މ. މުލީ ކައިރީގައި އޮންނަ ސާފްޕޮއިންޓުގައި ބަޔަކު ރާޅާ އަޅަނީ --
25 ޖެނުއަރީ 2023 - 23:48
މ. މުލީ ކައިރީގައި އެ ރަށު ފަޅު ތެރޭގައި އޮންނަ ބޯހުރާ، ޓޫރިޒަމަށް ދޫކުރާއިރު އެތަނުގެ ބައުންޑްރީގެ ތެރޭގައި މަޝްހޫރު ސާޕް ޕޮއިންޓްތައް ނުހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާޅާ އަޅާ މަޝްހޫރު މަންޒިލެއް ކަމަށްވާ ބޯހުރާ އާއި އިތުރު ރަށްތަކެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ބިޑް ހުށަހަޅަން މިދިޔަ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.
އެއާއެކު، ސާފިންއަށް ލޯބި ކުރާ މީހުންނާއި ތިމާވެށި ހިމަޔާތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކުން އަންނަނީ އެތަނުގައި ހުންނަ ސާފް ޕޮއިންޓް ހަލާކުވެދާނެތީ ނުރުހުންފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މިނިސްޓްރީއިން މި މަހު 23 ގައި ބީލަން ހުށަހަޅަން ހުޅުވާލި ބޯހުރާގެ ބައުންޑްރީގެ ތެރޭގައި އެ ރަށް ކައިރީގައިވާ މަޝްހޫރު ސާފްޕޮއިންޓް ނުހިމެނޭ ކަމަށެވެ. އަދި ޓޫރިޒަމްއަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާފް ޕޮއިންޓް ވަކިކުރުމަށްފަހު ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެފަދަ ސާފް ޕޮއިންޓެއް އާންމުންނާއި ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭނެ ގޮތަކަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ބޯހުރާ ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލީ އެ ރަށް ހިއްކުމަށް ހުއްދަ ދޭ ގޮތަކަށް ނޫން ކަމަށެވެ. އޭގެ އިތުރުން، ބޯހުރާއަށް އަރާ ފޭބުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށު ކައުންސިލާއި ރިސޯޓް ޑިވޮލޮޕަރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށް ބުނެފައިވެ އެވެ.
ޓޫރިޒަމްއަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގައި ވަނީ ރިސޯޓުގެ ފަޅު ކަނޑައަޅާ އިރު، އެ ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި ސާފިން ޕޮއިންޓްތަކާއި ޓޫރިސްޓް އެޓްރެކްޝަންސް ގޮތުގައި މިނިސްޓްރީން ކަނޑައަޅާފާއިވާ ތަންތަން ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅަން ވާނީ އެފަދަ ތަންތަން ނުހިމަނައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަޙްސަން
26 January 2023
ތީ ކޮންތާކު އޮތް ބަޔާނެތްތަ؟ ކަނޑައެޅިގެން ބޮޑު ދޮގު! މެނޭޖްމެންޓް ޕްލޭން ހަދަން އެެއްވެސް ބަޔަކާ މަޝްވަރާއެއް ނުކުރޭ! އެތައް އަހަރެއް ވެފައިވާ ތި ގަވާއިދަށް މިނިސްޓްރީން ޢަމަލު ނޮކޮށް، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްގެން އެކަމާ ސުވާލުކޮށް ސިޓީ ލިޔުނީމަ އެންމެ ކުޑަމިނުން، ސިޓީއަށްވެސް ޖަވާބު ނުދޭ!
ދިލްހޭ ކެ މާނުތާ ނެހީ
26 January 2023
ބޯހުރާގައި ސަރފިން ޕޮއިންޓް ނުހިމެނޭނީ ކިހިނެއް ހަދައިގެން؟ އެ ރަށް ވަށާ އެޔޮތީ ރާޅުގަނޑު
ސާފިން ޕޮއިނޓް
26 January 2023
މި ސާފިން ޕޮއިންޓަކާ ހުރެ ބައެއްމީހުނަށް ލޮލު ފިޔަ ނުޖެހިގެން އުޅޭތީ ބުނަން. ވަރުދައްކާފަ ސްކޭޓް ޕާކެއްވެސް ހެދި، އޭރު ހީވަނީ އެހެން ފަދަ ކަމެއްހެން. މިހާރު އެތަން ބޭނުން ކުރަނީ ކުޑަކުދިން ޕަޗަސް ކުޅެން. ކޮބާ ތިތަނެއް އަޅައިގެން ރަށަށް ވި ފައިދާއެއް. ސާފިންވެސް ތަރައްގީކޮށް ޒުވާން ކުދިން ޓްރެއިން ކޮށްދީ އެކަމަށް މަސައްކަތް ކުރާ ހަމަ އެކަކުވެސް ނެތް. ދެން ތިތަން މުލީ މީހުނަށް ބާއްވަނީ ކީއްކުރަންހޭ. ވިޔަފާރި އުސޫލުން ދޭންވީ.
ޖަޑިބު
26 January 2023
ތަނަކު އެއްޗެއް އޮތިއްޔަ ކޮމެންޓް ކުރާތި ތަންދޮރު ނުފިލިޔަސް. ބޯހުރައަކީ ބޮޑު ސިޓީ ހޮޓަލެއް ނޫނީ ވަރުގަދަ ރިސޯޓެއް ހިންގޭފަދަ ސަޅި ލޮކޭޝަންއެއްގަ އޮތް ރަށެއް. މަތިމައްޗަށް ނަގާ، ސްވިމިންގ ޕޫލް ލާ، މުޅި ސަރަހައްދުގެ ވިއު ފެންނަ ވަރުގެ ފެންވަރު ރަނގަޅު ރިސޯޓެއް ހަދާލެވޭނެ ރަށެއް ތީ. ގެސްޓުން ހަމައެކަނި ރައްޖެ އަންނަނީ ގޮނޑުދޮށުގަ އޮށޯވެ ތިބޭކަށް ނޫން. މުލީ ޒުވާނުން ބޯހުރާ ރިސޯޓުގަ ވަޒީފަ އަދާކޮށްފަ ގެއަށް ނިދަން އަންނަތަން މިހާރުވެސް ފެނޭ ކަހަލަ.
ހާރު
26 January 2023
ބޯހުރާ ދުށިންތަ؟ ތިޔަ ރާޅާ އަޅާ ތަން ނޫން ކޮން ބޭނުމެއްގަބާ ފަތުރުވެރިން ދާނީ! އަހަރުގެ ބޮޑު ޖޯކު މުލީ ބަނދަރަށް ފައިބަެިގެން ނޫންގޮތަކަށް އެރެން އެބޮތްތަ؟ އެއީ މުއްޔާ ގުޅިގަ އޮތް ރަށެކޭ!
އލނއމ
26 January 2023
މުއްޔާއި 150 ވަރަކަށް ފޫޓް ކައިރީގައި އޮތްރަށެއް.. އެކަމް އިހްތިސާސް ތެރޭގައި ނުހިމެނޭ.. ދާއިރާ އެމް.ޕީ ވަރަށް ފައިނަގާ ވަޖިދުވޭ އެބަ ތިޔަރަށުގެ ޑީލުން ޕަސެންޓެއް ލިބޭތޯ
ބުލްގަ
26 January 2023
މީދެން ޓޫރިޒަމައް ދޭންޖެހޭ ރަށެއްތަ
ވިޝަން
26 January 2023
ކޮންމެވެސް ބަޔަކު ތިރަށް ސީދާ ސަރފިންގއަށް އަމާޒުކޮށްގެން ހޯދަން އުޅޭހެން ވަރަށް ހީވޭ. އެއީ ތިރަށަކީ ޓޫރިސްޓް ރިސޯޓެއް ހަދާ ކަހަލަ ރަށެއް ނޫން. ރީތި ގޮނޑުދޮށެއް، ފަޅެއް އޮތް ރަށެއް ނޫން ތިރަށަކީ.
އުދުހޭ
26 January 2023
ހިމެނެނީ ރަށުގެ މެދުގައިން ރުށް އެކަނިބާ؟
ފިލާސް
26 January 2023
އެވަރުންވެސް ބޯހުރާ ޓޫރިޒަމްއަށް ދޭންޖެހޭބާ..ރީތި މޫދެއް ބީޗެއް ނެތްތާންގައި އަރާފައިބާނެ ގޮތެއް ހަދަންވެސް ދަތި..ބޯހުރާއަށް އަރާފައިބާނެ ގޮތެއް ހަދާނަމަ ފަރުގެ ބައެއް ނައްތާލަން ޖެހޭނީ..ދެން މީހުން އުޅޭ ރަށަކާއި އެއްބަސްވުމެއް ހަދައި އެވަރުންވެސް ބޯހުރާ ދޭންޖޭހޭބާ..