އިދިކޮޅު އިއްތިހާދުގެ ލީޑަރު ޖަމީލް: ގައުމުގެ ހާލަތު ރަނގަޅުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ގޮވާލެއްވި. --ފޮޓޯ:
31 ޑިސެމްބަރ 2016 - 23:50
މި އަހަރަކީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް އިހްސާސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު މި ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވި މެސެޖުގައި ޖަމީލް ވިދާޅުވީ ރާއްޖޭގެ ބިންތައް ސަރުކާރުން ވިއްކާފައިވާ ކަމަށާއި އޭގެ ތެރޭގައި އާއްމު ރައްޔިތުންނާއި ކިޔަވާ ކުދިންގެ ބޭނުމަށް ނަގާފައި އޮތް ފޭދޫ ފިނޮޅު ވެސް ހިމެނޭ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން އެކި ގޮތްގޮތަށް ފައިސާ ނެގުމަކީ ވެސް މިދިޔަ އަހަރު ރައްޔިތުންނަށް ލިބިގެން ދިޔަ ގެއްލުމުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަލާމަތްތެރިކަން އޮތީ މާޒީގައި ކާބަފައިން ގެންގުޅުނު ބަދަހި ދިވެހި ވަންތަ ރޫހު އާލާކޮށް ގައުމަށް ދިމާވެފައިވާ ގޮންޖެހުމުން ސަލާމަތްވުމަށް އަތުކުރި އޮޅާލައިގެންނެވެ. އެ ރޫޙުގައި ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަން ޖަމީލް ގޮވާލެއްވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން އާ އަހަރުގެ ތަހުނިޔާ ޖަމީލް ފޮނުއްވިއިރު އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައި އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
02 January 2017
ބަޣާވާތަކީ ހާދަހާ މުސީބާތްބޮޑު ކަމެކޭ.
ހަސަން
02 January 2017
ޖަމީލުމެން ދައްކާނެ ވާހަކޭ ނޭގިގެން ހަމަނުޖެހޭ ވާހަކަދައްކަނީ.
ޕޮގުބާ
02 January 2017
2014 އަހަރާ 2016ވަނައަހަރާ ދެމެދު މިވީދުވަސްތަކަކީ އިދިކޮޅު ފަރާތްތަކަށް ވަރަރަށް ކެހިކުރި ދުވަސްތަކެއް ސަބަބުތައް ބައިވަރު އެންމެބޮޑުސަބަބަކީ އިދިކޮޅު ފަރާތްތަކުން ސަރުކާރާދެކޮޅަށްކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުން ދެވަނަ ސަބަބަކީ 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާހަމަޔަށް ދިވެހިރާއްޖޭގަ ބާއްވާ އެއްވެސްއިންތިހާބެއް އިދިކޮޅު ފަރާތްތަކަށް ސަރުކާރާދެކޮޅަށް ކާމިޔާބު ނުކުރެވުން ތިންވަނަ ސަބަބަކީ ކުރިޔަށްއޮތް 2017 ވަނައަހަރުވެސް އިދިކޮޅު ފަރާތްތަކަށް ސަރުކާރާދެކޮޅަށް މެޖޯރެޓީ ލިބޭނެކަމުގެ އުމީދެއް ނެތުން އެހެންވީމަ ތިދައްކާ ވާހަކަތަކެއް ދިވެހިރާއްޖޭގެގިނަ ރަށްޔެތުންނެއް ގަބޫލުކުރާކަމަކަށް ނުބެލެވެ ބޮޑަށްބެލެވެނީ ސަރުކާރުއޮތީ ދިވެހިރާއްޖޭގެ ގިނަރަށްޔެތުން ގަބޫލުކުރާގޮތައް ފާހަގަ ކުރެވެ
އަޙްމަދު
02 January 2017
ހޮވުނަސް ހަވާލެއް ނުކުރާނަމޭ ބުނީ ކޮން ޤާނޫނެއްގެ ދަށުން.
ފަރުވާ
01 January 2017
ޖަމީލު ތިޔަވިދާޅުވީ ހަމަ ތެދު ވާހަކަފުޅެއް. އެކަމަކު ޖަމީލަކީ ސިޔާސީ ދާއިރާގައި މާ ސާބިތު ބޭފުޅެއްނޫން. އެއްގޮތެއްގާ ދެމިނުހުރެވޭ ބޭފުޅެެއް. ޖަމީލަކީ ސިޔާސީގޮތުން ފިކުރެއްނޫން . ޖަމީލަކީ ސިޔާސީގޮތުން މަސްލަޙަތެއް. އެހެން ގޮތަކަށް ބުނާނަމަ ހޫރޭ ވަހުތާނެއް.
ޫޔތ4457ހހފތ
01 January 2017
ޤައުމަށް ޣައްދާރުވީ މީހުން ނޫންތޯ ފިލައިގެން މި އުޅެނީ.
އަބްދުއްލާ އަލީ
01 January 2017
ޖަމީލު އެވިދާޅުވާ ގެއްލުން މިގައުމަށްދިނުމަށް މަސައްކަތް ކުރެއްވީ ނަސީދު އާއި ޖަމީލު. އެކަމަކު ދިވެހި ގައުމު ހިންގަވަން ތިއްބެވި ވެރިންގެ ކެރުމާ ހީވާގި ބުރަ މަސައްކަތުން ވަނީ ގައުމަސް ދޭން އުޅުނު ބޮޑު ގެއްލުމުން ސަލާމަތް ކޮށްފާ ،އިގިރޭސި ކެމަރޫން ސަރުކާރާ ކޮމަން ވެލްތު މެދުވެރިކޮށްގެން ދިވެހި ގައުމަށް ނަސީދު ދެއްވަން އުޅުނު ގެއްލުމުގެ ހަނދާން އަދި ނެތޭހާ ދުވަހެއްނުވޭ އދ ގެ ހިއުމަންރައިޓްސް އާއި އެމެރިކާ ގެ އމިއްލަޖަމާއަތްތައަ މެދުވެރި ކޮށްގެން ދިވެހި ގައުމަށް ދަތިކުރަން ކުރެވުނު މަސައްކަތް ހަނދާންނެތޭހާ ދުވަހެއް އަދި ނުވޭ ، ދިވެހި ގައުމުން ކޮމަންވެލްތުން ވަކިވުން އެއީ ޖަމީލު އާ ނަސީދު ކޮމަން ވެލްތުގެ އިސްވެރިންގެ ފައިންޕުޅުގަ ބޮސްދީ ވަމުންދިޔަ ވައުދުތަކާހެދި އެކަނަކަމުން ސަލާމަތް ވުމަށް ހިތް ނޭދި ނަމަވެސް އަޅަންޖެހުނު ފިޔަވަޅެއް. ވެރިކަން ހިންގުމުގެ ބާރު އަތަށް ލިބުނު ވަގުތު އިގިރޭސިޔަކު މިނިސްޓަރެއްގެ މަގާމުގާ ރައީސް އޮފީހުގާ ބަހައްޓަވައިގެން ގައުމުގެ އިސްތިގުލާލު ނަގާލަން ކުރެއްވި މަސައްކަތުން ގައުމު ސަލާމަތް ކުރުމަށް ކޮމަންވެލްތުންވަކިވުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހުނު މުހިންމު ފިޔަވަޅެއް ، އެއިން ވެސް އެގެނި ނަސީދާ ޖަމީލަށް ވުރެ މިގައުމގާތިއްބެވި އިސްވެރިންގެ ބުއްދިފުޅު މާ ރަނގަޅުކަން.
މަސީހު
01 January 2017
ތެދުވެރި ކަން ނެއްމީހަކައް އެށްވިއަސްމީހަކާ އެކުގާ ނުއުޅެވޭނެ
އައްސަލާމް
01 January 2017
ޖަމީލު ދެއްކެވި ވާހަކަތައް ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ ބުނަންޏާ އެދެއްކެވީ ކަން އޮތް ގޮތް. ކަރަޕްޝަނާއި ފަސާދައާއި ބޭއިންސާފަކީ މިއަދު މިގައުމު ހިނގާ ގޮތް. ކުރިޔަށްވެސް އޮތީ އަނދިރި ދުވަސްތަކެއް. އިދިކޮޅުގައި ތިބި ސިޔާސީ ލީޑަރުންނަކީ މާބޮޑަށް އަމިއްލަ ނަފްސުދެކެ ލޯބިވާ ބައެއް. ކެރޭ ލީޑަރުން ތިބީ ކަސްތޮޅުއަޅާ ހައްޔަރީން ގޮތުގައި.
ޢޯކޭ
01 January 2017
ޤައމިއްޔަތު ދިރުވާ އާލާ ކުރާނެ ބަޔަކު ނެތް މުޅީންވެސް ވެރިކަން ބޭނުން މީހުން ވާނީ ޥެސް އެހެންތަ ވެރިކަމަކީ މާލާ ޖާހު ވަރުގަދަކުރުން