލަ ވާހަކަތައް ދައްކަމުން ދުވިއިރު.
އިބްރ
24 June 2022
އަންނިއަކީ ރާއްޖޭގެ ޝަރުއީނިޘާމް އޭނާގެ މައްޗަށް ހިނގާ މީހެއްނޫނެވެ. ފާޅުގައި ރާއްޖޭގެ ގާނޫނުތަށް މުގުރާލާފައިވަނީ ކިތަށްފަހަރުތޯ؟ ރާއްޖެ ބޭރުދުނިޔޭގައި އޮރިޔާންކުރީ ކިތަށް ފަރުތޯ؟ އަދަބުދޭނަމަ އޭނާގެ ބޮލުގެ ކޮންމެ އިސްތަށްޓަކަށް އަހަރަކު ޖަލުގައިހުންނަންޖެހޭނެ ނޫންތޯ؟
ޖައްލާ ދުއްލާ
24 June 2022
ތިމާމެން ކެހި ކަނޑުލުގެ ހިތި ރަހަ ފިލުވާންމިޖެހުނީ ހަމަ ތިމާއައް
އައްޔު
24 June 2022
މި ބިލް ކަޑަ..އެއީ ބުނެވެން އޮތްވަރު ހަމައެކަނި
މުހައްމަދު އަލީ، ށ. ފީވައް
23 June 2022
ރައްޔިތުންގެ ޙިޔާލު ފާޅު ކުރުމުގެ ހައްގަށް އަރައިގަންނަން ވޯޓު ދޭ މެމްބަރުން ފާހަގަ ކުރަން ވާނެ! ގައުމަށް ޢައްދާރު ވުމުގެ އަދަބު ލިބެންވާނެ.
އަގަކޮއްޕން ހަދާނެ ކަމެއްނެތް
24 June 2022
މިއީ ސައްތަ ގައުމެކޭ! ހިޔާލުތައް ބާއްވާ ކޮޓަރީގަ!
ޖުލައި
23 June 2022
ވެލްކަމް ޓު ނޯތްކޮރެއާ. ހިންދުކަރައިގެ އަމުރަށް ތަބާވާ ގޮނޑިކޮއްކޮ ޚުދުމުޚުތާރު ވެރިކަމެއްގެ ފެށުން މިއީ
ފަލަސްތީން
23 June 2022
ދިވެހިރައްޖޭގެ މަސްލަހަތު އެއްފަރާއްކޮއް އިންޑިޔާގެ މަސްލަހަތު ގަދަކުރަނީ. ދެތަ
33މިލިއަން ވަގު އިބު
23 June 2022
ޢަދީބް ބްރޯ އަތުން 33 މިލިއަން ހޯދި އިބޫގެ ވެރިލަން ވެއްޓެނީ ވެއްޓެނީ
އަލީރާޖާ
23 June 2022
ތާއީދު! ދުރުގައި އޮންނަ ގައުމެއްގެ އަވާގައި ޖެހިގެން، ކައިރީގައި އޮންނަ އެންމެ ބޮޑު ގައުމާ ދިމާ ކުރީމާ ވާނެ ގޮތް އެއޮތީ ޔޫކްރެއިންއިން ނަމޫނާ އަކަށް ފެންނަން. ސިޔާސީ ކުޅިވަރު ކުޅެންވެސް ބޭރުގެ ގައުމުތަކާ ދިމާ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އެކަން ހުއްޓުވަންޖެހޭ. މައްސަލައެއް އުޅޭނަމަ ސިޔާސަތައް ގެންނަން ޖެހޭ ބަދަލެއް މިއަށްވުރެ ރީތި ތަހުޒީބީ އުސޫލުން ގެނެވޭނެ.