ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމެއގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.
14 ޖެނުއަރީ 2024 - 11:45
ރިސޯޓު ހެދުމަށްޓަކައި އާ ރަށްތައް ދޫކުރުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ނުހެދި ހުރި ރިސޯޓުތައް ހަދަން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ނުހެދި ހުރި 63 ރަށުގެ މައްސަލަތައް ހައްލު ކުރުމުގެ މަޝްވަރާ މިހާރު ވަނީ ފަށާފައި ކަމަށެވެ. އެކަމަކު، ވިދާޅުވީ ރާއްޖޭގައި ރިސޯޓެއްގެ ގޮތުގައި އާ ރަށެއް ތަރައްގީ ކުރަން ގާބިލް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ އެ ކަމާ ވިސްނަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ 63 ރަށް މާކެޓަށް ނެރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެ މީހުންނަށް ސަރުކާރުން ކޮށްދެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"ލީސް އެގްރީމަންޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަކީ ކޮބައިތޯ ވެސް ބަލަމުން މިދަނީ. އެ ގޮތަށް ބޭނުންވާ ބަޔަކު ވެސް ތިބެދާނެ. އެ ބޭފުޅުންގެ ލިސްޓެއް ހަދައިގެން ބައްދަލު ކުރަމުން މިހާރު ގެންދަނީ. އަޅުގަނޑު މި ބަލަނީ އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމައި ކުރިއެރުންތަކެއް ހޯދަން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތައް ނުހެދި ލަސްވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ނެތުމެވެ. ހަތަރު ތަރީގެ ރިސޯޓެއްގެ މަސައްކަތް ނިންމައިލަން 25 މިލިއަނެއްހާ ޑޮލަރު ހަދަރު ވާއިރު، ޓޫރިޒަމް ސިނާއަތަށް އަލަން ވަންނަ މީހުންނަށް އެ ވަރުގެ އިންވެސްޓްމަންޓަކަށް ފައިސާ ދެވޭނެ ބޭންކެއް ރާއްޖޭގައި ނެތް ކަން ފައިސަލް ފާހަގަކުރެއްވި އެވެ.
"ރަށެއް ލިބުނީމާ އިކުއިޒިޝަން ކޮސްޓް މި ދައްކާލެވެނީ. އެ ދައްކާލާފައި އުޅެނީ އިންވެސްޓަރެއް ހޯދަން. އެއް ބަޔަކަށް އިންވެސްޓަރުން ލިބިފައި އަނެއް ބަޔަކު އިންވެސްޓަރާ އެކު މަސައްކަތް ފަށާފައި ވަކި ހިސާބަކުން މަސައްކަތް ހުއްޓެނީ،" ރިސޯޓުތައް ނުހެދި ދިގުލައިގެންދާ މައްސަލާގައި މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނުހެދި ރިސޯޓުތަކުގެ މައްސަލާގައި ހައްލެއް ހޯދަން މަޝްވަރާ ކުރިއަށް ގެންދަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. އެހެންވެ، ސަރުކާރުން އެހީތެރިކަން ބޭނުން ނަމަ އެ އެހީތެރިކަން ނުވަތަ ލީސް އެއްބަސްވުން ބަދަލުކުރަން ބޭނުން ނަމަ އެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޗައިނާއަކީ ވަރަށް ބޮޑެތި އިންވެސްޓަރުން އުޅޭ ގައުމަކަށް ވާތީ، އެ ގައުމުން އިންވެސްޓަރުން ހޯދައިގެން ޓޫރިޒަމް ދާއިރާ އަށް އެހީތެރިކަން ލިބޭތޯ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
16 January 2024
ހޫނ. ރެޒޯޓުތައް ދޯ؟
ހާމީީ
15 January 2024
ތީ ތިކަން ކުރަން އެންމެ ރަނގަޅު ގޮތް މިވަގުތު. ބޭނުންވަނީ ރިސޯޓުތައް އަވަހަށް މާކެޓަށް ނެރެލުން
ޓެކްސް
14 January 2024
ދެން ރިސޯޓު ތަކުން މިލިއަނުން ޓެކްސް މާފު ކޮށްދީ. ކިހިނެއް ވާނެ ވިނަރެސް ގެ ބޮޑު އަގު ކުޑަކޮށްދިނިއްޔާ؟ ހިޔާ އަށް މިހާރު ދައްކަން ޖެހެނީ 3000 ރުފިޔާ އެކަމަކު ވިނަރެސް ކުލި 20،000 ހުން 18000 ހަށް ކުޑަ ކުރީ. ވައުދު ވީ އެވަރެޖް ކޮށް 4000 ކުޑަ ކޮށްދޭން. އެއެވެސް އިންސާފެއް ހަމައެއް ލަމައެއް ނެތް.
ަސދދަސަސ
14 January 2024
ޓެކްސް މާފް ކޮށްލަދީ. ޖޫރިމަނާ މާފްކޮށްލަދީ. ރެންޓް މާފް ކޮށްލަދީ. މިހުރީ ހައްތާވެސް ކުރެވޭނެ ކަންކަން ބޮޑެތި ވިޔަފާރިތަކަށް.
އޮނަރަބްލް އަފީފު ދީދީ
14 January 2024
ރާއްޖޭގެ އިޤްތިސޯދި ހިފެހެއްޓުމަށްބޭނުންނަމަ މިވަގުތު ކުރާން އެންމެމުހިންމުކަމަކީ ދައުލަތުން ސޮވަރެންޓީދީގެން ނުވަތަ ޗައިނާލޯނުއެހީގައި ނޫންނަމަ އިންވެސްޓަރ ފައިނޭންސް އުސޫލުންކަމަށްވިޔަސް ހަނިމާދުއާއި ގޭން އިންޓަރނޭޝަނަލް އެެއަރޕޯޓްގައި ބީޗްކޮޓަރިވެސް ހިނެނޭގޮތަށް 1000 ކޮޓަރީގެ ޓްރާންސިޓްހޮޓަލެއް ޤާއިމްކޮށް (އިންފްލައިޓް ކޭޓަރިން އަދި ޓަމިނަލްލައުންޖް ހިދުމަތްވެސް ދޭގޮތަށް) ދުނިޔޭގެމަޝްހޫރު ހޮޓެލްޗައިންއަކަށް 50 އަހަރަށް މެނޭޖްމަންޓް ދޫކޮށްލުން.
ބަޑިތަކުރު
14 January 2024
އެކަންކުރެވޭ ފެންވަރު އެއްވެސްގޮތަކުންނެތް މީހުންނަށް ކޮންމެވެސް އެހެން ބޭނުމެއްގައި ރަށްތައް ދިނީމާ ވާނީ މިހެންނެވެ. ކޮންމެވެސް މީހަކަށް ރަށެއް ދިނީމާ 10 ވަރަކަށް ޕަސެންޓް ލިބުނަސް ކޮންމެސް ބޭރު ފަރާތަކަށް ރަށްދީގެން ރިސޯޓްހަދަނީއެވެ. އެއްވެސް ބުރައެއް ޚަރަދެއް ނުކޮށް 5 ޕަސެންޓް ލިބުނަސް ހެޔޮތާއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ކުންފުންޏަކުން ބޭރުން ލޯނު ނަގައިގެންވިޔަސް ރިސޯޓް ހަދާފައި އާންމުކޮށް އިއުލާނުކޮށްގެން އިންސްޓޯލްމަންޓަށް އަގުއަދާކުރާގޮ
ކޮރަލް
14 January 2024
ގާބިލް ކަން ނެތް މީހުންނަށް ރިސޯޓް ހަދަން ރަށް ދިނީމަ ވާގޮތެކެވެ. ނުހެދި އެގްރީމަންޓް ގެ މުއްދަތު ހަމަ ވެފަ ހުރި ރަށްތައް ސަރުކާރަށް ނަގަން ވީ އެވެ. ނޫނީ ނުހުޅުވާ ހުރުމުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުމުގެ ބަދަލު ނަގާފަ އިތުރު މުއްދަތެއް ދޭން ވީ އެވެ. ޖީބަށް ކަޓެއްލާފަ ނުހެދި ހުރި ރަށް ތަކަށް ލުއި ތަކާ އަދި މުއްދަތު ވެސް ދީފަ ބެހެއްޓުމުގެ ބޭނުމެއް ނެތެވެ.
އޮނަރަބްލް އަފީފު ދީދީ
14 January 2024
ތިއީ ވަރަށް ބޭއިންސާފު އަދި ކޮރަޕްޝަންގެ އަމަލެއް. ވާދަވެރި އެތައް ބަޔަކާއި އެކުގައި ބިޑަށް ކުރިމަތިލައިގެން ނެތް ފެންވަރު ހުރިކަމަށް "ދޮގު މައުލޫމާތު ދީގެން" ބިޑް ކާމިޔާބު ކުރުމަށްފަހު އެއްބަސް ވުމާއި އެއްގޮތަށް ރަށްތަރައްޤީކޮށް ރިސޯޓްހިންގާން ނުފަށާނަމަ ދައުލަތުން ކުރާންޖެހޭކަމަކީ އެއްބަސްވުން އުވާލާ އަލުން ރަށް ބިޑަށް ހުޅުވާލުން. އޭގެ ބަދަލުގައި ކުރާން ތިއުޅޭ ކަމަކީ "މަކަރުވެރިންނަށް އެހީތެރިވެ" އަދި އެމީހުންނަށް ވާގުވެރިވުން. ތިކަން ހުއްޓާލާ.
ރަމްޒީން
14 January 2024
މީނަ ތަންތަނުގައި ހުއްޓިހުއްނަން ދަސްކޮށްދޭންޖެހޭ.