އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުން ފިނޭންސް މިނިސްޓްރީގައި ފާހަގަކުރަނީ: ފިނޭންސް މިނިސްޓަރު އަމީރު ވަނީ އޭނާގެ ހިދުމަތަށް ޝުކުރުއަދާކުރައްވާފައި --
30 ނޮވެމްބަރ 2022 - 19:08
ފިނޭންސް މިނިސްޓްރީގައި 42 އަހަރުގެ ހިދުމަތް ފަހު، އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ އަލީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީއާ 1981 ގައި ގުޅިވަޑައިގެންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން މިއަދު ފިނޭންސް މިނިސްޓްރީގައި ވަނީ އޭނާގެ ހިދުމަތް ފާހަގަކޮށްފަ އެވެ
ފިނޭންސް މިނިސްޓްރީން ބުނީ، އޭނާ ވަނީ އެ މިނިސްޓްރީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ.
އަބުދުلله އަލީ ރިޓަޔާ ކުރެއްވުމުން އޭނާގެ ހިދުމަތް ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އޭނާ ރިޓަޔާ ކުރެއްވީ އެންމެންނަށް ވަރަށް ގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދެއްވާފައި ކަމަށެވެ.
އަބްދުﷲ އަލީއަށް ޝުކުރުއަދާކުރައްވަމުން އަމީރު ވިދާޅުވީ، މަސްއޫލިއްޔަތުތައް އަދާކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.
"މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި, ދައުލަތުގެ ފައިސާ އާއި ބަޖެޓާ ބެހޭ ކަންތައްތައް އަބުދުﷲ އަލީ ކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު. ދިވެހި ދައުލަތައް ތިކޮށްދެވި އަގުހުރި މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ނަމޫނާއެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ." އަމީރު ލިޔުއްވި އެވެ.
41 އަހަރު ދުވަހު @MoFmv އަށް ޚިދުމަތްކުރެއްވުމަށްފަހު އަބުދުއްالله އަލީ މިއަދު ރިޓަޔާ ތިކުރެއްވީ އަޅުގަނޑުމެން އެންމެންނަށް ވަރަށްގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދީފަ. pic.twitter.com/WEJOnOjMBq
— Ibrahim Ameer (@iameeru) November 30, 2022
އަބްދުﷲ އަލީ ވަނީ އޭނާގެ ކެރިއަރުގައި ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. ރިޓަޔާ ކުރެއްވި އިރު ހުންނެވީ މިނިސްޓްރީގެ ބަޖެޓާއި ހާއްސަ ބަޖެޓު އަދި ޕެންޝަން ބަޖެޓު ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު 22
03 December 2022
ވަރަށް ބަރާބަރު މީހެއް، ސައިކަލް ލައިސަން ޓެސްޓުން އެއްބުރުން އަހަރެން ފާސް ކޮއްދިން، ޝުކުރިއްޔާ
ރިޓަޔާ
01 December 2022
ވަޒީފާގަ އެހާ ގިނަ ދުވަސްވީ މީހެއްގެ ރިޓަޔަރމަންޓާ ގުޅިގެން މިނިސްޓަރ މާބޮޑަށް އުފާފާޅުކުރާހެން ފެނުމަކީ ކަންބޮޑުވާންޖެހޭ ކަހަލަ ކަމެއް.
ޖަމީ
01 December 2022
ވަރަށް ހަދާންވާ ދުވަހެއް އެއީ. ޢެއްދުވަހަކު އޭޑީކޭ ހޮސްޕިޓަލުގައި ދަރިފުޅު ޑޮކްޓަރަށް ދައްކާފައި ބޭސް ނަގަން ލާރި ހަމަނުވެގެން ފާމަސީ ކައިރީގައި ހުއްޓާ ނުދަންނަ މީހަކު އައިސް -/500ރ ދީފަ މިއައް ބޭސްނަގާށޭ ބުނެފަ ދިޔައީ. ޢެއީ އަބްދުﷲ. ޝުކުރިއްޔާ އަބްދުﷲ.
އުނބުށޭމު
01 December 2022
ބޮޑު ބަޖެޓެއް އޮންނަތަނެއްގެ ބަޖެޓްގެ އެންމެ އިސްމަގާމުތަކުގައި ކުރުމުއްދަތެއްގައި އުޅެލާފައި ބޮޑެތި ވިޔަފާރިވެރިންނަށްވެގެންދާތަން މީގެ ކުރިން ފެންނަމުންއައީ. އަނެއްބަޔަކު މުޅިޙަޔާތް އެދާއިރާގައި ހޭދަކޮށްފައި ނުކުމެގެންދާއިރު އެފަދަ މީހަކަށްނުވެ އަދި ކޮރަޕްޝަންގެ އިނގިލި ދިއްނުކުރެވޭކަމީ ވަރަށްވެސް އުފާވެރިކަމެއް. އެއީ ފާހަގަކުރަން ކޮންމެހެންވެސް ޖެހޭ ކަމެއް. ދެރަކަމަކީ ދައުލަތަށް ޚިދްމަތްކުރުމުގެ އިނާމުވެސް ދެވެނީ އަމިއްލައަށް އެދިގެންކަމަށްވާތ
ހަލީމާނާ
01 December 2022
ހުސްވި މަގާމަށް އެމްޑީޕީ އަށް ބަލަދު އަރާފަހުރި ސިޔާސީ މީހަކު އަވަހަށް ލާ
މަބޮނޑޭ
30 November 2022
ފިނޭންސް މިނިސްޓްރީން އޭނާގެ އަގު ވަޒަން ކުރީތީ ފަށްފަށުން ޝުކުރުއަދާކިރަން. ތީ މިހާރު ވ މަދުން ފެންނަ މަންޒަރެއް. ހޯމް މިނިސްޓްރީ އަކީ މިކަހަލަ އެއްވެސް ކަމެއް ފާހަގަކުާ ބަޔަކު ތިނބި ތަނެއް ނޫން. އެތަނުންވެސް ވ ގިނަ ދުވަހު ވަރަށް އަހުހުރި ޚިދުމަތްތައް (އަތޮޅުވެރިކަން އެތަށް އަތޮޅެއްގަ ކޮށްފަ އަދި މިނޫނަސް މަތީ މަގާމުތަކުގަ 45 ވަރަކަށް ޚިދުމަތްކޮށްފަ ތިނބި މީހުން ރިޓަޔަ ވެއްޖެ.މިނިސްޓަރަށް ހީނުވޭ އެބޭފުޅުންނަކީ މެއްސެކޭވެސް.މަބޮޑޭ ހެދުންކަމަކީ
ދގދސެފ×
30 November 2022
ހާދަބައެކޭ މިހާރު ރިޓަޔަމިކުރަނީ.
ވޯލް
30 November 2022
އަބްދުﷲ އަކީ ތެދުވެރި އަމާނާތްތެރިއެއް. 42 އަހަރު ވީ އިރު ކޮރަޕްޝަންގެ އެންމެ ވަހަކައެއްވެސް ފެންމަތިވެފައި ނެތް. މިހާރު މިނިސްޓަރ ކަމަަށް އަންނަ މީހާއަށް އޮންނަނީ މުޅިން ކޮރަޕްޝަންގެ ތުހުމަތު.
ހިންނަވަރު މޯދީ
30 November 2022
ތިޔަަ އެހީނުލިބިގެންތާ އަހަރުމެންގެ މުސާރަ ނުދެވިގެން މިއުޅެނީ...އިންޑިއާއަށް ގައުމު ވިއްކާ ހުސްކޮށްފި...މުޅި ގައުމު މިހާރު ވެރިކަމުގަ އިން މީހާ ދޮވެލައިފި..ލަދުހުރި