ފަަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ކަނބަލުން ބޭއްވި ހިނގާލުން.
03 ނޮވެމްބަރ 2023 - 18:47
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ތަފާތު ހިނގާލުމެއް މިއަދު ހަވީރު ބާއްވައިފި އެވެ.
ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ހިނގާލުން.-- ފޮޓޯ: އިސްރާ ޖަމިއްޔާ
ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބަ އެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެ އެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ހިނގާލުން.-- ފޮޓޯ: އިސްރާ ޖަމިއްޔާ
އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި މި ހަރަކާތް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ މިވަގުތު ފަލަސްތީނުގައި އެންމެ ހާލުގައި އަދި އެންމެ އަނިޔާ ލިބެމުންދާ ބަޔަކީ އެމީހުންނަށްވާތީ އެވެ.
އެއްވުމުގައި ކަނބަލުން ބުނީ ހަނގުރާމައެއް ކަމަށް ބުނެ ބޮން އަޅަމުންދަނީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކަމަށެވެ.
އެ ހަރަކާތް ނިންމާލާފައި ވަނީ އަނިޔާވެރިންގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް އެދި ކުރި ދުއާއަކާ އެކުގަ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ހިނގާލުން.-- ފޮޓޯ: އިސްރާ ޖަމިއްޔާ
ހަމާސް އިން އިޒްރޭލަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން ބަދަލުގައި އިޒްރޭލުން ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. ގާޒާއަށް އަސްކަރީ ހަމަލާތައް ދެމުންދާތާ މިހާރު 28 ދުވަސްވެފައިވާއިރު ގާޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކަށާއި ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދޭ މަރުކަޒުތަކާއި ސްކޫލާއި ކޭމްޕްތަކަށް ވެސް ހަމަލާދީފައިވެ އެވެ.
އެ ހަމަލާތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކުން ވެސް އެމީހުން މަހްރޫމްވެފައިވާއިރު އެކި ގައުމުތަކުން ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް މަގުތަކުގައި އަޑުއުފުލަމުންނެވެ. މި ހަމަލާތައް ފެށުނީއްސުރެ މާލޭގެ އިތުރުން ރަށްރަށުގައި ވެސް ފަލަސްތީނުގެ ދިފާއުގައި ހިނގާލުންތައް ދަނީ ބާއްވަމުންނެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ހިނގާލުން.-- ފޮޓޯ: އިސްރާ ޖަމިއްޔާ
ރާއްޖޭގެ އެކި ޖަމިއްޔާތަކާއި މީޑިއާތަކާއި އަދި އަމިއްލަ އެކި ފަރާތްތަކުން ގުޅިގެން ދަނީ ފަލަސްތީނަށް އެހީވުމަށް ތަފާތު ފަންޑްރައިޒިން އިވެންޓުތައް ބާއްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެން ޖީ އެލް
04 November 2023
ނޮޓް ގޮނަ ލައި ދިސް ވޯޒް ވިއަރޑް.
ހެސްކިޔާފަ
04 November 2023
ދިވެހިންގެ ވިސްނުން ހުރީ އަދިވެސް ގޯސްކޮށް. ފަލަސްތީނުމީހުންނަށްޓަކައި ތިބީ ތިމަންމެން އެކަންޏޭ ދައްކަން މިއުޅެނީ .އެއްކަލަ ފޮޓޯގަނޑު އެންމެންވެސް މިއުޅެނީ. މިވެރިން ވިސްނުން ތަރައްޤީވާނެ ޒަމާނެއް ލޮޅުކުޅުންވެސް ފެންނާކަށްނެތް.
ޓެރޭސް
04 November 2023
ފަލަސްތީނު މިނިވަން ވުމަށް ބޭނުންވާ އެއްމެ މުހިއްމު އެއްބަޔަކީ ބައިނަލްއަގްވާމީ ތާއީދު... އެކަން އެނގޭބާ؟
ޝާފިއ
04 November 2023
ސުވާލަކީ ގާޒާއަށްޓަކައި ދިވެހީންގެ ފަރާތުން އަޑު އުފުލަން ސަރުކާރު ކޮބައިތޯއެވެ. މަޖިލިސް ކޮބައިތޯއެވެ. ފޮރިން މިނިސްޓްރީ ކޮބައިތޯއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން ކޮބައިތޯއެވެ.
ޓެރޭސް
04 November 2023
އެބައި ގެންދޭ ހަމަޖެހިފައި އޮންނަ އުސޫލުން... އދގެ ތެރެއިން، ފޮރިން މިނިސްޓްރީން ބަޔާން ނެރިގެން...
ޝާފިއ
04 November 2023
ދިވެހީންގެ ތެރެއިން ގިނަ ބަޔަކު މިއަދު މިތިބީ ގާޒާ އަށް ވަމުން ދާ ގޮތާއި ދޭތެރޭ ދެރަވެ ހިތާމަކުރުމުގައެވެ، ވާނީވެސް އެހެންތާއެވެ. އަޅުގަނޑުމެންނަށް ކުރެވޭނެ މާކަ ބޮޑު ކަމެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީވަރަކުން އެހީތެރި ވެވޭތޯ ބަލަނީއެވެ. ފަންނާނުން ގާޒާ އަށްޓަކާ ނަށަނީއެވެ. މަސްބާނާ މީހުން މަސްބާނަނީއެވެ. އެއް ބަޔަކު ކޮންމެ ދުވަހަކުވެސް ކޮންމެވެސް ފަންޑް އަކަށް ރުފިޔާ ފޮނުވައެވެ. އަޅުގަނޑުމެން މިތިބެނީ ޙަބަރު ކިޔާފަ ރޯލަރޯލަ އެވެ.
ބަޒީން
04 November 2023
ސީރިއާގަ މުސްލިމުން މަރުވިޔަސް އޯކޭ ދިވެހިންނަށް. ފަލަސްތީނު ވީމަ އެކަނި މުސްލިމުން ވަނީ.
ޒަބީންތަ
04 November 2023
ބްރޯ ސީރިއާގަ މުސްލިމުން މަރަނީ މުސްލިމުން. ޢެއީ ތަފާތަކީ. ފޮތެއް ކިޔާލާ ދޭތެރެއަކުން ހަބަރު ބަލާލާ ހަދާބަލަ.
ބަރުސިނ
04 November 2023
ދިވެހިނަށް އަސަރު ކުރަނީ ވަކި ތަނެއްގެ މުސްލިމުންނަށް އަނިޔާވީމަ.
އަބްޑޫޅް +
04 November 2023
ޖެނޮސިޑު އެއީ ކޯންޗެއްތަ؟ ފަރަންޖީންގެ އިގިރޭސި ނޭގެންޏާ އިސްލާމުންގެ އަރަބި ބޭނުންކުރަންވީނުން؟
2023
04 November 2023
ތި ފޮތިތަކުން ކިހާބޮޑު އިސްރާފެއްތިކުރީ ތިލާރިކޮޅު އެމީހުނަށް ހަދިޔާކުރިނަމަ..... ބޮއިހަލަކި
ހުސް ޑްރާމާ
03 November 2023
ތިވަރުން ދަންޏާ ކަމުގެ ސީރިއަސްކަން ގެއްލި ބޮޑު ޖޯކަކަށް ވެދާނެއެވެ. ހީވަނީ ފަލަސްތީނަށް ހަމްދަރުދީ ވާކަން ދެއްކުމުގެ މުބާރާތެއް ފެށިގެން އުޅޭހެންނެވެ. އެކިއެކި ނަންނަމުގައި ވަކިވަކި ބައިބަޔަށް އެއްވުންތައް ބޭއްވުމަށްވުރެ އެއްބައެއްގެ ގޮތުގައި ނިކުތުމުން ފޮނުވައިދޭ މެސެޖް މާވަރުގަދަވާނެ އެވެ.
ޑެލްބޯއި
04 November 2023
މިދަނީ 1981 ހިސާބުގައި މައުމޫނު ވެރިކަމުގައި ނާސިރާ ދެކޮޅަށް މުޒާހަރާ ކުރި ދުވަސް ވަރު ދިޔަ ގޮތަށް. އެދުވަސް ވަރު ދަމާ ގާޑިޔާ ދުއްވާ މީހުންގެ މުޒާހަރާ ވެސް ކުރި. މިހާރު ޕިކަޕް ދުއްވާ މީހުންދޯ؟ ނާސިރާ ދެކޮޅަށް ސްކޫލު ކުދިން ވެސް ނެރުނު އެންމެ ފަހުން ކުޑަ ކުދިންގެ މުޒާހަރާގެ ނަމުގައި ކުޑަ ކުދިން ވެސް ނެރުނު. އެޒަމާނުގެ ނޫސްތައް ބަލާ ލުމުން މިޒަމާނުގެ ކުދިންނަށް އެނގޭނެ ދިވެހިން ކަންކުރާ ގޮތް. ހަރުދަނާ ވަމާދޯ
މަލެސް
03 November 2023
މަށަށް ހީވަނީ މިއީ ގޯސް ގޮތެއްހެން ފަލަސްތީނު ހައްގުގައި މުޒާހަރާ ކުރުމަށް. އެމީހުން މި ވަގުތު ބޭނުންވަނީ ހިތްވަތު، ހެޔޮ ދުއާ އަދި ކާނެ ބޯނެ ތަކެތި. މިއިން ހީވީ ހަނގުރާމަ ވަކި ކޮޅަކަށް ނިމި އުންމީދު ފުނޑު ވެއްޖެހެން.
ކަލޯމެން
04 November 2023
އެއީ މުޒާހަރާއެއް ނޫން.. ހިގާލުމެއް. ކަލޯމެން ޕާތީއަކުން ގޮވާލީމަ ދުންކަޑާފަ ދާނެ އައުގުރާން ގޮވަމުން، އެކި ނަންނަން ހަދާގެން މީހުންނަށް ގޮވާ ހަދާއިރުވެސް..