ޚަބަރު / ރިޔާސީ އިންތިޚާބު 2023

ގާސިމް ނޫނީ ގައުމުގެ މައްސަލަތަކަށް ހައްލު ހޯދޭނެ ކެންޑިޑޭޓަކު ރޭހުގައި ނެތް: އަމީން

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް އަންނަނީ ހިންގަމުން. -- ފޮޓޯ | މިހާރު

ގައުމަށް ދިމާވި އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި އުޅުއްވައި ކަންކަން ތަޖުރިބާ ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން، އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯއްދެވޭނެ ކެންޑިޑޭޓަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރޭހުން ފެންނަން ނެތް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ގާސިމްގެ އިތުރުން ހަތަރު ޕާޓީއަކުން އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ވަނީ އިއުލާންކޮށްފަ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އަލަށް އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެކެވެ.

އެ ޕާޓީ ކޯލިޝަނަކާ ވަކިން ވާދަކުރާ ނަމަ، ރިޔާސީ ކެންޑިޑޭޓަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން: އޭނާ ވިދާޅުވީ މައްސަލަތަކުގެ ތެރޭގައި އުޅުއްވައި ހައްލު ހޯދަން އެނގިވަޑައިގަންނަވާ ބޭފުޅަކީ ގާސިމްކަމަށް. --ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ވަރުގަދަކުރަން ޓީމުތަކާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އަމީން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ "ހަގީގީ ކެންޑިޑޭޓަކީ ގާސިމް" ކަމަށެވެ. އޭނާ އަށް ވުރެން ގާބިލް، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެހެން އެއްވެސް ކެންޑިޑޭޓަކު ރިޔާސީ ރޭހުގައި ނެތް ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ގާސިމް ނުކުމެ ހުންނެވީ ގައުމަށް ހައްލުތަކެއް ހޯދައި ދެއްވުމަށެވެ.

"މި ތިއްބެވި ކެންޑިޑޭޓުންނާ އަޅާބަލާއިރު ބައްލަވާށޭ، ހަގީގީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލީޑަރޭ. ސޮލިއުޝަން އަކީ އެއީ. ވަކިވަކިން ނަންނަން ކިޔާނެ ކަމެއް ނެތް، ބައްލަވާ ވާދަކުރައްވަން ތިއްބެވި އެއްވެސް ބޭފުޅެއްގެ އަމިއްލަ ތަޖުރިބާ އެބަހުރިތޯ މިއިން އެއްވެސް ކަމެއްގައި،" އަމީން ވިދާޅުވި އެވެ.

ޓޫރިޒަމާއި މަސްވެރިކަމަށް ބެލިޔަސް ގާސިމް ހުންނެވީ ތަޖުރިބާ ލިބިވަޑައިގެން ކަމަށާއި މައްސަލަތައް ހައްލުކުރަން ޖެހޭ ގޮތް އެނގިވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ. އެ ކޮލިޓީގައި މައްސަލަތަކުގެ ހައްލަށް ވާސިލް ވެވޭނެ އެހެން ބޭފުޅަކު ނެތް ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވެގެން އުޅޭ ސޮލިއުޝަނަކީ އެ މަނިކުފާނަށް ވީތީ މި ދަންނަވަނީ ތި ހުރިހާ ބޭފުޅުން ތި ތިއްބެވީ މި ފަހަރު އޮތް އެންމެ ފުރިހަމަ ޓްރެކްގައޭ،" ކެމްޕޭން ޓީމުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވި އެވެ.

އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަން އިއުލާންކޮށްފައި ވިޔަސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކަވަ އެވެ. އެކަމަކު ކެމްޕޭން ބާރަށް ހިންގައި ފުޅާކުރަން ޓީމުތަކަށް އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އަދި ޖުމްހޫރީ ޕާޓީ އަށް އަލަށް ސޮއިކުރާ މީހުންގެ ފޯމުތަކާ ވެސް ހަވާލުވެވަޑައިގަންނަވަނީ ސީދާ ގާސިމެވެ.

32 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުޅޭނީ

24 May 2023

އަމިއްލަ ވިޔަފާރީގަ ދެން ހައްލުނުވެ އޮތް ކަންކަމަށް އެންމެ ފުރަތަމަވެސް ހައްލު ހޯދާނީ. ކޯލިޝަންގައި ހުރެގެން ނަގައިގެން އެއުޅެނީވެސް އަމިއްލަ ވިޔަފާރިތަކަށް ފައިދާކުރެވޭނެ ދާއިރާތައް. ގައުމު މިއޮތް ހާލަތަށް ދަރުވާލިއިރު ކޮބާބާ ތިޔަ ބުނާ މޮޅު ތަޖުރިބާތަކުގެ ބޭނުންކޮށްފައި.

The name is already taken The name is available. Register?

ނާޒިމްހުސޭން

23 May 2023

ގާސިމް ކުރަންވީ ވިޔަފާރި. އެ ނޫން ކަމަކާ އުޅުއްވާ ނެ ކަމެއްނެތް

The name is already taken The name is available. Register?

ކުޑަކަތީބު

23 May 2023

ބޭފުޅާ ބީޖޭޕީ ގެ ހުރިނަމަ ބުނާނެ މޯދީ ނޫނީ ގައުމުގެ މައްސަލަތަކަށް ހައްލު ހޯދޭނެ ކެންޑިޑޭޓަކު ރޭހުގައި ނެތޭ!

The name is already taken The name is available. Register?

ޢަމީނުސޯ

23 May 2023

ގާސިމު ނޫނީ ވެރިކަން ދުވަހަކުވެސް ނުލިބޭނެ މީހަކު ނެތް

The name is already taken The name is available. Register?

ކޮންސްޓޭ

23 May 2023

ހަގީގަތަށް ބުނަންޏާ ތިތާނެތް ގައުމު ހިންގޭނެ ފެންވަރުގެ ހަމަ އެކަކުވެސް. ކިޔަވައިގެން ހުރި ހަމަ އެކަކުވެސް ނެތީއޭ

The name is already taken The name is available. Register?

އެމީނާ

23 May 2023

10000 ވަރަކަށް ވޯޓު ލިބުނަސް ނަސީބު..

The name is already taken The name is available. Register?

ފފފފފ

23 May 2023

މަށަށް ކަންބޮޑުވަނީ، ޔޫއެންއަށްގޮސް ދިވެހިބަހުންދޭ ސްޕީޗްގެ ތެރެއިން "މިބަލައިގެން ނުކިޔޭނެ" ބުނެ ވަކަރުގޭ ބަހުރުވައިން ފަށައިގެންފާނެތީ.

The name is already taken The name is available. Register?

ލ‫ައުރާޖީ

23 May 2023

ވ‫ެރިކަމަށް ކުފޫ ހަމަނުވާ ކަމަށް އެންމެންވެސް ބުނަނީ ދެން ކޮން ވެރިކަމެއއް ކުރަން ތިޔަ އުޅެނީ

The name is already taken The name is available. Register?

އެޑްމުންޑޯ

23 May 2023

ގާސިމް ނޫނީ ތިގޮތަށް މޮޔަހައްދާލެވޭނެ ކެންޑިޑޭޓަކުވެސް ނެތް ،

The name is already taken The name is available. Register?

އެޗް އެމް.

23 May 2023

ގާސިމަކީ ވިޔަފާރިވެރިއެއް، ވިޔަފާރިވެރިން ޖެހޭނީ ބޮޑު އަގުގައި ވޯޓު ގަންނަން. ހިލޭ ދެވޭނީ ގަންނާނެ ފެންވަރުނެތް މީހަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454