އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
އެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް އެ ކަން މިއަދު ކަށަވަރު ކޮށްދެއްވިޔަސް އެ ކަމާ ގުޅޭ އިތުރު ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު، އެ މައްސަލައިގައި ސަސްޕެންޑް ކޮށްފައި ވަނީ މަޖިލީހުގެ އިދާރާގެ އާދައިގެ މުވައްޒަފެކެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގީރާއެކު، އެކި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް ދަނީ މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެކަމަކު، މަޖިލީހުގެ އިދާރާ އިން ސަސްޕެންޑްކުރި މުވައްޒަފާ، އަލަމްގީރުގެ މައްސަލައާ ގުޅޭ ކަމެއް އަދި ނޭނގެ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަަލައެއްގައި ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޓީޗަރުުންތަކެއް ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުންޏެވެ. އެ މައްސަލައިގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ ބައެއް މުވައްޒަފުން ހިމެނޭތީ އެ ކަން ފުލުހުން ވަނީ އެ މުވައްޒަފުންގެ އޮފީސްތަކަށް އަންގައިފަ އެވެ. އެހެންވެ، އެ މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.