ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ގުލޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން--
10 އޮކްޓޯބަރ 2023 - 19:52
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މަޖިލީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި އިދާރީ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއާ ބައްދަލުކުރުން pic.twitter.com/qoPU3YZRIx
— People's Majlis (@mvpeoplesmajlis) October 10, 2023
އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ އެ ބައްދަލުވުމުގައި ނޮވެމްބަރު 17 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދައުވަތު ދޭނެ ބޭފުޅުންގެ ލިސްޓުތައް މަޖިލީހަށް ހަވާލު ކުރުމަށާއި އެހެނިހެން އިންތިޒާމްތަކާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވި ކަމަށް ޒިޔާއު ވިދާޅުވި އެވެ
ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުވާ ކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ. ނަމަވެސް ގާނޫނީ ގޮތުން އެ ފުރުސަތު އޮތް ނަމަ ނޮވެމްބަރު 11 އަށް ދައުރު ކުރުކޮށްލައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބޭބެ
11 October 2023
އާދަމް ޝަރީފް މިތަނުން ފެންނަން ނެތީމަ ވަރަށް ދެރަ. އޭގެ ބަދަލުގައި ކެޕްޓަން އިހްސާނު އެބައިން. އެހެންވީމަ އަޑެއް ކިއްޔާ ރެނދެއްލާނެއޭ އެބުނަނީ ހަމަ ރަނގަޅަށްތާ!
ވިސްނާލުމަށް އެދެމޭ
11 October 2023
ކޮބާ ޕާޕާ ސާރ..
ހެހެހެހެހެހ
10 October 2023
ކުކުޅު ބިސް އެޅުމާ، ވެލާ ބިސް އެޅުން ވަރަށް ތަފާތު ...