22 ސެޕްޓެމްބަރ 2022 - 18:27
މަސާޖު ޕާލާތަކުގައި ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވަން މިދިޔަ ތިން އަހަރުގެ ތެރޭގައި 61 އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ އާއި ހުޅުމާލޭގައި ހިންގާ މަސާޖ ޕާލާތަކުގަ އާއި އަދި ސޯޝަލް މީޑިއާގެ އެކި ނެޓްވޯކްތައް މެދުވެރިކޮށް ހަށިވިއްކުމުގެ އަމަލުތައް މިއިން ޒަނާމެއްގައި ވެސް ނުހިންގާ ވަރަށް ހިންގާތީ އެ ކަމާ ގުޅޭ ގޮތުން "މިހާރު" ގެ "މެދުސަފުހާ" ގައި މިއަދު ޝާއިއުކުރި ރިޕޯޓުތަކާ ގުޅިގެން ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި 2020 ގައި 12 އޮޕަރޭޝަން، 2021 ގައި 31 އަދި މި އަހަރުގެ މިހާތަނަށް 18 އޮޕަރޭޝަނެއް ހިންގި އެވެ. މި އަހަރު ހިންގި 18 އޮޕަރޭޝަންގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 11 އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިދިޔަ އަހަރު 25 އިންސްޕެކްޝަނެއް އިމިގްރޭޝަނާ ގުޅިގެން ހިންގި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ހަށިވިއްކުމުގެ ފާހިޝް އަމަލުތަކާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ބަޔަކު ހައްޔަރުކުރި ކަމެއް އަދި އެ އަމަލުތަކައި ބިދޭސީން ގިނަ އަދަދަކަށް ޝާމިލުވާއިރު ޑީޕޯޓްކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމުގެ މައްސަލަތަކާ ގުޅިގެން މި އަހަރު އަދި އެއްވެސް މީހަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފައެއް ނުވެ އެވެ.
ރާއްޖޭގައި ހަށިވިއްކުމަށް ހާއްސަ ވެގެން އެތައް ބަޔަކު ފާޅުގައި މިހާރު އުޅެމުންދާކަން "މިހާރު" އިން އެއްކުރި މައުލޫމާތުތަކުން އެނގެ އެވެ. ބައެއް ބިދޭސީ އަންހެނުންގެ ފޮޓޯ އާއި ފޯނު ނަމްބަރާއި އަގުތައް ވެސް ޓިކްޓޮކް ފަދަ ސޯޝަލް ނެޓްވޯކްތަކުގައި ވަނީ އާންމުކޮށްފަ އެވެ. އަދި އެ މީސްމީހުންނަށް ވަކިން މެސެޖު ކުރުމުން ހަށިވިއްކުމުގެ އަމަލުތަކަށް މަރުހަބާ ކިޔައި އެ ހުށަހެޅުން ވެސް ހުށަހަޅާކަން އެނގިފައި ވެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
25 September 2022
ތީ ފެންނެތް ތާ ބަޑި ތެޅުން....... 2000 އޮޕަރޭޝަން ވެސް ކުރެވިދާނެ. ކަމެއް ނުހުޓުވޭ. މީހަކު ހައްޔަރެއް ނުކުރޭ. އެހެންތަ ވަނީ ތިޔަ އޮޕަރޭޝަން ހިންގާނީ ރަގަޅަށް ވިއްޔާ ތިތަންތަނަށް ދާ މީހުން
ނޯސް ވެރިޔާ
23 September 2022
ދުނިޔެ ދެމިއޮތްހާ ދުވަހަކު ކުށްފާފައަށް އަރައިގަތުން ނުހުއްޓުވޭނެ. އަދި އަމުދަކުން ފަހު ޒަމާނުގައި. މީަކު ނުވަތަ ބަޔަކު ނުވަތަ ޕާޓީއަކުން، ނެރޭ ބަޔާނަކަށް ނުވަތަ ކޮއްލާ ޓްވީޓަކަށް ބޯލަނބާ ކިޔަމަންވާނެފަދަ މިޒަމާނަކު ނެތް. އަމިއްލަ ދަރިފުޅު ވެސް މައިންބަފައިން، އެދުރުންނަށް ކިޔަމަންނުވިޔަސް އޯކޭ، ތަރުބިއްޔަތު ކުރުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ފިޔަވަޅެއް ނޭޅޭނެ ގޮތަށް ޤާނޫނުތައް ފަރުމާކުރުން އޮތް ޒަމާންމިއީ. ކީއްކުރާނީ؟ކާން/ލާން/ބޯން ދެވެނީ ޙަރާމ
ސޯފީ
23 September 2022
ގައިގަ ތެޔޮދެމޭނެ ގޮތެއް ހުންނަން ޖެހޭނެ.. ހަށިވިއްކާ މީހުން އުޅުނޭ ކިޔާފަ ޕާލާތައް ހުއްޓުވައިގެން ނުވާނެ
ފުރިހަމަޑިމޮކްރާތީވެރިކަން
23 September 2022
ހިހިހުހުހުހެހެހެހެ ހަށިވިއްކުން މިސަރުކާރުން ހުއްޓުވަން މަސައްލަތްކޮށް ފެއިލްވީޔޭ ހީހީހީހީހޭޙެޙެހޭ ދެން އެޖެންޑާގަ ހިމެނޭ ސިއްރު 19 ކަމަކީކޮބާ
ހަސަންކޮއި
23 September 2022
ވަރަށްފާޅުކަން ބޮޑު ގޮތެއްގައި ހަށިވިއްކުމާއި ވަހުޝީކުޅި، މިޤައުމުގަ ހިންގާއިރު، ހޯމް މިނިސްޓަރ އިމްރާން، އިސްލާމިކް މިނިސްޓަރ ޒާހިރު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނަޒީރު ފަދަ ސަރުކާރުގެ އިސް މަޤާމުތަކުގަތިބި އަދާލަތު ޕާޓީގެ އިސްމީހުނާއި ޑރ.އިޔާޒު، ޝައިޚް އިލްޔާސްފަދަ މީހުން މިކަންކަން ހުއްޓުވަންކުރީ ކޮންކަމެއްތޯ؟ ކުރީ ސަރުކާރުތަކުން ޕޮލިސް ރެޑް ޖަހައިގެން މީހުން ހައްޔަރުކޮށް ތަންތަން ބަންދުކުރޭ
އެމްސް
23 September 2022
ގޯހެއް ހިނގާ އިރު ބަލަން ނުހުރެ އެކަން މަނާކޮށް، ހުއްޓުވަން ކުރެވެން ހުރި ކަމެއް ވިއްޔާ ކުރުމީ ފަރުދީ ޒިއްމާއެއް! ތަން ކުއްޔަށްދޭ ފަރާތަށް ބަރާބަރަަށް ކުލި ލިބެންޏާ ކިތަންމެ ނުބައި ޢަމަލެއް އެތަނެއްގަ ތެރޭ ހިނގިޔަސް އޯކޭ ވެގެނެއް ވާކަށް ނެތް!
ޔޯޔޯ
23 September 2022
މާމުރީއްސުރެ މީހުން އުޅޭ ގޭ ގޭގައި އަދި މާ ގިނައިން ކުރޭ. ގެއަށް ބިޓުން ބައްދައިގެން ނާއި ގެންގުޅޭ ކުއްޖާ ގަޔަށް އެރުމާއި ޕޮލިހުން މީހުންގެ އަބީން ކައިރި އަށް ވަނުމާއި އެކު އަންހެނަކު ސައިކަލަށް އަރުވާގެން ދާނަމަ ޗެކު ކުރުމުގެ ނަމުގައި ހުއްޓުވާ އަންހެންމީހާ ގެ ނަމްބަރު ނަގާގެން ގުޅުމާއި މިކަހަލަ ކަންތައް ތަށްތަކީ ޒަމާނުއްސުރެ ހިނގާ ކަންތައް
ޙޙ2022
23 September 2022
ސިޓީގަ ވެއްޖެއްޔާ ތި ހުރިހާ ކަމެއްވެސް އޮންނަން ވާނެ... އެހެންނޫނީ ސިޓީއަކަށްނުވާނެ.... ބޮއިހަލަކި
ކައުންސެލަރު
23 September 2022
އޮޕަރޭޝަން ހިންގާ ހޮސްޕިޓަލުތަކުގަ. އެ އޮޕަރޭޝަންތައް %99.99 ކާމިޔާބުކުރޭ. ތިޔަބުނާ އޮޕަރޭޝަނަކުން ލިބުނު މޭވާއެއް ފެންނާކަށްނެތް. ސޮރީ! ވިއްޔާ ވަނީ އިތުރު
އެމްސް
23 September 2022
ފުލުހުންހާ ވަޒީފާއަށް ކަނޑައެޅިފަ އޮންނަ ގަޑި ފުރާ މުވައްސަސާއެއް ނޯންނާނެ!
ޢިހްސާސް
23 September 2022
ކޮން ފާހިޝް އަމަލެއް. ޒިނޭ ކުރާމީހުން ގިނަވިއްޔޭ ލިޔެބަލަ. ފިލިޕީންސް ކުދިން އެތިބެނީ އޮއްސާފަ ފިރިހެނުންނަށް.
އެމްސް
23 September 2022
ޒިނޭކޮށްގެން، ނަމާދު އެއަށްވުރެ ގިނައިން ކޮށްގެން ސުވަރުގެ ދާން ބޭނުންވާ ފިރިހެނުން މާގިނައީ ބާ؟
ޑެއިލީސޭލްސް
23 September 2022
61 އޮޕަރޭޝަނުގަ ތިޔަ ތަނުން ދިޔަ އޮފިސަރުންގެ ތެރޭގައި ގިނަވާނީ އެ ތަންތަނުގެ ރެގިއުލާ، ލޯޔަލް ކަސްޓަމަރުންކަން ނުވަތަ ޝެއަރ ހޯލްޑަރުންކަން ޔަގީން. ދެން ފަސްދޮޅަހެއް ނޫން މިލިއަނުން އޮޕަރޭޝަން ހިންގިޔަސް ތީގެން ތަނެއް ބަންދުކުރާ ވަރުގެ ހެއްކެއް ކިހިނެއް ފެންނާނީ. މިގައުމުގަ ހިނގާ މުންކަރާތްތައް ހުއްޓުވަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިތަނުގަ ތިބި މުނާފިގުންނާ ވަހުޝީން ތިތަނުން ބޭރުކޮށް ތިތަން ޕްރޮފެޝަނަލް ތަނަކަށް ހަދަންވީ.
އެމްސް
23 September 2022
އެކަމަކު ކަމުނުދާ ކޮންމެ ދިވެއްސަކަށް ބޭރު މީހަކު ނުލާ!