ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީޢަތުގެ މަޖިލީހުގައި
26 ފެބުރުއަރީ 2023 - 13:31
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފަ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގައި، ފައިސާ ދައުރުކޮށް ފަށަލަކޮށްފައިވާ ކަމަށް ދައުލަތުން ބުނާ ގޮތް.
— Mihaaru (@Mihaarunews) June 11, 2022
ތަފްސީލް: https://t.co/InH9GWOIRS pic.twitter.com/jbesYfsWaB
ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ. އެއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޯޓުން އަދި މައްސަލަ ރަޖިސްޓްރީކުރި ކަމެއް ނޭނގެ އެވެ. ޔާމީންގެ ވަކީލުން ވިދާޅުވަނީ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފުރުސަތު ލިބޭހާ ވަގުތު އޮއްވައި ޔާމީން މިނިވަންވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
28 February 2023
5 އަހަރު ނިމެނީ ތިފައިސާ ހޯދުމުގެ ވައުދާއިގެން ވެރިކަމަށް އައި މީހުންނަށް އެއްމެ ރުފިޔާއެއްވެސް އަދި ނުހޯދޭ ؟
ފޮނިޓައްްޕު ހަސަނު
27 February 2023
ޔާމީނަކީ ވެރިކަމުގެ ބާރާއި ލައްޒަތު ލިބުމުން ކިބުރުވެރިކަމާއި، އަނިޔާވެރިކަން، ހިޔާނާތްތެރިކަން ފަދަ އެއްްމެހައި ނުބައި ކަންތަކެއް ދައްކަމުން ދިޔަ ނުބައި މީހެއް. މިހާރު ފޮޓޯއިން އެފެންނަނީ ސައިޒު ވެފަ ހުރިވަރު. ދެން ރޯނެ ކަމެއް ނެތް.
ބަޑިތަކުރު
27 February 2023
ހުކުމެއް ކުރުމަކުން އަދި ނުފުދޭ. ހުކުމް ހުރިހާ މަރުހަލާއެއްގައި ދަމަހައްޓައި ތަންފީޒް ނުކުރެވިއްޖެނަމަ މިގައުމުގެ ވެރިކަމަށް ދަހިވެތިވާ މީހުންނަށް އިބްރަތަކަށް ތިޔަކަންތައް ވުމުގެ ބަދަލުގައި ވެރިކަމަށް ދަހިވެތިވާ މިންވަރު ހައްތަހާ ވާނީބޮޑު.
ރެފްރީ
27 February 2023
ތިހާފިނޑިވެފަހުންނާކަށްނުވާނެ. ތިޔައީ މީހުންއެބުނާ ގަޓުރައީސްނޫންތޯ ؟
ހީރަސް
26 February 2023
ވައްކަންކޮއްކޮއް ދެވިހިފާފަތޯއެއްޗެއް ހެންވޭރުކޮޅުން މިބޭފުޅާގެ ނަޒާހަތްތެރިކަން ވަރަށް އުސްކޮށްފެނޭ
ކަނބިލި
26 February 2023
ކޮބާ އަދީބު ދެން ތިބި މީހުން. އިންސާފު މިއޮތީ އައުސްމިންތަކެއްގައި. ޕާޓީ މީހުންނާއި ވާގިވެރިން ގާނޫނަށްވުރެ މަތީގައި. މައްސަލައެއް ނޫން ޔާމީނުގެ މައްޗަށްވެސް އަދުލުވެރި ޝަރީއަތަކުން ސާބިތުވާނަމަ ގާނޫނުގައި އޮތް އަދަބުދޭންވީ. އިންތިޚާބު ބޯމަތިވުމުން އެންމެ އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށްލައި މިލިޔަނުން ޖުރިމަނާ ކުރުމުން ސަކަރާތް. އިޚްލާސްތެރިކަމެއް ނެތް. މިގޮތަށް ކަންކުރަނީ ޚުދުމުޚުތާރު ވެރިން،
ކަނައްކަ
28 February 2023
އަދީބު އަތުން ފައިސާ އަތުލެވޭކަށް ނެތްތާ ޝަރީޢަތް ފެށުމުގެ ކުރިން އަދިބު ބަހުގެ ހަމަލާއިން ސަރުކާރު ބިރުގަންނަވާލައިފި ފައިސާ ބޭނުންކުރި މީހުން ސަރުކާރުގެ މަތި މަގާމްތަކުގައާ މަޖްލިސްގައިވެސް ތިބި ކަމަށް ބުނެ. އެހެންވީމަ މިހާރު އެފައިސާ ބެނުންކުރި ކަމަށްވަނީ ހަމައެކަނި ޔާމީނު އަދީބު ޒިޔަތު މޮހޯ މިމީހުންނަކީ ހަމަ ހުދު ކަފަކޮޅެއްފަދަ ބައެއް. އަލީވަހީދުވެސް ބުނިތާ ކޮންމެވެސް މީހަކު ކަޅުދަބަހެއްގައި އެތައްމިލިއަން ރުފިޔާއެއް ގެންދިޔަ ކަމަށް
ނޯމޯޔާމީންޕްލީސް
26 February 2023
ރައްޔިތުންގެ ފައިސާއިން ވައްކަމް ކޮށްގެން ކުއް ސާބިތުވެފަ ހުއްޓަސް ތިޔަ ފޮޓޯ ފެނިފަ ވ ދެރަވޭ. އެނބުރި ވެރިކަމަށް އާދެވިއްޖެއްޔާ ހީވަނީ ގިނަ ބަޔަކަށް ލައްކަ އަހުވަ ދައްކާނެހެންހީވަނީ
ހޯހޯލޯބޯ
26 February 2023
އަދުލުއިންސާފު މިހިރީ ފެންނައް އެތައްމިލޔަން ރުފިޔާއެއް ދައުލަތުން ނިގި އަދީބައް އަދި ދެންތިބި މީހުން އެތިބީ ފައިސާގަންޑު ކާލައިގެން މިނިވންކަމާއެކު ސޯލިހައް ވަރައް ސަލާމް 2023ޔަގީން
ކަމަނަ
26 February 2023
މައްސަލައަކީ ސަރުކާރަށް ހަމައެކަނި ޔާމީނު ފައިސާދައްކަން ޖެހުން އަދީބުމެން އެތަން މިތަނުން ފްލެޓާ ގެދޮރު ކާރުތަ ގަބެފައިވާއިރު އެއެއްޗެހި ހޯދިގޮތެއް ނެތް މިހޯގެ މައްޗަށް ވެސް ޝަރީޢަތް ނުކުރަން ނިންމާ އަދީބު ސަރުކާރާ ޑީލްހެދީމަ ފައިސާ ދައްކަން ނުޖެހިޖަލަށްދާން ނުޖެހި ބޭނުން ތަނަކަށް ދެވޭގޮތަށް ގޭބަންދުގަ.ކީއްވެހޭ ހަމައެކަނި ހުރިހާ ކަމެއްގަ ޔާމީނު ބައްދަނީ އެހެން މީހުންގެ މައްޗަށް ޝަރީޢަތް ނުކުރާގޮތަށް ހަދާފަ.
ލަކުޑިކަޅޭ
26 February 2023
ފައިސާޔާހެދި ހޭބަލިވިޔަސްތީބޮޑުވަރު