ޔާމީން: އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި - ފޮޓޯ: މިހާރު
01 އޮކްޓޯބަރ 2023 - 13:47
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގެ އަށް ބަދަލުކުރަން ނިންމައި، އެކަމާ ގުޅޭ މަސައްކަތްތައް ކަމާ ބެހޭ އިދާރާތަކުން ފަށައިފި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅުވަމުންދާ ގޮތުގައި ޔާމީނު ގެ އަށް ބަދަލުކުރަން ނިންމާފައިވަނީ މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު އެވެ.
އެ ޕާޓީގެ ބައެއް އޮފިޝަލުން އެކަން "މިހާރު" އަށް ޔަގީން ވެސް ކޮށްދެއްވި އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ކަރެކްޝަން ސާވިސް އިން އަދި އެއްޗެއް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި ސިއްހީ ސަބަބުތަކަށްޓަކައި ގެ އަށް ބަދަލު ކޮށްދިނުމަށް އެ މަނިކުފާނު ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެދިވަޑައިގެންފަ އެވެ.
ޔާމީން ގެ އަށް ބަދަލުކުރަން ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިްޒަށް ކާމިިޔާބު ކުރެއްވުމާ އެކު އެވެ.
އިންތިހާބުގެ ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މީޑިއާއާ ބައްދަލު ކުރައްވައި މުއިއްޒު ރޭ ވަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވއިފަ އެވެ.
"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެ މަނިކުފާނު ގެ އަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު ގޮތް."
މުއިއްޒު ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ކަމަކީ ވެސް ޔާމީން ގެއަށް ބަދަލުކުރުމެވެ. އަދި ވެރިކަމާ ހަވާލުވެ، އެ މަނިކުފާނު މިނިވަންކުރުމެވެ.
ޔާމީންގެ ޖަލު ހުކުމްގެ ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ވެސް އެ ހުކުމް އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯ
01 October 2023
ބޮސް ގެއަށް ބަދަލުކުރުމަކީ މުއިއްޒަށް ހެދޭނެ އެންމެ ބޮޑު ގޯސް. ޔާމީނަކީ ކުށްނުކުރާ މީހަކަށްނުވާނެ. ތިޔަ ފިލުމުގެ ޑައިލޯގު ލިޔަން މީހަކު ހޯދާނަން.
ފާތުމަ1
01 October 2023
ޔާމީނު ގެއަށް ބަދަލުކުރަން ޖެހޭ ސަބަބެއް ނޭގުނު.
ސޭކުސްތާން
01 October 2023
ޖަލުގަ ހުރި މީހެއްގެ ފޮޓޯ ވިއްކައިގެން އިންތިހާބެއް ނަގައިފި.
ޙިނި
01 October 2023
ދެން ސެންބެ ނައިބު ރައީސް ކަމުން އިސްތިއުފާ ދީފަ، ދެން ޔާމިން ނައިބުރައީސް އަކައް ހަދާ، އެޔައްފަހު މުއިޒު އިސްތިއުފާ ނިނީމަ އަލުން ޔާމިން ރައީސް އަކައް ވާނެ،
މުއްތު ކުމާރު
01 October 2023
އަތް ފޯރާ ފަށަށް ޗޯރުން ގެ އަށް!
ކުރާތި
01 October 2023
ޔާމީން ގެއަށް ބަދަލު ކޮށް އަދި އޭގެ ފަހުގައި ޖެހޭނީ ދޫވެސް ކޮށްލަން އަދި އިންޑިއާ ވެސް ޖެހޭނީ އިންޑިއާގެ ސިފައިން ވެސް ބާލަން މީ އެއްގޮތަކަށް ވެސް އިތުރަށް މަޝްވަރާ ކުރަން ޖެހޭނެ ކަންކަމެއް ނޫނޭ އެކަން ޔަގީން ކުރާތި...
ައަހްމަދ
01 October 2023
ބާރާ ނުފޫޒުގަދަ މީހުނަށް ގާނޫނަކީ އޮންނަ އެއްޗެއްނޫން. ރައްޔިތުން ވޯޓުލީ ޔާމީނު މިނިވަން ކުރާނީތޯ ނުވަތަ ނޫންތޯ އަކަށްނޫން. ޔާމީނު ދޫކުރަންޏާ ވައްކަން ކޮށްގެން ހުކުމް ކޮށްފަތިބި އެންމެން ދޫކުރަންޖެހޭނެ.
މަހޭން
01 October 2023
މޑޕ ކުދިން މިއަދު ވަރަށް ހަޖަމު މައްސަލަ ބޮޑުވާނެ
އަންދަލޫސިޔާ
01 October 2023
ބަލިވެގެން ގެއަށް ބަދުކުރަން 2 ހަފުތާކުރިން އެދިފަ އޮތީމާ، ޕްރޮސެސްކޮށް ނިމިގެން އެކަން ކުރީ!
ފާތުމާ ގައިދީ
01 October 2023
ޢަހަރެމެން މުއިއްޒު އަށް ވޯޓް ދިނީ ކުއްވެރިން ގެއަށް ބަދަލު ކުރާކަށް ނޫން، އިބޫ ނޫން ގޮތެއް ހޯދަން
ސާޖި
01 October 2023
އެކަން އިނގެއޭ އެހެންނަމަވެސް މިއީވެސް މުއިއްޒުގެ ވައުދެއް މިކަން ވެސް ފުއްދަން ޖެހޭނެ