މާލޭގައި އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގުމަށް ދާދި ފަހުން ދިޔަ ކަމަށް ބުނާ ގޭގައި އެ އަމަލު ހިންގަން ބޭނުންކުރި ކޮޓަރި.
28 ޖުލައި 2022 - 15:19
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ދެންމެ ފަށައިފި އެވެ.
އަލަމްގީރާއެކު، އޭނާގެ ކޮޓަރީގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހަރަކާތްތެރިވާ ވީޑިއޯ ވެސް އާންމު ވެފައިވާއިރު، ކާނަލް ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އިތުރު މީހުން ވެސް މިއަދު ހައްޔަރު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި ފަންތީގެ ބައެއް މީހުންނާއި އާންމުންގެ ތެރެއިން އަދި ބައެއް ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އެހެންވެ، އަަލަމްގީރު މި މަހުގެ 12 ގައި ހައްޔަރުކޮށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.
އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވެސް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ވެސް އޭގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނާތީ އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ފެނުނު ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ. މިހާރު ވަނީ ކޯޓު އަމުރު ވެސް ހޯދައިފަ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި އެހެން މުވައްޒަފުން ހިމެނޭތީ، އެ މީހުންގެ މައުލޫމާތު ވެސް ފުލުހުންގެ އިދާރާ އިން އެ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށް ވެ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސްގެ އޮފިސަރަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުން ލަސްވީ، ބައެއް މީހުންގެ ފޭކް ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާތީ ބައެއް ކަންކަން ކަށަވަރު ކުރަން ވަގުތު ނެގުމުންނެވެ. އަދި ވީޑިއޯތަކުން ފެންނަ މީހުންނަކީ ކޮން ބައެއްކަން ދެނެގަންނަން ވެސް ވަގުތު ނެގި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްމާ
30 July 2022
ފުލުހުންގެ ތަހުގީގަށް މީހުން ހައްޔަރުކުރަން ގާނޫނުގައި ބުނަނީ މުޖުތަމިއަށް ނުރައްކަލެއް އޮތް ކަމުގައި ވަނީ ނަމައެވެ. ތި މައސަލާގައި ތުހުމަތު ކުރެވޭ އެންމެން ވެސް ބަންދު ނުކޮށް ތަހުގީގު އަވަހަށް ނިންމައި ކޯޓު ހުކުމާއެކު އެކު ބަންދުކުރަން ޖެހޭނަމަ ބަންދު ކުރަން ވީއެވެ. އެއިގެ ކުރީގައި ކުރެވޭ ބަންދަކީ ގިނަފަހަރަށް އިޔާދަ ނުކުރެވޭނެ ގެއްލުމަކަށްވެގެން ދާތަން ފެންނާތީ ކަންބޮޑުވޭ!
ސަފަރުކައްދަގެ އަންކަލް
28 July 2022
މިމާލެއަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ހާއްޔެއް. ޒަމާނުއްސުރެން މިކަމުގެ ދިގު ތާރީހެއް އޮތްބައެއް. މިހާރު ތިބި އިސްރަށްވެހިން ކޮށްޓާލަބަލަ ވަނަވަރާއި އެކު ދިގުލިސްޓެއްނުލިބޭތޯ.
ސަފަރޭ
29 July 2022
މާލެ ބޮލަށް އެކަނި ކަނޑާނުލާ ރާއްޖޭގެ އެހެން ރަށްރަށްވެސް ބަލާލަބަލަ. މާ ނަން މަޝްހޫރު ރަށްރަށް އުޅޭނެ.
ގެދާނޯމޮސް
28 July 2022
ބިޒްނަސް ބެޗްގެ ބައެއްމީހުން ޗުއްޓީ އަށް ފަހު ތުނބުޅި ދިގުކޮށް ސިފައޮޅުވާ ލަމުން މިދަނީ ފުލުހުންނަށް ސިފައޮޅިގެން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ށަވިޔަނި
28 July 2022
މުޑުދާރު ކަމުގެ އިންތިހާ. މިޚަބަރު ލިޔާ ކޮންމެފަހަރަކު އަހަރެން ހުއްޓުމަކަށް އަންނަކަހަލަ.
ބައި
28 July 2022
ކޮބާހޭ ނާޒިމް ސައްތާރު. އެވީޑިޔޯ އަކީ ޑީޕް އެޑިޓަކީ ތޯ؟
އެމްސް
29 July 2022
250 މީހުން ތެރެއިން ހައްޔަރަަށް 25 މީހުންވެސް ނުދާނެ!
ތުނިޔަ
28 July 2022
ރައްޔިތުންގެ ޕްރެޝަރާހެދި އަދުނެއް އަޅުވާލަންވެސް ހައްޔަރު ނުކޮށް ވާންނެތީ!
ލައްޓި
28 July 2022
މިހާރު ފުލުހުން ޢަމަލުކުރާނީ ޕޮރޮފެޝިނަލްކޮށް ސޯސަލްމީޑިޔާގައި އެބުރޭ ކޮންމެ ފޮޓޯއަކަށް ބަލަންވާ ވަތަށް ނުބަލައި ޢަމަލުކޮށްފި ނަމަ އެތައް ބައެއްގެ ޢަބުރު ނެތިގެން ހިގައިދާނެ، ގެއްލިއްޖެ އަބުރެއް އަބުރާ ނުލިބޭނެ، އުއްމީދަކީ އެކައިންޓު ނަންބަރު ނުބައިވެގެން ކޯޓުން ދޫކޮށް ނުލައި ޙައްޤު އަދަބު ލިބިގެން ދިޔުން
އަލިފުޅު
28 July 2022
ސިފާ އާއި އޭނާއާއި އެކަން ކުރި މީހުން ހަށްޔަރު ކުރޭބޭ
ހިލަބެ
28 July 2022
މީހުންކަށަވަރުކުރުމުގެ ވާހަކައަކީ ބަހަނާއެއް މިކަމުގާސަރުކާރު ފަހަތުފަޔަށްބަރުވެ ކުރިއަށްނުދެވިފައިހުއްޓާ ރައްޔިތުންގެ ޕްރެޝަރަށް މިހާރުތިޔަހަރަކާތްކުރަންފެށީ ކާނަލްވީޑިއޯއަށްވުރެ މާސާފު ނާޒިމްސައްތާރުގެ ވީޑިއޯ ކީއްވެސުވާލުކޮށްފަ ދޫކޮށްލީ އެއްވެސް ހަމަހަމަކަމެއްނެއް އިންޞާފަކީ އެއްމެނަށްލިބޭނެއެއްޗެއްނޫންކަން މިހާރު %100 ޔަޤީންވެއްޖެ ސިޔާސީމީހުންގެ ނުފޫޒުން ހުރިހާސަރުކާރުތަކެއްގައިވެސް ކަންކަންމިކުރަނީ ....
ރަދީފްއޮފިޝަލް
28 July 2022
ބްރޯ، ކީބޯޑުގަ ސްޕޭސްބާރ ނެތީތަ.
އެވާގޮތ
29 July 2022
ސްޕޭސްލީމަ ލިއަންވާ ހުރިހާ އެއްޗެއްސަށް ޖާގައެއް ނުލިބޭނެ.
ނުބައ
28 July 2022
ކޮބަާ މނާޒިމު ގިރި