ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ ހަރުކޮށްފައިވާ ޓްރެފިކް ލައިޓް: ދެ ސަރަހައްދެއްގައި ޓްރެފިކް ލައިޓް ބޭނުންކުރަން ފަށައިފި--ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 މެއި 2023 - 18:03
ހުޅުމާލޭގައި ޓްރެފިކް އެކްސިޑެންޓުތައް އާންމުވަމުން ދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބެހެއްޓި މަގުހުރަސްކުރާ ޓްރެފިކް ލައިޓްތައް އިފްތިތާހުކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
އާބަންކޯގެ މައި އޮފީސް ކުރިމަތީ މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޓްރެފިކް ލައިޓް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ހަފްލާގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވިދާޅުވީ މާލެ-ހުޅުމާލެ ބްރިޖަކުން ގުޅުވާލި ފަހުން ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުވެ މަގުމަތީ ހިނގާ ނުރައްކާތެރި ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ ހަރުކޮށްފައިވާ ޓްރެފިކް ލައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގައިސް ވިދާޅުވީ ޓްރެފިކް ލައިޓްގެ ސަބަބުން މަގުތަކަށް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމަށެވެ.
"މުޅި ދިވެހިރާއްޖެއަށް މުޅިން އަލަށް މަގު ހުރަސް ބައްތި މި ތައާރަފްކުރަނީ. މިއީ ކުޑަ ކަމެއް ކަމުގައި ވީ ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް އިތުރު ރައްކާތެރި ކަމެއް ލިބިގެން ދާނެ،" ގައިސް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީ ހަރުކޮށްފައިވާ ޓްރެފިކް ލައިޓު ކައިރިން ބަޔަކު މަގު ހުރަސްކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަދު ބޭނުންކުރި ދެ ޓްރެފިކް ލައިޓް ހުރީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގަ އާއި ހުޅުމާލެ 2 ގެ މައި ބަސް ސްޓޮޕް ކައިރީގަ އެވެ.
ހުޅުމާލޭގެ އަށް ސަރަހައްދެއްގައި ޓްރެފިކް ލައިޓް ހަރުކުރަން އާބަންކޯ އިން ވަނީ ނިންމައިފަ އެވެ.
ޓްރެފިކް ލައިޓް އިފްތިތާހުކުރި ވަގުތު ވެސް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އެކްސިޑެންޓެއް ހިނގި ދެ ސީންއެއް ހަދާފައި އޮތެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
27 May 2023
ކަޅިހުރަސްވެގެންދާ ޕޮލިހުންގެ އަތްނުފޯރާ ޒުވާނާއައް ކޮން މަގުހުރަސް ބައްތިއެއް. ތިޔައްތޯއްޗެ ދެންގޮސްއަރާނީ!!!!!.
އާކުކުޅު
27 May 2023
ތިއެއްޗެއްހުރީ ހެލިލަހެލިލާ އިއްޔެ ތި އާއްމު ކުރި ވިޑިއޯގަ. ވައިގަދަ ދުވަހެއްގަ ތި ވެއްޓިފަ އޮއްވާ ދެން ފެންނާނީ.
ބޮޑުމީހާ
26 May 2023
ޓްރެފިކް ލައިޓެއް ގައުމެއްގެ ނާއިބު ރައީސް ގޮސްގެން އިފްތިތާހުކުރީމާ، ސަރުކާރުގެ ކެޕޭސިޓީ ވިސްނުން ހުރި މިންވަރު ފެނިހާމަވޭ. މިއަށްވުރެ ސިޔާސީ މީހުން ޒިންމާދާރުވާންޖެހޭ، މީދެން 1980 ގެ އަހަރުތަކެއް ނޫން، ދިވެހިންނަށް ވާނުވާ އެގެނޭ.
ޕޮކެޓް
27 May 2023
މި ޤައުމުގެ ނާއިބު ރައީސް ފެނުނިއްޔާ އެނގޭނެތަ؟ އޭނާގެ ނަމަކީ ގައިސްތަ؟ އެއްޗެއް ކިޔާއިރު އަދި ކިޔާލާފަ ރަނގަޅަށް ދޭހަ ވޭތޯ ނޫނީ ވީތޯ ވިސްނާލުން މުހިންމު.
ޕޮކެޓް 2.0
27 May 2023
"އާބަންކޯގެ މައި އޮފީސް ކުރިމަތީ މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޓްރެފިކް ލައިޓް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ." ކާކުބާ ރަންގަޅައް ނުކިޔަނީ؟
ކިމް
27 May 2023
ގައިސް ކައިރީގަ ދެން އެހުރީ ނައިބުރައީސް
ކައްނާޑި
27 May 2023
ޕޮކެޓް މެން އެބަޖެހޭ ޕޮކެޓް ތެރޭ ތިބެ ރަގަޅަށް ދިވެހި ކިޔަން ދަސް ކުރަން..
ޑޮކްޓާރ. ބަނާނާ
26 May 2023
މާލޭ ތޮށްޖެއްސުމަށް ފަހު ހުޅުމާލޭގައި އެތައްހާސް ފުލެޓެއް އަޅާ މީހުން ޖަމާކުރަމުންދާތާ ކިތައް އަހަރު ވެއްޖެތޯ؟ ޙުޅުމާލެ ގައި ޓްރެފިކް ފްލޯ މެނޭޖްނުކުރެވި މަގުމަތި އިންތިހާޔަށް ނުރައްކާވެ ދުވާލެއްގެ މައްޗަށް އެތައް އެކުސިޑެންޓެއް ހިގާ މީހުނަށް އަނިޔާވަމުން ދާ އިރު މިއަދު ކަލޭމެން ތިތާ ދެބައްތި ހަރުކޮށްފަ ރަސްމިއްޔާތެއް ތިޔަބޭއްވީ!!!. ކީއްވެތޯ މީހުން ޖަމާ ކުރުމުގެ ކުރިން ހުޅުމާލޭގައި ތިޔަ ބައްތިތައް ހަރުނުކުރެވުނީ؟؟؟؟ ޥަރަށް ސަލާމް!
ކޮކަޑިމޭން
26 May 2023
ތިކަމައްވެސް ރަސްމިއްޔާތެއް ..
ތަޅާ މޫސަ
26 May 2023
ތިހަކަލަ ބޮޑެތި ހެޑްލައިއެޅުން ނޫން ކަމެއް ނުކުރެވޭ .ފުރަތަމަ ކަމަކަށް ތިޔަ ލިއިޓް ތައް ހަރުކުރުމަށް ދިޔަ ހަރަދު ރައިޔަތުން ނަށް ބުނެދީފީޔާ ވ.ރަގަޅު. މަށަށް ޔަގީންވާ ކަމަކީ ތިޔަ ލައިޓްތައް ހުކުރުދުވަހު ހަވީރު ކޮޅު ދުވަސްކޮޅަކަށް ޖައްސާފައި ތިކަންޖެހޭނީ ހުއްޓާލަން. ދިވެހިންނަށް ނަކަށް ކެތެއްނުކުރެވޭނެ ތިޔަލައިޓަށް މަޑުކޮށްގެންތިބޭކަށް . އެހެންވީމާ ތީތެ ވިއްސަކަށް ފޫޓު ދުރުން ތިޔަ މަގު ހުރަސްކޮށްލެވެންޔާ އެމީހުންތިބޭނެތެ ތިޔަތަާ ހުއްޓިގެން.
ރެޓޭ
26 May 2023
މަގޭ ގޭގެ ދޮރުއޮޅި ރާނާ ނިމިއްޖެ! ނައިބު ފޮނުވާލަދީބަލަ އެ ތަން ހުޅުވަން!
ކުރިންވެސް
26 May 2023
މާލޭގައި ކުރިން ޓްރެފިކް ލައިޓު ހަރުކޮށްފަ ދުވަސްކޮޅަކު ބޭނުން ކުރި. އޭރުގަ ލައިޓުކައިރިންވެސް މީހުން ހިގާއުޅުނު .ހަމަ ބުނެލީ.
ހުވޭ
26 May 2023
އޭގެފަހުން ދުނިޔެއަށް އައިމީހުންނަށް އަލަށްތާ ފެންނާނީ.
ސޯސަންމަގު
27 May 2023
ދިވެހިރާއްޖެއަށް މުޅިން އަލަށް އެ ތައާރަފްކުރީއޭ ބުނީމަ އެބުނެވުނީ ދޮގެއް ނޫނީ އެއީ އޮޅުވާލުމެއް. މިގައުމުގެ ލައްކައަކަށްވުރެ ގިނަ ބަޔަކަށް ފެނިފަ އޮންނާނީ މާލޭގަ ޓްރެފިކް ލައިޓް ހަރުކޮށްފަ ކުރިން ހުރިތަން.
ހަވަނަމާ
26 May 2023
ދެން ފެންނަަާނީ ނިއްވާފައި ހުއްޓާ. ބުނާނެ އެނެތަސް މާ ރަނގަޅޭ. ކުރެވުނީ ބޭކާރު ޚަރަދެކޭ. ސާރވޭނުކޮށް އެކަން ކުރެވުނީތީ މިހެންވީޔޭ
ތެދެއްތީ
27 May 2023
އެއްވެސް ކަމެއްވެގެން ނޫން. ކެމްޕެއިންނަށް ބަޖެޓުން ލާރިދެވޭނެ ގޮތް ގޮތް ހޯދަން. ޑަބަލްއަގުޖަހާފަ ބިލްހެދީމާވީ.
އަހުމިއްޓޭ
26 May 2023
މުޅިން އަލަށޭ؟ ޓްރެފިކްލައިޓެކޭތީ ހަމަ.