ހުޅުމާލެ ޕޮލިސް ސްޓޭޝަން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
21 މެއި 2023 - 21:53
ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ އޮފް-ޑިއުޓީގައި ހުރި ފުލުހެއްގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ޔަގީންކޮށްދެއްވައިފަ އެވެ. އެ މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދިނަސް، މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުންނަށް އަނިޔާކުރި މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލުބެ
22 May 2023
ގާނޫނުތަކުން ޕޮލިހުންގެ އަތްފައި ބަދެގެން ގެނެވޭނެ އަމާންކަމެއް އޮންނާނެތޯ؟
ޖަލީލީ
22 May 2023
ހައްލަކީ އުމަރު. މިގައުމުގެ ޑުޓާޓޯ
އިތުބާރު
22 May 2023
ކުލަ ހެދުމުގަ ހުރި ފުލުސް މީހާ' އަނިޔާ ވުމުގެ ކުރިން ހުރީ ވެހިކަލް ގަ އިސްޓިކާ ޖަހަން ތައް؟
ޢަފޫރު
22 May 2023
މިއީ އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީގެ ލީޑަރު ވަރަށް އުފާކުރާނެކަމެއް. ޢެބޭޅާ ވަރަށް ކުރާހިތްވާކަމެއް ބަޔަކު ނިކުމެ އެކުޜީ، އެބޭޅާގެ ޕާޓީ ވުޖޫދުވި ދުވަހު. ވެދާނެ ޕާޓީ ކުދިންކޮޅު އެކަން ސެލެބްރޭޓް ކޮށްލީކަމަށްވެސް
ނަޒީފު
22 May 2023
ގޭންގު މި ބަސް ބޭނުން ކުރަންވެސް ސީޕީ ހަމީދު ބިރުގަނޭ. ގޭންގު ނުކިޔަންވެގެން އެބޭފުޅާ މިހާރު ބޭނުން ކުރާ ބަހަކީ ކްރައިމް ގްރޫޕްސް. ވަރަށް ދެރަވަރު.
ޔުނީފޯރމް
22 May 2023
ޔުނީފޯރމް ނުލާ ހުރި ވަގުތެއް ވީމަ ފުލުހެއްކަން ނޭގުނީ .. ސޮރީ . ކޮންމެވެސް ނުބައި ގޯޅިއަކުން ހިނގާ ފުލަހަކަށް ވުން ގާތީ .. ހެހެހެހެ
އަހަންމާދީ
22 May 2023
ފުލުހުންގެ އިސްވެރިންނާ ގޭންގުތަކާ އޮންނަ ގުޅުން ސާފުވާން ޖެހޭ. މީގެ ހުރިހާ ނިކަމެތި ކަމެއް މިލިބެނީ އިޚްލާސްތެރި ކަމާއި އެކު މަސައްކަތް ކުރާ އާދައިގެ ފުލުސް ކުއްޖާއަށް.
ޚަދީޖާ އަޙްމަދު
22 May 2023
ޙަމީދޫ. ގޭންގުތައް މައިތިރި ކުރަން ހެދި ޓާސްކް ފޯސް ކޮބާތަ. ނުވަންޏާ އިސްތިއުފާ ދީފަ ގެއަށް ދޭބަލަ.
މުޖުތާޒު
22 May 2023
ޢެބުނާހެން ނުވަންޏާ ފުލުސްއޮފީސް ދޫކޮއް ގއ. ޥިލިގިއްޔަށް ގޮސްއޮވެބަލަ
އަސްލުވީގޮތް
22 May 2023
ތިއޮތީ ވާހަކަ މުޅިން އޮޅުވާލާފަ! ފުރަތަމަ ޖެހީ ފުލުން މީހާ . އެވެސް އޮފްޑިއުޑީގަ ހުރެ !
ފުލުސް ވަގު
22 May 2023
ފުލުހުން މިނަށްވުރެ ރިހަ ވީމަ ވާނީ މިހެން