ހުޅުމާލޭގެ ވަން އެވެނިއުގައި ހުޅުވާފައިވާ އެމްއައިބީގެ ބްރާންޗު. -- ފޮޓޯ: އެމްއައިބީ
23 ޖޫން 2023 - 21:19
ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި އަލަށް އެމްއައިބީން ތައާރަފްކޮށްފި އެވެ.
ދިރިއުޅޭ ރަށުގައި ބޭންކެއް ނުހުންނަ ނަމަ އަކއުންޓެއް ހުޅުވުމަކީ ބޮޑު ތަކުލީފެކެވެ. ބޭންކެއް ހުންނަ ނަމަ ވެސް އެކައުންޓެއް ހުޅުވަން އެތައް އިރެއް ހޭދަވެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނި ގޮތުގައި އެ ދަތިކަމަށް ހައްލު ހޯދަން އެ ބޭންކުން މިރޭ ފަށާ ހިދުމަތަކީ އިންގިލާބީ ބަދަލަކަށް ވާނެ އެވެ. މިހާރު އެމްއައިބީ އެކައުންޓް ހުޅުވަން ބޭންކަށް ދާކަށް ނުޖެހޭނެ އެވެ. ކޮންމެތާކު ހުރެގެން ވެސް މިހާރު އެމްއައިބީ އެކައުންޓް ހުޅުވޭނެ އެވެ.
އެ ބޭންކުން ބުނި ގޮތުގައި އެމްއައިބީ އެޕްލައިނައު ޕޯޓަލް މެދުވެރިކޮށް އެކައުންޓް ހުޅުވަން ހުށަހެޅޭނެ އެވެ. ސަރުކާރުގެ އެކި ހިދުމަތް ހޯދަން ބޭނުންކުރާ އީފާސް މެދުވެރިކޮށް އެމްއައިބީ އެޕްލައިނައު ޕޯޓަލް އިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށް ވެސް އެދެވޭނެ އެވެ.
އެމްއައިބީން ބުނީ އެކައުންޓް ހުޅުވުމުން އެމްއައިބީ ފައިސާނެޓް ނުވަތަ މޮބައިލް އެޕް- ފައިސާ މޮބައިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. މި ފަސޭހަތަކާ އެކު ރާއްޖޭގައި އެންމެ ފަސޭހައިން އިތުބާރާ އެކު ހިދުމަތް ދޭ ބޭންކަށް އެ ބޭންކް ވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ވަނީ ދާދިފަހުން ހުޅުމާލެ2 ގައި ފުރަތަމަ ފަހަރަށް އޭޓީއެމްއެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސޭން
24 June 2023
ޢެމްއައިބީގެ އޮންލައިން ބޭންކިންގ އާއި އޭޓީއެމް އަދި އިންޓަރނޭޝަނަލް މަނީ ޓްރާންފަރ އާއި ކްރެޑީޓް ޑެބިޓް ކާރޑް އާއި ލެންޑިންގ ގެ ޚިދުމަތްވެސް ވީހާވެސް ބޮޑަށް އިތުރުކޮށް ފުޅާކޮށް ކުދިވިޔަފާރި ތަކަށާއި ޕާރސަނަލް ބޭންކިންގ އަށް ދޮރުތައް ފުޅާކޮށް ހުޅުވާލަ ދެއްވާ. ފްރެންޑްލީ ކަސްޓަމަރ ސަރވިސް އެއް ބޭނުންވާނެ. ތިޔައީ ކޮންމެ ދިވެހި ރައްޔިތަކު ވެސް މިއަދު ކުރަމުންދާ އުއްމީދަކީ.. ޝުކުރިއްޔާ އެމްއައިބީ!
ކަރަނބޫ
24 June 2023
ޝުކުރިއއޔާ އެމް.އައި.ބީ. ދިރާގުން ސިމް ވިއްކި ކަހަލަ ކަމެއް ނިމިގެން ތިޔަދިޔައީ. ވަރަށްބޮޑު ލުޔެއް. އެމް .އައި.ބީ ވަރަށް ހިތްގައިމު މިހާރު.
ހިރި
23 June 2023
އޮންލައިންކޮން ހުރިހާކަމެއް ފަށާފަ ބީއެމްއެލް ހަދާހެން ފައިސާ ވީނުވީއެއް ނޭންގޭހެން ގެއްލުވާނުލާތި. މީހުން އުމުރު ދުވަހު އެއްކުރާ ފައިސާ އެ ކާލަނީ ސިކުންތުކޮޅެއްގަ. ވައްކަން ކުރާމީހުންނަށް ވައްކަން ނުކުރެވޭނެހާ ސެކުރިޓީ ވަރުގަދަކޮށް ތިކަންކުރާނެކަމަށް އުންމީދުކުރަން.
ވަަން
23 June 2023
ބމލ އާ ވާދަކުރާނެ ބޭންކެއް އެބަބޭނުންވޭ ވަރަށް
ވަރަށް ރަނގަޅު
23 June 2023
ބީއެމްއެލް އަކީ ނަމުން ދިވެހިންގެ ބޭންކް ކަމުން ދިވެހިންގެ ފައިސާ، އެމްއައިބީ އަކީ މިހާރު ދިވެހިންގެ އެންމެ ފެވަރިޓް ބޭންކް. އެމްއައިބީ ބާރަށް ކުރިއަށް. ސާބަހޭ.