ފައިނޭންޝަލް ކޮންޓްރޯލަރު ރަޒީނާ: އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން.
25 ސެޕްޓެމްބަރ 2022 - 10:41
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހަ އަހަރު ހޭދަކުރައްވައި ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ ޖުލައި، 5، 2016 ގަ އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ހަފުތާގައި މަގާމުން ވަކިވެވަޑައިގަތީ ރާއްޖެއިން ބޭރުގައި ޕީއެޗްޑީ އަށް ކިޔަވަން ކަމަށެވެ. ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިންނެވެ.
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރެއްވުނު ކަމަށް ރަޒީނާ ގަބޫލުކުރައްވަ އެވެ.
"ދެ ސަރުކާރުގައި ވަރަށް ޕްރޮފެޝަނަލީ ހިދުމަތްތަކެއް އެ [ފައިނޭންޝަލް ކޮންޓްރޯލާގެ] މަގާމުގައި އަދި ފިނޭންސާއި ރާއްޖޭގެ އެކައުންޓިންގެ ދާއިރާގައި ވެސް މަސައްކަތްކޮށްދެއްވިއްޖެ ކަމަށް ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޕީއެޗްޑީ އަށް ފަހު އޭނާ އަލުން ފައިނޭންސް ދާއިރާއާ ގުޅިވަޑައިގަންނަވާނެ އެވެ.
ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމެވެ. އަދި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ.
ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމާއި ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށް އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުމަކީ ވެސް ޒިންމާއެކެވެ.
ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހަހަހަހަ
26 September 2022
ހޮޅުދޫ މީހުން ވަރައް ތައުލީމައް ލޯބިކުރާ ބައެއް، ކުރިއެރުމައް އެހެން.
އަބްޑޫޅް
27 September 2022
ބީރަށްޓެއްސެއް ދޯ؟
ޕްރޭމްޗޯޕްރާ
26 September 2022
ރަޒީނާ ފައިނޭންޝަލްކޮންޓްރޯލަރ އަކަށް ހުންނެވިއިރު މަށަށް ޔަޤީނުންވެސް ފާހަގަވި އެއްކަމަކީ ފައިސާގެ ކޮންމެކަމެއްގައިވެސް އޮންނަގޮތް އޮޅުންފިލުވަން ފަސޭހަކަން އަދި އަވަހަށް ޖަވާބުދީ ސޮލިއުޝަން ހޯދައިދޭކަން ވަރަށްބޮޑަށް ޝުކުރިއްޔާ.
ހަޒާރު
25 September 2022
ދިވެހި ރަންއަޑު ހުޅުދޫ އަބްދުއްލާގެ ހިދުމަތްތެރި ދަރިކަނބަލެއް .. ގައުމަށް ކޮށްދެއްވި މިންނެތް ހިދުމަތަށް އައްސަރިބަހާ ސާބަސް
ޢަރުތަ
25 September 2022
"ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތެކެވެ". މިކަން އަދާކުރެވުނުބާ! ކުރެވުނިއްޔާ ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަހައްމަދުބެ
25 September 2022
ފާގަތިމުސްތަގުބަލަކަށް އަދި އިތުރު ކާމިޔާބަށް އެދެން
ފަހީމާ
25 September 2022
ފިރިހެނަކަށް ދެދައުރުގަ ތިޔަފަދަ ހިދުމަތެއް ކުރެވިފަ ނެތް.. ހާދަ ޖޭވެޔޭ
ނަބީ
25 September 2022
ފިސާރި ކަނބަލެއްް ، ގައުމަށް ތިޔަކޮށްދެއްވި މިންނެތް މަސައްކަތަށް ފައްފަށުން ޝުކުރުވެރިވަން ،
ކޮހިނޫރު
25 September 2022
ކަނބަލެއް ތިޔަފަދަ ހިދުމަތެއް ގައުމަށްކޮއްދިނުމުގައި ރެކޯޑެއް ކިއެއްތަ ފިރިހެނަކަށްވެސް 2 ސަރުކާރުގަ ތިޔަމަގާމު ފުރިފައެއްނެތް .. ސޯ ޕުރައުޑު އޮފްޔޫ ސިސްޓާރ …. ހެޔޮގޮތްތަށް މިންވަރު ކުރައްވާށި
ކޮއިބެސައިކުރާ
25 September 2022
ހަމަގައިމުވެސް ދިވެހި ފައިސާ ރައްކާކުރުމާއި ކޮންޓްރޯލް ކުރާ އޮފީސްތަކުވެ ކަމުވޮށިގެންވާމީހުން ޒިއްމާދާރުކަމާއި އެކު އެމްއެމްޕީއާރުސީ ބޮޑުހިޔާނާތް ހިގައިދިޔައިރު އެކަމެއް ބަލާފަކާނެތް. އެއްހާލިން އަނެއްހާއްޔަށް މިފައިސާހިލިއިރު މިއިންތަނަކު އިންޓެގްރިޓީ ކިޔާއެއްޗެއް ކުޑިފުކެއްވެސްނެތް. އެމްއެމްޕީއާރިސީ ހޯޖާވެގެންދިޔައިރު ގައުމުގެ ފައިނޭންސަލް ސިސްޓަމް އެދިޔައީ ވަރަށް ޕްރޮފެސަނަލްކޮށްތާ.
ގިނި
25 September 2022
ޝުކުރިއްޔާ ރަޒީނާ
ބުރުގާ
25 September 2022
ކޮންކަމާތޯ؟ ފިނޭންސު މިނިސްޓަރު ޖެހިހާ ބެރަކައް ނެށީމަތޯ؟؟