ޝަވަން، މަކުނުދޫ ސްކޫލުގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެނީ.-
09 ނޮވެމްބަރ 2022 - 15:40
ކުޑަކުއްޖަކު އެއް ފައިގައި ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއ އާންމުވުމާ އެކު އެ ކުއްޖާއަށް ފައެއް ޖަހައިދޭން އެންސްޕާ އިން އެހީވާން ނިންމައިފި އެވެ.
ހދ. މަކުނުދޫ ކުއްޖެއް ކަމަށްވާ އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުހައްމަދަކީ އުފަންވި އިރު ވެސް އެންމެ ފައެއް އިން ކުއްޖެކެވެ. އެ ކުއްޖާގެ ކަނާތު ފައި އިންނަނީ ކަކުލުހުޅާ ހިސާބަށެވެ.
ޝަވަންގެ މަންމަ، އައިޝަތު ވިޝާހު "މިހާރު" އަށް ބުނީ ޝަވަންއަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން ގުޅި ކަމަށެވެ. އަދި ދަރިފުޅުގެ މެޑިކަލް ރިޕޯޓްތައް ފޮނުވައި ދޭން އެދުނު ކަމަށް ބުންޏެވެ.
"އެންސްޕާއިން ގުޅާފައި އެދުނީ މެޑިކަލް ލިޔުންތައް ފޮނުވައިދޭން. އަޅުގަނޑު މިހާރު ހުރިހާ ލިޔުންތަކެއް ފޮނުވާފައި ހުންނަނީ،" ވިޝާހު ބުންޏެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަނީ މަކުނުދޫ ސްކޫލުގައި މިދިޔަ ހޯމަ ދުވަހު ފެށި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަމްބަރު ކުޅުންތެރިޔާ ޝަވަމް ކުޅޭ ތަނެވެ. އެއް ފައިގެ އެހީގައި ދަނޑުމަތީގައި ދެ ފަރާތަށް ދުވެ، ކުޅެން އުޅޭ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
އާޓިފިޝަލް ފައެއް ޖެހުމަށް ޝަވަމް އެއް އަހަރުގައި އިންޑިއާއަށް ވެސް ދިޔަ އެވެ. ފައިގައި އެއް ސެންޓި މީޓަރު ބޭރަށް އިންނަ ކަށި ކޮޅު ނެގުމަށްފަހު ފައެއް ޖަހައިދޭނެ ކަމަށް ހޮސްޕިޓަލުން އޭރު ބުންޏެވެ.
އެކަމަކު، ދަރިފުޅަށް އިތުރު ތަކްލީފެއް ދޭން ބޭނުން ނުވާތީ އޮޕަރޭޝަން ނުކޮށް އެ ފަހަރު އިންޑިއާއިން އައީ އެވެ. ވިޝާހާ ބުނީ ޝަވަން އަށް ފައެއް ޖެހުމަކީ ކުރަން ބޭނުން ނަމަވެސް ފައިސާފެ ދަތިކަން ހުރުމުން ނުވެ އޮތް ކަމެއް ކަމަށެވެ.
"މާލީ ހާލަތު ހުރި ގޮތުން ނުވެފައި ހުރީ. ވަރަށް އުފާވެއްޖެ މިކަން ވީމަ،" ވިޝާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިންޖާ
11 November 2022
4 އަހަރުވީއިރު ނުކުޅެދެ ކުދިން ތިބިކަންވެސް ނޭންގި 2023 ގަ އިންތިހާބު ބޯަމަތިވީމަ އިބުރާހިމު ވ ރަނގަޅުވާނެ
އެއްސުޕާ
10 November 2022
ނޫހައް އެރީމަ ތެޅިގަނެފިއެއްނު!!!!
ތުނޑުހަސަނު
10 November 2022
ނޫސްތަކަށް އަރުވާލީމަ ނޫނީ އެއްކަމެއް ވެސް އެނގޭ ކަމަކަށް ނުވޭ. އެހިސާބުން ތެޅިފޮޅިގަންނަނީ. މިއީތަ ސިސްޓަމަކީ؟
އައިމިނާ
10 November 2022
މާނައަކީ އެންސްޕާގެ ޚިދުމަތް ދޭގޮތެއް އޮންނަ ގޮތެއް އަދިވެސް ވަރަށް ގިނަ ފަރާތްތަކަށް އެހާ ސާފެއްނޫނޭ. އެހެން ނޫންނަމަ އެ މަންމަ މާކުރިންވެސް ތިޔަކަމާ އުޅޭނެކަން ޔަގީން.
އާދަމް ޒާހިރު
09 November 2022
ފައި ހުންނާނީ. ނުއެއް އިންނާނެ
ޝުއާއު
09 November 2022
ޝުކުރިއްޔާ ޑެޕިއުޓީ މޭޔަރު ނަރީޝް! މަނިކުފާނުގެ މަސައްކަތްފުޅުކަން ޔަގީން
ޑެޕިއުޓީ މޭޔަރު ނަރީޝް
10 November 2022
ނޫނޭ މިއީ ރައީސް ޔާމީންގެ މަސައްކަތްފުޅު، ޝުކުރިއްޔާ ރައީސް ޔާމީން މިއީ މަނިކުފާނުގެ މަސައްކަތްފުޅު!!!
ލަދުހަޔާތް
09 November 2022
ލަދުނުގަނޭތަ ބޮޑުން ބޭސްކުރަން ބޭރުގެ ބޭނުން ތާކަށް ދެވޭއިރު ނިކަމެތި މީހާ މިޖެހެނީ ސަލާން ޖަހަން . ޢެންސްޕާ ވެސް މެޑަލް ޖަހަން ތިއުޅެނީ
ކުޗީ
09 November 2022
މަހުލޫފު އެބަމަސަތްކަތް ކުރޭ މެޑަލް ޖަހަން ...
އިސްލާހުޖާަޑި
09 November 2022
ماشاء الله
ޖެކް
09 November 2022
ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ނިކަމެތިންނަށް ކަމެއްވާނީ ކޮންމެވެސް ގޮތަކަށް ހެޑްލައިންއަށް އަރައިގެން! މީ ވަރަށް ހިތާމަހުރިކަމެއް! އާއްމު އުސޫލުގެ ތެރެއިން ތި ކުއްޖާގެ މައްމަ 100 ފަހަރު އެންސްޕާއަށް ހުށަހެޅިނަމަވެސް އެމީހުން 2 އަހަރު 3 އަހަރަށް ދިގުދަންމާލާނެ! އެ ތަނަށް ގުޅީމަ ބުނާނީ ޕްރޮގްރަސް ވަނީ! އެނޫން އެގެންޖަވާބެއް ނުލިބޭ!
ޢަރުތަ
09 November 2022
ޖެކް ތިބުނާ ގޮތަށް ވަނީ ހުރިހާ މީހުނަކަށް ނޫން، ބައެއް މީހުނަށް، އަދި އެއީ މިހާރަކު ނޫން، ކޮންމެ ސަރުކާރެއް އޮތަސް އެތަނުގެ ކަންތައް ހުންނަ ގޮތް.