ޚަބަރު / މަރު

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހްމަދު އަވަހާރަވެއްޖެ

މުހައްމަދު އަހްމަދު ހުސެއިން: އާލާސްކަންފުޅާ އުޅުއްވައި ނިޔާވިއިރު އޭނާ ވަނީ ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައި. -- ފޮޓޯ | ސޯޝަލްމީޑިއާ

18 ސެޕްޓެމްބަރ 2022 - 09:58

5 comments

ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހްމަދު ހުސެއިން މިއަދު އަވަހާރަވެއްޖެ އެވެ.

އޭނާ ވަނީ އެ މަގާމުގެ އިތުރުން ވެސް އެކި މަގާމްތަކުގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް ފުރުއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިޖީއެމްއެޗު ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި އެވެ.

އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވިއިރު، އުމުރަކީ 72 އަހަރެވެ.

މުހައްމަދު ހުސެއިންއާ އެކުގައި މަސައްކަތް ކުރެއްވި ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ، އާއިލާއަށް ތައުޒިޔާކިޔައި، އޭނާގެ ހިދުމަތްތައް ފާހަގަކުރައްވަމުންނެވެ.

ކަށުނަމާދު އޮތީ، މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދޮރު ނެތް މާލޭމީހާ

18 September 2022

ނަޝީދުގެ ވެރިކަމުގައި އައި.ޖީ.އެމް.އެޗް ހިންގުމާ ހަވާލެއް ނުވޭ. ޙަވާލު ކުރަން އުޅުނު ކިތައްމެ ފަހަރަކު. މުހައްމްދު އަޙްމަދު ހަވާލު ނުވީ.ނަޝީދު ގެ ވެރިކަމުގައި ޔޫކޭ ދެ މީހުން އައި.ޖީ.އެމް އެޗް ގެ އެންމެ އިސް މަގާމު ގައި ތިބީ. މުހައްމަދު އަޙްމަދަކީ ހިންގުންތެރި ބޭފުޅެއް. މަރްހޫމް ގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

18 September 2022

إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. މީ ކޮންބޭފުޅެއްކަމެއް ނޭންގުނު. ތަންކޮޅެއް ފަހުގެ ފޮޓޯއެއް ޖަހާލީމާތާ ވާނުވާ ސާފުވާނީ.

The name is already taken The name is available. Register?

ށަވިޔަނި

18 September 2022

اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ހުސައިން

18 September 2022

إنّا لله وإنّا إليه راجعون. اللهم اغفر له، وارحمه، وعافه، واعفُ عنه، وأكرم نُزُله، ووسّع مُدخله، واغسله بالماء والثَّلج والبرد، ونقِّه من الخطايا كما نقَّيتَ الثوبَ الأبيضَ من الدَّنس، وأبدله دارًا خيرًا من داره، وأهلاً خيرًا من أهله، وزوجًا خيرًا من زوجه، وأدخله الجنةَ، وَأَعِذْهُ من عذاب القبر و من عذاب النار

The name is already taken The name is available. Register?

އަބްޑޫޅް

18 September 2022

އެނހެމް.... ކޮށި އެރީމަ ކަރުކެހިލީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454