ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓްތައް-- ފޮޓޯ: ފަޔާޒް މުސާ/ މިހާރު
20 ސެޕްޓެމްބަރ 2022 - 11:05
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސްގެ 1344 ފްލެޓަށް އެދި 1413 މީހަކު ކުރިމަތިލާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ހިންގާ އެ މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ.
އެޗްޑީސީން ބުނި ގޮތުގައި ފްލެޓް ގަތުމަށް އޮންލައިންކޮށް ފުރުސަތު ހުޅުވާލައި ދިން ދެ މަސް ދުވަހުގެ ތެރޭގައި އެ ފްލެޓް ގަތުމަށް ހުށަހެޅީ 1413 ފަރާތަކުންނެވެ. އެ މީހުންގެ ޝަރުތު ފުރިހަމަވޭތޯ ބަލާނީ ހައުސިން މިނިސްޓްރީން ކަމަށް އެޗްޑީސީން ބުންޏެެވެ.
އެޗްޑީސީން ބުނީ އެ ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ދިރިއުޅުމުގެ ހާލަތު ބަލައި އެ މީހުންނަށް ލިބޭ ޕޮއިންޓް ތަރުތީބުން ލިސްޓުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓު ތަރުތީބުން ޔުނިޓް ހިޔާރުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެޗްޑީސީން އެ މީހުންގެ މާލީ ގާބިލުކަން ހުރިތޯ ބަލައި، އެ ޝަރުތު ހަމަވާ މީހުންނަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓުގައިވާ ފަރަތްތަކަށް ފުރުސަތު ދެވޭނެ އެވެ،" އެޗްޑީސީން ބުނެ އެވެ.
އެ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަން އާންމުންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ވިނަރެސް ފްލެޓްގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. އެތަނުގެ ކޮންމެ ޓަވަރެއްގައި ވެސް ގްރައުންޑް އަދި ފުރަތަމަ ފްލޯ ހާއްސަކޮށްފައި ވަނީ ވިޔަފާރީގެ ބޭނުމަށެވެ.
ވިނަރެސް ފްލެޓަށް ސަރުކާރުން ކަނޑައެޅި މައިގަނޑު ޝަރުތަކީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލީ
20 September 2022
މާލެއެއް ރުމާލެއް ބަލާނެ ކަމެއްނެތް، މާލީ ގޮތުން މަހަކު ދައްކަންޖެހޭ އަދަދު ދެއްކޭނެ ޤާބިލުކަން ހުރި މީހުންނަށް ގުރުލާފަދީ. ތިއޮތީ އެއްވެސް ތަފާތު ކުރުމެއް ނެތި ކުރިމަތިލިމީހުންނަށް ހަމަހަމައިން އިންސާފުން ތިކަން ކުރެވެން. ބާކީވި 69 މީހުންނަށް ދެން އަޅާ ފެލްޓުން ޖާގަކަށަވަރު ސިޓީދޭނީ. އޭރުން އެޕްލައި ކުރި 100% މީހުންނަށް ފްލެޓް ދެވުނީ.
އާނު
21 September 2022
ތާއީދު.
އޮނަރަބްލް އަފީފު ދީދީ
20 September 2022
ދަރަނިނަގައިގެން ދައުލަތުން ސޯޝަލް ހައުސިނގް ޕްރޮޖެކްޓް ހިންގާއިރު ދައުލަތާއި ރައްޔިތުންގެމަސްލަހަތަށް ހަދާންޖެހޭޤާނޫނު ހުރޭ. # މިގޮތުން ޕްރޮޕަޓީ ނުވަތަ ބިމާއި ފުލެޓްއަމިއްލަކުރެވޭ ޤާނޫނެއްހަދާ އެޤާނޫނުގެދަށުން ފުރަތަމަ ފުލެޓާއި ބިން ޓެކްސް ފުރީކޮށް އޭނާގެނަމުގައި ރެޖިސްޓްރީކުރާ 2 ވަނަ ބިމާއި ފުލެޓުން %50 އަދި އިތުރަށްހޯދާ ކޮންމެފުލެޓަކާއި ބިމަކުން %100 ޓެކްސް ނަގާގޮތަށް ޤާނޫނުހަދައި ކުލީގެއަޅުވެތިކަމަށް ނިމުންގެނެސްގެންނޫނީ މިކަމަށްނިމުމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
20 September 2022
ރިއަލްއެސްޓޭޓް ކުންފުނިތަކަށް ކ.އަތޮޅު މާލެސަރަޙައްދުގައި ފްލެޓްއަޅަން ދޫކޮށްލާފައި "ގޯތިބޭނުންކަމަށް އަޑުއުފުލާ މާލޭމީހާއަށްވެސް ގޯތިލިބޭގޮތަށް" ސަރުކާރުން ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫގެ ބިންހިއްކިނަމަ މިހާރު ބޯހިޔާވަހިކަމާއި ފުލެޓާއި ބިންވެސް ބޭނުން ބަޔަކަށް ފަސޭހަކަމާއިއެކު ލިބޭނެ މަގު އޮންނާނެ.
އޮނަރަބްލް އަފީފު ދީދީ
20 September 2022
ކ.އަތޮޅުމާލޭގައި އޮތްކަމަށްކިޔަމުންދާ "ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަންބޭނުންނަމަ" އެންމެ ރަނގަޅުގޮތަކީ ދިވެއްސެއްގެނަމުގައި 1 ފުލެޓާއި 1 ބިމަށްވުރެއިތުރުވާ ނުވަތަ އޭނާހޯދާ ބިމާއިފުލެޓްތަކަށް ޓެކްސްނެގޭނެ ޤާނޫނުހަދާ މާލެސަރަހައްދުގައި ދައުލަތުން ސޯޝަލް ހައުސިންގހެދުން ހުއްޓާލާ ރިއަލްއެސްޓޭޓް ފަރާތްތަކަށް ކަޑައެޅޭ ޝަރުތުތަކާއިއެކުގައި ފުލެޓްއިމާރާތްކޮށް ވިއްކަންހުޅުވާލުން. # ސަރުކާރުން ގަންނަފަރާތަތަކަށް ލޯނު ފެސިލިޓައިޒްކޮށްދޭން އެހީވެދީ.
ބާޒީގަރު
20 September 2022
ބަލަ އަހަރެމެން ހީކުރީ ވިހިތިރީސްހާސް މީހުން ކުރިމަތިލާނެކަމަށް، ދޮޅަހަކަށް ފުލެޓް ބިލްޑިން އަޅާލިއިރަށް ހައުސިން މާކެޓް ސެޗިއުރޭޓް ވެއްޖެ. މިވަރުން ބިލިއަނުން ތިނަގާ ދަރަނިތައް ދައްކަނީ ކިހިނެއް.
ޙިނި
20 September 2022
ތިތަންތަން އެފޯޑު ކުރެވޭނީ މަހުޖަނުންނައް ނޫނީ ސިޔާސީ ވަޒީފާއެއްގައި އުޅޭމީހަކައް ނޫނީ ޑުރަގު ދީލަރުންނައް
ޖުލައި2021
20 September 2022
މީ ސޯސަލް ހައުސިންއެއްނޫން ، މެދުފަންތީގެ އާއިލާ އަކަށްވެސް މަހަކު 17 ހާސް 18 ހާސް ފުލެޓުގަންނަން ދައްކައިގެން ދެކޮޅެއްނުޖެހޭނެ. މިތަންތަނަކީ ސޯސަލް ހައުސިންނަށް އެކަށީގެންވާ އަގުތަކެއްގަ ގަނެވޭނެ ތަނަކަށް ހަދަން އެބަ ޖެހޭ. އެހެންނޫނީ މިތަންތަން ގަންނާނީ މުއްސަނދިން ގަނެގެން ހަމަ ކުލީގެ ވިޔަފާރި ކުރާނީ
އޮނަރަބްލް އަފީފު ދީދީ
20 September 2022
ޖުލައި2021 ދަންނަވަންތޯ. ތިޔަވިދާޅުވީ މަންޒަރުގެ އެއްފަރާތް. އަނެއް ފަރާތުގައި އޮތީ ތިކަން ނުކުރެވޭނެ ގޮތް ދުނިޔެއިން ހޯދާފަ. އެއީ ފުރަތަމަފުލެޓާއި ބިން ޓެކްސްފުރީވެފަ އޭނާގެނަމުގައި ހޯދާ 2 ވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ނެގޭފަދަ ބިމާއި ފުލެޓް ނުވަތަ ޕްރޮޕަޓީ ޤާނޫނު. # މިފަދަ ޤާނޫނަކުން "ފުލެޓް ބަނޑުއެޅުން" ހުއްޓުވޭނެ. އަދި އަގުނުއުފުލި ހިފަހައްޓަން ފަސޭހަވެގެންދާނެ. ކީއްވެ މިފަދ ޤާނޫނު ނަހަދަނީ.؟
މާލެކޮއި
20 September 2022
މަ އެޕްލައި ކުރިން. އިންޝާﷲ ޝަރުތު ހަމަވާނެ. މަހަކު 18،000 ދައްކަން ބޮޑު. އެކަމުން މި ބަލަނީ ޔާމިން2023 ކަށަވަރު ވުމުން 12،000 އަށް ތިރިކޮށްދެއްވާނެކަމަށް. އަސްލު ކުރިމަތިމިލީ އެ އުއްމީދުގަ.
ކިރު ސައި
20 September 2022
މާލޭ ބޭފުޅުންނަށް 40+ ބިލިއަން ރުފިޔާގެ ބިން ހިލޭ. އަނެއްބަޔަކަށް 3 ކޮޓަރި އެޕާޓްމަންޓެއް 3-5މިލިއަނަށް.
އަސްރަފް
20 September 2022
މިއީ ޖަޒީރާ އިންސާފް
ވޯޓުން ތަޅާ
20 September 2022
#ސްލޭޕް ބައި ވޯޓް.