ޚަބަރު

އައްޑޫ މިހާރު ކޮންސްޓްރަކްޝަން ސައިޓަކަށް، އަންނަ އަހަރު ފެންނާނީ ތަފާތު އައްޑޫއެއް: މޭޔަރު

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގު ކޮނަންނަން ފަށާފައި: މުޅިން އައްޑޫން 100 ކިލޯ މީޓަރުގެ މަގު ހަދާނެ.

މި ސަރުކާރުން އައްޑޫގައި ތަރައްގީގެ އެތައް މަޝްރޫއެއް ހިންގާތީ މިހާރު އެއީ "ކޮންސްޓްރަކްޝަން ސައިޓެއް" ކަމަށާއި އެކަމަކު އަންނަ އަހަރު ފެންނާނީ މުޅިން ތަފާތު، ޗާލު އައްޑޫއެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން "މިހާރު" އާ ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މި ދުވަސްވަރު އައްޑޫގެ ރަށްތަކުގައި "ކޮންމެ ކޮޅަކަށް ދިޔަސް ފެންނަނީ ހެވީ ވެހިކަލްތަކުގެ މޫވްމަންޓް" އާ އެކު ތަރައްގީގެ މަސައްކަތްތައް ހިނގާ މަންޒަރު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އެ މަންޒަރު މި އަންނަ އަހަރު ނުފެންނާނެ ކަމަށް. މި އަންނަ އަހަރު ފެންނާނީ އައްޑޫގެ މަސައްކަތްތައް ނިމި، ތަފާތު އައްޑޫއެއް. ތަފާތު ރީތި ކަމަކާއި ޗާލުކަމެއް އައްޑޫން ފެންނާނީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ، ބައެއް މަގުތައް ބަންދުކޮށް، މި ދުވަސްވަރު ފެންނަނީ އެ މަސައްކަތް ކުރިއަށް ގެންދާ ތަނެވެ. އަދި ބައެއް ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދެ އެވެ.

އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އެ މަންޒަރު މި އަންނަ އަހަރު ނުފެންނާނެ ކަމަށް. މި އަންނަ އަހަރު ފެންނާނީ އައްޑޫގެ މަސައްކަތްތައް ނިމި، ތަފާތު އައްޑޫއެއް. ތަފާތު ރީތި ކަމަކާއި ޗާލުކަމެއް އައްޑޫން ފެންނާނީ،"--- ނިޒާރު

ނިޒާރު ވިދާޅުވިގޮތުގައި އައްޑޫގެ މީހުން ހުށަހެޅި މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހާއްސަ ބެއްލެވުމުގެ ދަށުންނެވެ. އޭނާ ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ ތެރެއިން 200 މިލިއަން ޑޮލަރު ފުރަަތަމަ ވެސް އައްޑު އަށް ހާއްސަކޮށް، އެ ބޭނުން ކުރާނެ ގޮތުގެ މަޝްވަރާ ވެސް ސިޓީ ކައުންސިލާ ކުރި ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ އައްޑޫގެ ހުރިހާ މަގުތައް ހެދެން ޖެހޭނެ ކަމަށް. އެހެންވެ އައްޑޫގެ ހުރިހާ އަވަށްތަކުގެ މަގުތައް ހަދަން ނިންމައި އެ މަގުތަކަށް ފަންޑް ކުރީ. ބިން ހިއްކަން ވެސް އަޅުގަނޑުމެން އެދުނު އަދަދަށް ބިން ހިއްކޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެއާއެކު ފަސް ރަށެއް ވެސް ހިއްކަން ޖެހޭ. އެއީ ވެސް ޝޯ ޕްރޮޓެކްޝަނާއެކު،" މޭޔަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އައްޑޫ މޭޔަރު ނިޒާރު މިދިޔަ ހަފުތާގައި ފޭދޫގައި ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ދެ އަހަރާއެކު، ދިމާވި ދަތިތައް އައްޑު އަށް ވެސް ކުރި ކަން ގަބޫލުކުރަންޖެހޭ ކަމަށާއި މަސައްކަތްތަކުގެ ސްޕީޑް ލަސް ނޫން ކަމަށެވެ.

"ރިޔާސީ އިންތިހާބަށް ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ މަގު ހެދުމުގެ 70-80 ޕަސެންޓް ނިމޭނެ ކަމަށް. މިހާރު މަގުތައް ނިންމުން ލަސްވަނީ މަގުތަކުގެ ޑިޒައިނަށް ދޭތެރެދޭތެރެއިން ގެންނަންޖެގޭ ބަދަލާއެކު. ރައްޔިތުންގެ ޝަކުވާ އާއި ކައުންސިލާއި މިނިސްޓްރީން އެދޭ ބައެއް ކަންކަން ކުރިއަށް ގެންދާތީ ލަސްތަކެއް ދިމާވޭ. މެޓީރިއަލް ބަދަލުވޭ. ބޭރުން ހުރިހާ އެެއްޗެއް އެތެރެ ކުރަނީ. ދެ ތިން މަސް ނަގާ ކޮންމެ ބަދަލަކާއެކު މަސައްކަތް ފަށައިގަންނަން،" ނިޒާރު ވިދާޅުވި އެވެ.

އެހެން ނޫން ނަމަ ހިތަދޫގެ ދެ މަގެއް ހަދާލާފައި ނިންމާލަން ވީ ނޫންތޯ؟ އެހެނެއް ނޫން ނިންމެވީ. ހިތަދޫގެ ހުރިހާ މަގެއް. މަރަދޫގެ ހުރިހާ މަގެއް. އެހެން އަވަށްތަކުގެ ވެސް ހުރިހާ މަގެއް ހަދަން ނިންމެވީ. އައްޑޫ ވީމާ ވެސް ޕްރޮޖެކްޓްތައް ލަސްވޭ. އެއީ ކުރަންޖެހޭ މަސައްކަތްތައް ވެސް ބޮޑުވީމާ،"--- ނިޒާރު

އޭނާ ވިދާޅުވިގޮތުގައި މަގުތައް ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮން ކުންފުނީގެ މައްސަލަައެއް ނެތެވެ. ހަމައެކަނި ލަސްވުމަކީ އައްޑޫ މީހުންނާއި ކައުންސިލާއި މިނިސްޓްރީން ބޭނުންވެގެން ގެންނަންޖެހޭ ބަދަލުތައް ކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގު ކޮނަންނަން ފަށާފައި: މުޅިން އައްޑޫން 100 ކިލޯ މީޓަރުގެ މަގު ހަދާނެ.

ނިޒާރު ފާހަގަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ އައްޑު އަށް ޖުމުލަ ހައްލެއް ހޯދުމަށެވެ.

"އެހެން ނޫން ނަމަ ހިތަދޫގެ ދެ މަގެއް ހަދާލާފައި ނިންމާލަން ވީ ނޫންތޯ؟ އެހެނެއް ނޫން ނިންމެވީ. ހިތަދޫގެ ހުރިހާ މަގެއް. މަރަދޫގެ ހުރިހާ މަގެއް. އެހެން އަވަށްތަކުގެ ވެސް ހުރިހާ މަގެއް ހަދަން ނިންމެވީ. އައްޑޫ ވީމާ ވެސް ޕްރޮޖެކްޓްތައް ލަސްވޭ. އެއީ ކުރަންޖެހޭ މަސައްކަތްތައް ވެސް ބޮޑުވީމާ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ބައެއް ރަށްރަށުގެ ބިން ހިއްކަން ވެސް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރެވެ. އަދި ހުޅުދު އާއި މީދޫން 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ހުޅުދު އާއި މީދު އަށް ވެސް އިތުރު ދެ ރަށެއް ފަހުގެ ތާރީހެއްގައި ހިއްކަން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ފަށައިގެން ކުރިއަށް ގެންދަނީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ ބިން ހިއްކުމުގެ މަސައްކަތެވެ.

މޭޔަރު ވިދާޅުވީ، އައްޑޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެކަމަކު މިހާރު ގާތްގަނޑަކަށް ހުރިހާ ރަށަކަށް އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

"ހިތަދު އަށް އެކަނި ބެލިޔަސް އެއީ ރާއްޖޭގެ އެހެން ފަސް އަތޮޅެއްގައި ނަރުދަމާ އެޅުން ކަހަލަ ކަމެއް. އެކަމަކު އެ ހުރި ގޮންޖެހުންތަކާއެކު ވެސް ފެނަކައިން އެ ކަން ކުރަން އެ ދަނީ. މިހާރަށް ބަލާއިރު، ހޮސްޕިޓަލް އެހެރަ ސަރަހައްދުގައި އެއްވެސް ވަރަކަށް ފެނާއި ނަރުދަމާއެއް ނެތް. އެކަމަކު، އެ ކަމަކަށް ބަޖެޓް ކުރެވިގެން ފެނައަކަށް ބަޖެޓް ހަވާލު އެބަކުރޭ އެ ތަންތަނަށް ނަރުދަމާ އަޅަން،" ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމާ އިތުރަށް ޕްލޭން ކުރާ ތަންތަނަށް ވެސް ނަރުދަމާ އަޅާނެ. ފޭދޫގެ ހިއްކި ބިމަށް ވެސް ނަރުދަމާ އަޅަން ޕްލޭންކޮށް ނިންމާފައި އޮތީ. އެ ސަރަހައްދުގައި ގެ އަޅަން ވާ އިރަށް އަޅުގަނޑުމެން ފެނާއި ނަރުދަމާގެ ހިދުމަތް ދޭނަން."

26 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަސްއަނދުވާނި

24 January 2023

މޭޔަރުގެ ދައުރު ހަމަވެ ނިމިއްޖެއެވެ. އަދި ނިޒާރުގެ ސިޔާސީ ހަޔާތް މެޓްރިކްސް މޯޑްގެ ހޔާތާއި އެއްވަރުވާން ކައިރިވަނީ ތަ؟

The name is already taken The name is available. Register?

ރޫސީ

24 January 2023

ތި ކަން ފެށުން މާ ލަސްވެއްޖެ! ތީ މަޅި

The name is already taken The name is available. Register?

ގައުމުގެ ދުލުން

24 January 2023

މި އީ ކިހިނެތް ވެގެން އުޅޭ ރައީސެއްތަ، އިންތިޙާބެއް އައިސް ބޯމަތިވީމަ އާ ޕްރޮޖެކްޓް ތަކެއް ފަށައިގެން ނުވާނެ، ކޮބައިތަ މިނިވަން މުއައްސިސާތައް، މިކަންތައް ހުއްޓުވަން އެބަޖެހޭ، އަހަރެމެންގެ ޓެކްސް ފައިސާއިން މުސާރަދީފަ އޮތް އޭސީސީ ގެ ދައުރަކީކޮބާ، މިއޮތް ހުރިހާދުވަހު އެއްކަމެއް ނުކޮއް ހުރެފަ ދައުރު ހަމަވާން މަދު ދުވަސްކޮޅަކައް ވީމަ ނުފޫޒާ ބާރުގެ ބޭނުން ކުރަނީ، ދައުލަތުގެ މުދާ ނަހަމަގޮތުގަ ބޭނުންކުރަނީ

The name is already taken The name is available. Register?

ޟީރު

24 January 2023

އައްޑޫގަ މަގުހަދަމުންދަނީ ވަރަށް ދޯހަޅިކޮށް..ވަރަށް އަޑިިގުޑަން ގިނަ .އެއްގޮތަކައްވެސް ހީޔެއް ނުވޭ ލެވެލް ކޮއްފަ ހުރި ހެނެއް.ބަލާނެ ބަޔަކުނެއް

The name is already taken The name is available. Register?

ލެވެލް

25 January 2023

މައްސަލަޔަކީ ހުރިހާ ދިމާލެއް އެއްފަހަރާ ހަދަން އުޅުންހެން ހީވަނީ. އެއްވަރުކޮށްފަ ނުނިންމާ ނޫނީ މަޑުމަޑުން ހަދަހަދާތިއްބާ އަނެއް ފަހަރު ވާރޭވެހި މުޅިތަން އަނެއްކާ ލެވެލްކުރަންޖެހޭ ވަރަށް ހަރާބުވާތަން ވަރަށް ގިނަ ފަހަރު ފެނިއްޖެ.

The name is already taken The name is available. Register?

ބީބޫންޓާ

24 January 2023

ވޯޓާދިމާކޮށް ވަޒީފާތަށް ބެހުމާ، ރަށްރަށުގާ އަވަސް އަރުވާލައިގެންހިންގާ ފީކުދާނު ޕްރޮޖެކްޓްތަށް ހުއްޓާލަން ޖެހޭ. މިއީ ވޯޓަށް ނުފޫޒްފޯރުވުން. ޓެކްސް ފައިސާ ނަހަމަ ގޮތުގާ ބޫނުންކުރުމާ، މަގާމާ ނުފޫޒުގެ ބާރުން ކަންކަން ކޮއްގެން ވޯޓުހޯދުން....މިއީތޯ ދަސްކޮށްދިން ޑިމޮކްރަސީ އަކީ....ހަމަ ގުދޯ ގުދޯ.....ރަނގަޅު ވެރިއެއްބޭނުންވޭ.

The name is already taken The name is available. Register?

އެމްސް

24 January 2023

އޭސީސީގެ ދައުރަކީ މައްސަލަ ބަލާ ކޯޓަކަށްވުރެ މިފަދަ ކަންކަންވެސް އަށަނުގަންނާނެ ގޮތަކަށް ދައުލަތުގެ މާލީ ސިޔާސަތު ބައްޓަންކުރާ ތަނަކަށްވެސް ވާންވެއްޖެކަން ނޭނގޭ!

The name is already taken The name is available. Register?

ނުނިންމާ

24 January 2023

މިހާރު ކޮންސްޓްރަކްޝަން ސައިޓެއް - އަަބަދުވެސް ކޮންސްޓްރަކްޝަން ސައިޓަކަށްނުވެއްޖިއްޔާ ރަގަޅު.

The name is already taken The name is available. Register?

އެމްސް

24 January 2023

އައްޑޫ ކޮންސްޓްރަކްޝަން ކޮމްޕެނީއެއް (އޭސީސީ) ހަދާ -/10،000 ރ. ގެ 1000 ވަޒީފާ ދިވެހިންނަށް އުފައްދާ، އެ ކުންފުންޏައް އިންޑިއާގެ ކުންފުނިން ކަންކަން ސަބްކޮންޓްރެކްޓް ކޮށްގެން ކުރިއަށް ގެންދިއުމުން ރަށަށް ލާރިވެސް ވަނީ!

The name is already taken The name is available. Register?

އެމްސް

24 January 2023

މިދިޔަ އަހަރުވެސް، މިއަހަރުވެސް، އަދި މިއަންނަ އަހަރުވެސް އައްޑޫގެ ޙާލަތެއްވެސް ބަދަލެއްނުވާނެ، އެކަމަކު އެހުރިހާ އަހަރެއްގަވެސް މޭޔަރަށް ހަމަ ބޮޑު އާމްދަނީއެއް ލިބޭނެ! މޭޔަރަށްވެސް ވިސްނެންވީ، މޭޔަރަށްވެސް މުސާރަދެނީ ރަޢިއްޔަތުންގެ ޓެކްސް ފައިސާއިން ކަމާއި ރައީސްގެ ޖީބުން ނޫންކަން! މޭޔަރަށްވެސް ތިހާ ހަމަޖެހިފަ އަދު ތިހުރެވެނީ، ޗަކަބިމުގަ ނަމަވެސް، ގިނަ ރަޢިއްޔަތުންނާއި ޚިލާފަށް ރަށުގަހުރެގެން ދެކޮޅުޖެހޭނެ އާމްދަނީއެއް މޭޔަރަަށް ތަނަވަސްވެފަ ވީތީ

The name is already taken The name is available. Register?

ހުސްނުހީނާ

24 January 2023

މަގުހަދަމުން ދަނީ ވަރަށް ދެރަވަރުކޮށް. އަޑިގުޑަން ވަރަށްބޮޑު. ދުއްވާފަދާއިރު ދާންޖެހެނީ ހަރުފައެއްދާހެން ގުދުގުދު ލައްވަމުން. ބަލާނެ މީހަކުނެތް!

The name is already taken The name is available. Register?

ނުހީނާ

24 January 2023

އިންޑިއާމީހުންގެ ފެންވަރުގަ މަގު ހެދޭނީ. ނެތް ފެންވަރެއްގަ ނުހެދޭނެ.

The name is already taken The name is available. Register?

މުޑަހަންޖާ

24 January 2023

5 އަހަރުގެ ދައުލަތުގެ ބަޖެޓު އެއީ 180 ބިލިއަން ރުފިޔާ، 200 މިލިއަން ޑޮލަރަކީ އެއީ 3 ބިލިއަން. އެހެންވީމަ ދައުލަތުގެ ބަޖެޓުގެ %1 އައްޑޫއަށް ހަރަދު މިކެރެވެނީ، އެއީ އާބާދީގެ %20 މީހުނަށް ހައްގުވާ މިންވަރުކަމަށް ބަލައިގެން އަތްޖަހަން ތިބެންޏާ ތިބެންވީ ހަމަ.

The name is already taken The name is available. Register?

އެމްސް

24 January 2023

އަނެއްކާ އެފައިސާވެސް ބަދަލު މިކުރެވެނީ ކޮންކްރީޓަށް، ރަޢިއްޔަތުން ފުދުންތެެރި ކުރުވާނެ މަގެއް ކޮށާކަށް ނޫން!

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

24 January 2023

ކޮންގުރެޓް ޖަންގައްޔަކަށް އައްޑޫވެގެންދާތަން ބަލަން އޮނަރަބަލް އަފީފު ހުންނާނެބާ؟ އޭނާ ވަނީ އޭނާގެ ތާއީދު ނަޝީދަށް ވަޤުފްކޮށްފާ. އެހެންވެ މިހެން ބުނަންމިޖެހެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454