ޕީޖީން އެދުނީ މިއަދު ނުވަތަ ހަފްތާ ބަންދުގައި ނަމަވެސް ހެކިބަސް ނެގުމަށް. އެއީ ހެކި އުފެއްދުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށް ވަނީ ބުނެފައި
08 ސެޕްޓެމްބަރ 2022 - 15:36
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައި ވާތީ، މިއީ ހެކިންނަށް ނުފޫޒު ފޯރުވަން ލިބޭ ފުރުސަތަކަށް ވެދާނެތީ މިއަދު ނޫނީ ހަފްތާ ބަންދުގައި ނަމަވެސް އެ އަޑުއެހުން ބާއްވައިދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް އުފުލާފައިވާ ދައުވާތަކުގެ ދިފާއުގައި ހެކިންގެ ހެކިބަސް ނަގަން މިއަދު ހެނދުނު 10:00 އަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔާމީން އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ކޯޓަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް، ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ވަކިވަކިން ނެގުމަކީ އެކަމުގެ ސަބަބުން ހެކި އުފެއްދުމުގެ ދޮރު ހުޅުވިދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އިއްޔެ ދިފާއީ ހެކިވެރިޔާ ހެކިބަސް ދިންއިރު، ގިނަކަންތައްތަކެއް ހަނދާން ނެތުމާއި، ސަބަބުވެރި އިންސާނަކަށް ގަބޫލުނުކުރެވޭ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި ދިފާއަށް އިތުރު ވަގުތު ލިބޭގޮތަށް މައްސަލަ ތާވަލުކުރާ ނަމަ، ދިފާއީ ހެކިންގެ ހެކިބަސް އިތުރަށް ތަޣައްޔަރުވެ، އިންސާފުގެ ދޮރު ބަންދުވެދާނެ ކަމަށް ބަޔާންކޮށް ކޯޓަށް މިއަދު ސިޓީއެއް ފޮނުވާފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.އިއްޔެ ޔާމީނާ އެއްކޮޅަށް ހެކިބަސް ދެއްވީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
އޭނާ ވިދާޅުވީ ޔާމީނަށް ލިބިވަޑައިގެން އެއް މިލިއަން ޑޮލަރަކީ އެޔަށްވާ ދިވެހި ރުފިޔާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ދީފައި ބައްލަވައިގެން އެއްޗެއް ކަމަށެވެ. އެ ޑޮލަރަށްވާ 15،420،000ރ.، ޔާމީންގެ ގެކޮޅަށް ހަމަ އެ ދުވަހު ގޮސް ގުނައި އަދި ހަމަ އެ ދުވަހު ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ނަރީޝް ވިދާޅުވި އެވެ.
އެހެންވެ ޕީޖީ އޮފީހުން އެދުނީ މިއަދު އެހެން ވަގުތެއްގައި މި މައްސަލަ ތާވަލުކުރެވެން އޮތް ނަމަ އެ ގޮތަށް ތާވަކުރުމަށެވެ، އެ އިންތިޒާމު ހަމަޖެއްސެން ނެތް ނަމަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ނަމަވެސް އަޑުއެހުން ބާއްވައިދޭން އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ދައުވާލިބޭ ފަރާތްތަކުން އެދިގެން ދައުލަތުގެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި މީގެ ކުރިން ނަގާފައި ވާތީ، ދައުލަތަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށް ޝަރީއަތުގައި ވެސް އެދިފައިވާ ފަދައިން ސިޓީގައި ވެސް އެދިފައި ވާނެ އެވެ. އަދި ޝަރީއަތް ބޭއްވުމުގެ ކުރިން ހެކިވެރިންނާ ބައްދަލުނުކުރުމަށް ޝަރީއަތުން އަންގައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ތިން ދުވަހު ވެސް މި މައްސަލާގައި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވާއިރު މިއަދަށް ހެކި ބަސް ނެގުމަށް ތާވަލްކޮށް އިއްޔެ އިސް ގާޒީ އަހްމަދު ޝަކީލް އެކަން އިއުލާނުކެއްވުމުން ޔާމީންގެ ވަކީލުން އިއްޔެ ވެސް ވަނީ ޝަރީއަތް އެހެން ދުވަހަކަށް ތާވަލްކޮށްދިނުމަށް އެދިފަ އެވެ. އަދި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ވެސް އެގޮތަށް އެދުނެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް އަޑުއެހުންތައް ކެންސަލް ވެފައި ވާތީ ގާޒީ ނިންމެވީ މިއަދު ވެސް އަޑުއެހުން ބާއްވާށެވެ.
މިއަދު ތިން ހެކިވެރިޔަކު ހާޒިރުކުރާނެ ކަމަށާއި ދެން އޭގެ ފަހުން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޤައުމެއްނެތް
09 September 2022
ޕީޖީން ހަމަ ތިހާ އަވަސް އަރުވާލައިގެން ޝާހިލުގެ މައްސަލަވެސް އަވަސްވީ ގޮތަކުން ނިންމާލަދީބަލަ!
ތޔކހ
08 September 2022
މިގައުމުގަ ވައްކަން އަދި ހުރިހާ ނުބައި ކަމެއް ކުރަނީ އެންމް މީހެއް ދެންތިބޭނީ ހުދުކާފޫރުން
ދވހ ސރކރ
08 September 2022
ސަރުކާރުން ހެޔޮދޯ ކިތަންމެވަރަކަށް ހެކިހެއްދިޔަސް
ސަމްސިއްޔާ
08 September 2022
ލިވާތު މީހުން ދޫކޮށްފައި އެތިބީކީއްވެއޯ؟؟
ރަދީފްއޮފިޝަލް
08 September 2022
ތިޔާ ބާވަތުގެ ސުވާލެއް މީގެ ފަހުން ނުކުރައްޗޭ.ވ.ވެދުން
ރަދީފްއޮފިޝަލް
08 September 2022
އެއްކަމެއް ވެސް ނުކުރެވޭނެ.ދައުރު ނިމެން އޮތް ދުވަހެއް އޮތީ.ހެދުނު އެއްޗެއް ހަދާ.ރުކުގަ ހުރި މިރި ވެސް އަޅާތި.މިއީ ވަރަށް ވާހަކަ.ވ.ވެދުން
ޒިންދަގީ
08 September 2022
ދަންނަވީ އެއްޗަކީ، ސިޔާސީ ބާރާއި ނުފޫޒުހޯދަނީ ފައިސާގެ ދަހިވެތިކަމުގައި ރިޝަވަތާއި ރައްޔިތުންގެ ފައިސާ އަމިއްލައަށް ބޭނުންވެގެނެކަން.. މިއަކު ރަގަޅު އެއްވެސް ސިޔާސީ ވެރިއަކު ނެތްކަން.. މިގައުމުގެ އެންމެ ކުޑަ ކުއްޖާއަށްވެސް ޔާމީނުގެ ވެރިކަމުގައި ކަންތައް ދާގޮަތް އަދި މިހާރުވެސް އެކަން ހިނގާގޮތް އިނގޭނެ.. މައްސަލައަކީ ލައިވްކޮށް މާތްﷲ ގަންދީ ހުވާކުރުމަށްފަހު ދޮގޮހެކި ދެފަރާތުންވެސް ދޭކަމާއި އެއީ ދޮގުކަން އެންމެނަށްވެސް އިނގޭކަން.. ﷲ އަޢްލަމް.
ހަވާދު
08 September 2022
މާ އެނގިގަނެގެން ނުތެޅެބަލަ.
ސަރީފު އަލީ
08 September 2022
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުގެކުރިން ކުހުންތައްފީޒު ކުރަންޖެހޭ އެހެންނޫނީ ކުރިމަތިލާނެތީ ސަރުކާރުން ވަރައްބިރުގަނޭ!
ޜަނަނަމާރި
08 September 2022
މިނޫނީ ނެތީތަ އަވަހަށް ނިންމަންޖެހޭ ޝަރީއަތެއް. އަދި އަވަސް އަރުވާލައިގެން ފަހުން ބަލާގޮތަށް ބަންދުގައި ބަހައްޓަން ބޭނުންވެގެން އުޅޭ މީހަކަށް ވަނީތަ. ބުނޭއުޅޭ ވަގަކުން ދޮގަކުންވެސް ގޮތެއް ހަދާލާނަމޭ.
ށ.އސ
08 September 2022
އަވަސްވާވެއްޖެދޯ! ދައުލަތުގެ ޚަޒާނާ ފެންފޮދަކާ ނުލައި ދިރުވާލައިގެން، 5 އަހަރު މިހާރުވަނީ.
ހޮޓްކިންގ
08 September 2022
ޔާމީނާމެދު ހާދަވަރަކަށް ޕީޖީވެސް ތެޅޭތަން އެބަފެނެއެވެ. މަހުލޫފުގެ ޗަރުކޭސް މިވަގުތަށް ބޭއްވީދޯ؟
ވިސްނާލުމަށް އެދެމޭ
08 September 2022
އަޅެ މި ނޫނީ ނެތްތަ ކޯޓގަ ޕޖއިން ދައުވާއުފުލާފައޮތް ޝަރީއަތެއް..ޕޖ ދެފަޔަށް ހިނިއެރިޔަސް ބޮޑުވަރުތީ...ޕޖގަ ތިބީ ﷲއަށް އީމާންވާ ބައެއްކަމަށް އަހަރެން ގަބޫލުކުރަން ބޭނުމީ އެހެންވީމަ އަދުލު އިންސާފު އެއްމެންނަ އެއްވަރަކަށް ހޯދަދޭން އުޅެބަލަ...ރޔާމީން ޖަލަށް ލިޔަސް އިންޝާﷲ 2023 ޕޕމ ވެރިކަންމަށް ހޮވޭނީ..އަދި 2023ގަ ވެރިކަމުގެ ދައުރު ފުރިހަމަކުރައްވާނީ ރޔާމީން...ދެން މިގޮތަށް ރޔާމީނަށް ވެރިކަމަށް އާދެވޭނެގޮތުގެ ދިރާސާއެއްކޮއްލާ.