28 ފެބުރުއަރީ 2023 - 21:12
ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިއާ އަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 37 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެ އަށް މުދާ އެތެރެކޮށް، އެ މުދަލުގެ އަގު އަދާކުރުމަށް ސައްހަ ނޫން ޓީޓީ ފޮނުވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފޭކް ޓީޓީ ފޮނުވައި އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް އެ އިން މަންފާ ހޯދާ ކަމަށް ފުލުހުން އެ މީހާގެ މައްޗަށް ތުހުމަތު ކުރެ އެވެ.
"އަދި މި މައްސަލައާ ގުޅިގެން، މާލޭގައި އެ މީހާ ދިރިއުޅެމުންދާ ތަން ބަލައި ފާސްކޮށްފައިވެ އެވެ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
އެ މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
01 March 2023
ކޮބާ އެމީހާގެ ތަފްސީލް؟؟ އެއީ ނަމެއް ވެސް ނެތް މީހެއް.!!!
ޗޯރޭ
01 March 2023
މުޅި ދުނިޔެއަށްވެސް މިހިރަ ފޭދެނީ ރާއްޖޭގެ މިކަހަލަ ފޭރޭ މީހުންގެ އުނދަގޫ... ކުރިން ވިއްޔާ އިތުބާރުކުރާނެ ދިވެއްސެއްކަން އެނގިއްޖެޔާ... މިހާރު ދެން ހާދަ ދެރަޔޭ މިހިރަވާ ކަންކަން...
އެމްސް
01 March 2023
ދިވެހިންގެ ނަންމަތީ އެކިއެކި ވަގުވިޔަފާރިކުރާ ބިދޭސީން ހުއްޓުވަން ފުލުހުންގެ އެއްވެސް މުވައްސަސާއަކުން އެއްވެސް ކަމެއް ނުކުރަނީ ކީއްވެބާ؟
ޗެރފތ5ރ
01 March 2023
1.ބައިލިބޭތީ. 2.ބޮޑުންގެ ބައިވެރިވުން އޮތުން
އޮނަރަބްލް އަފީފު ދީދީ
28 February 2023
ވައްކަމާއި މަކަރާއިހީލަތާއި އޮޅުވާލުން ނެތްހިސާބެއްނެތް. ވެންޓިލޭޓަރ ގަތުމުގައިވެސްއޮތީ ސާފުނުވާ ވާނުވާނޭގޭ "ސިއްރުވެރި" ކަންތައްތަކެއް. # އަހަރުމެންގެ ބޭންކް ދިވެހިންގެ ބޭންކްގައި ފައިސާރައްކާކުރުމެކޭ މަގުމަތީގައި ޕާކްކޮށްފައިހުންނަ ސައިކަލެއްގެވަށިގަނޑަށް ފައިސާލުމެކޭ ތަފާތެއްނެތް. # ދައުލަތުން އެކަމަކަށް އެންމެބޮޑުހޭދައެއްކުރާ އަދި ޤައުމުގެ ޤުދުރަތީ ވަސީލަތްވިއްކައިގެން ހޯދާއާމްދަނީން ދޭންޖެހޭ ޓެކްސް ކޮޅުންވެސް ކުރާބަޔަކު ކުރަނީ ވައްކަން.
އަހްމަދުަ
28 February 2023
އޭނާގެ ނަން ހާމަ ނުކުރާތި. ގައުމީ ސަލާމަތަށް ނުރައްކާވާނެ.
ހަސަނަ
28 February 2023
ތީ ވެސް ބީއެމްއެލްގެ މައްސަލައެއް.
ބަތޭލި
28 February 2023
ބީއެމްއެލްގައި އުޅޭ އެކައުންޓްތަކުގެ މަޢުލޫމާތު ރައްޓެހިންނާ ހިއްސާކުރާ މީހުން. އެނގޭތީ މިބުނީ. އޭގެ އެކަކު މަގޭ އެކައުންޓްގެ މައުލޫމާތު އޭނަގެ އާއިލާޔާ ހިއްސާކުރި.