ތައިލެންޑުގައި ދިވެހިން ހައްޔަރު ކުރި ޑޯން މުއެންގް އެއާޕޯޓް---
19 މާޗް 2023 - 16:30
މަނާ ދިރޭތަކެތި ތައިލެންޑުން ރާއްޖެ އަށް ގެންނަން އުޅުން ދިވެހިންތަކެއް ތައިލެންޑުގައި ހައްޔަރު ކުރުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ތައިލެންޑުގެ އެއާޕޯޓުން ރާއްޖެ ފުރަން އުޅެނިކޮށް ކަސްޓަމްސް އިން ހުއްޓުވައި ހައްޔަރު ކޮށްފައި ވަނީ ޒުވާން ތިން ދިވެއްސެކެވެ.
އެ މީހުން ހިފެހެއްޓީ ވިހަގަދަ ފައިދިގު މަކުނުތަކަކާއި އަސްދޫނި ބިސް އަދި ބައެއް އެހެން ދިރޭތަކެތި ތައިލެންޑުން ބޭރު ކުރަން އުޅުނު މައްސަލައެއްގަ އެވެ.
އެ ތަކެއްޗަކީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ތައިލެންޑުން ބޭރު ކުރުން މަނާ ތަކެއްޗެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެ ތިން މީހުން ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މީހުންނަށް އަނބުރާ ރާއްޖެ އާދެވޭނީ އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމުމުންނެވެ.
ތައިލެންޑުގެ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ މީހުން ކޯޓަށް ހާޒިރުކޮށް ގޮތެއް ނިންމާނެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބު
20 March 2023
މި އެއްޗެހި ރާއްޖެ ގެނެވޭތަ؟
ނަރަކަ ފަރީދާ
20 March 2023
ފައިދިގު މަކުނު ގެންނަން ބޭނުންވާމީހާ އެކަންކުރާނެ މިފަހަރު އަތުލާގަނެވުނީ އެއީ މައްސަލައެއްނޫން ހަރުފަވެސް އެތެރެކުރަނީދޯ އެކަން ބަލަން ފާރަވެރިވާ ފަރާއްތަކައް ދޭންވާ ވަރުދީގެން ނެރެނީ ސަރުކާރު ތަނަކުން ލިބެންވާ ފައިސާއެއް ލިބޭނީ ކޮންމެވެސް ބާރުގަދަ މީހަކާ ގުޅިގެން ނެރޭ އަދަދެއްގެ ދިހަ ޕަސެންޓުދީގެން ބޮޑު ސޯބު އެނބުރޭގޮތައް ކުދި ސޯބުތައް އެނބުރޭނީ
ހަސަނު
20 March 2023
ތައިލޭންޑުގެ ގާނޫނު ތަކާ ފަނޑިޔާރުން މާ މޮޅު ވާނެ.. އެ މީހުން ދޫކުރާނެހެނެއް ހިއެއްނުވޭ.. އެމީހުންނަށް އެންމެ އެކަށޭނަ ތަނަކީ ތައިލޭންޑު ޖަލު..
އަންދަލޫސިޔާ
20 March 2023
އިންތިޚާބާ ދިމާކޮށް މީހުން މަރަން ޖަގަހަތަކަށާ ގޭގެއަށް ދޫކުރަން ވިހަގަދަ ފައިދިގު މަކުނު އެތެރެކުރަން އުޅުނު މީހުން ގެނައުމަށް ސަރުކާރުން އެއްވެސް އެއްބާރުލުމެއް ދީގެން ނުވާނެ. ތިޔަ ބަޔަކު ތައިލެންޑް ޖަލުގައި ބައިތިއްބާ. އޭރުން ހުންނާނީ ރާކަނި މަސް ކެވިފަ!
އަހުމަދުބިންސުލައިމާން
20 March 2023
ރާއްޖެ ކޯޓަށް ފިލައިގެން މީހުންގެ ލާރި ހިފައިގެން ގޮސް ބެންކޮކުގަ ވަގު ވިޔަފާރި ކުރަން އުޅޭ ދިވެހިން ވަރަށް ގިނަ.
ވޮލް
20 March 2023
ރާއްޖެ ގެންނާނެ ކަމެއް ނެތ. ތި 3 މީހުން ތިތާ ޖަލަށް ލާފަ ނެރޭއިރު ރަގަޅު ފިލާވަލެއް ދަސްވެފަ ހުންނާނީ.
20000
19 March 2023
އުދުހިފަ އާދޭ ރާއްޖެއަށް، ބޭނުން ގޮތަކަށް އުޅެފައި ބޭނުން ވިޔަފާރިއެއްކޮށްފައި ޑޮލަރު ބޮނޑި ހިފައިގެން އެނބުރި ގައުމަށް ދާންވި
ކަނި
19 March 2023
ދިވެހިންނަށް ހީވަނީ ކޮންމެތަނަކީ ދިވެހިރާއްޖެއޭ.
ބަރުބާދު
19 March 2023
ކޮންތަނެއްކަފާލާފަ ދޫކޮއްލީއޭ، އެކަހަލަކަންތައްވެސް ކުރެވޭތަ؟
ވަހީދުބޭބެ
19 March 2023
"ކަފާލާ" މިބަހުގެ ގާނޫނީ މާނައަކީ ކުށެއްގައި ތުހުމަތު ކުރެވި ބަންދު ކުރެވޭ މީހާ ކޯޓަށް ހާޒިރުވާނެ ކަމަށް އެއްބަސްވެ، ކޯޓުގައި މުދާ (ފައިސާ) ބެހެއްޓީމާ ބަންދުން ދޫކޮށްލުން. ކޯޓަށް ހާޒިރު ނުވެ ފިލައިފި ނަމަ އެމުދާ (ފައިސާ) ދައުލަތަށް ނަގާނެ. ޝަރީއަތް ނިމެންދެން ހާޒިރު ވެއްޖެ ނަމަ އެމުދަލެއް (ފައިސާ) އަނބުރާ އެމީހަކަށް ދޭނެ. އިގްތިސާދީ މާނައަކީ ލިބެންޖެހޭ ފަރާތަށް ލިބެންދެން ގެރެންޓީ އެއްގެ ގޮތުގައި މުދާ ބެހެއްޓުން.
ފޮނިފޮނިޓައްޕު ކުމާރު
19 March 2023
ދިވެހިން ބައިވެރިނުވާ ޖަރީމާއެއް ދުނިޔޭގެ އެއްވެސްކަންކޮޅެއްގާނުހިނގާނެ.