ކޫއްޑޫގައި މަސްވެރިންނާ މިއަދު ބައްދަލުކުރައްވައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ | ފިޝަރީޒް މިނިސްޓްރީ
18 ފެބުރުއަރީ 2024 - 20:10
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އަންނަ މަހުގެ ފަހަކުން ފެށިގެން މުޒާހަރާކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ދެއްވައިފި އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ތިން މަސްވެއްޖެ ކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިންތަކެއް މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. އެ ކަންބޮޑުވުންތައް އަޑުއައްސަވަން މިނިސްޓަރު ވަނީ ހަވީރު ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޫނުކޮށް ހުރި ގިނަ އަދަދެއްގެ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ނުދެވި ހުރި ފައިސާ ދޫކުރަން ވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ އަންނަ މަހުގެ ފަހެއްގެ ކުރިންނޭ. އެ ވެދާނެ ހަތަރު ދުވަސް ފަސް ދުވަސް ފަހުން ކަމަށް ވެސް. އެ ވެދާނެ ދެތިން ހަފްތާއެއް ވެސް. އެކަމަކު ފަހެއް މާޗުގައި ޔަގީނުން ވެސް މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ އެ މައްސަލަ ހައްލު ކުރާނަމޭ. އެކީ އެކައްޗަކަށް އެ މައްސަލަ ހައްލު ކުރާނަމޭ. ތިބޭފުޅުން އެއަށްފަހު [މާޗް 5]ގެ ފަހުން ނުޖެހޭނޭ މިތަނުގައި ފައިސާ ނުލިބިގެން މުޒާހަރާ ކުރާކަށް."
މަސްވެރިން މުޒާހަރާ ކުރި ސަރަހައްދުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތްގޮތުން މަސްވެރިންނަށް ފައިސާ ދިނުމުގައި އުނދަގޫ ތަކެއް އެބަހުއްޓެވެ. އަދި ލޯނު ދިނުމުގައި ވެސް އުނދަގޫތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ އުނދަގޫ އެގޮތަށް އޮތުމުން ލޯނެއް ނަގައިގެން މިވަރުގެ ލާރިއެއް މީގެ ކުރިން ހޯދި ކަމަށް، އަޅުގަނޑެއް އަޑެއް ނާހަން. ނަމަވެސް ރައީސް، ޑރ. މުހައްމަދު މުއިއްޒު މި ވަނީ ލޯނެއް ނަގައިގެން، މި އޮތް ބެކްލޮގް ފިލުވާލުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ވެސް މަސްވެރިންގެ ހައްގުގައި ވާނީ ތެދުވެފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރު ދެމި އޮންނާނީ މަސްވެރިންގެ ހައްގުތައް ހޯދައިދިނުމުގައި ކަމަށް ވިދާޅުވި އެވެ.
"މިއީ އުނދަގޫ ވަގުތުކޮޅެއް. [އެކަމަކު] އޭރު އަޅުގަނޑުމެން މަސްވެރިންނަށް ގެނައި ތަސައްވުރާ އެކީގައި އަޅުގަނޑުމެންގެ ރައީސް މުއިއްޒުގެ މި ފަސް އަހަރު ދާނީ. މަސްވެރި އާއިލާތަކަށް ނިކަމެތި ކަމެއް ނާންނާނެ. ރާއްޖޭގެ މަސްވެރިންނަކަށް ފައިސާ ނުދީއެއް ނުބަހައްޓާނެ. އަޅުގަނޑުމެން މި ބުނަނީ ކުޑަ ވަގުތުކޮޅެއް ދޭށޭ،" ޝިޔާމް ވިދާޅުވި އެވެ.
މިފްކޯ އަށް ކިރި މަހަށް މަސްވެރިންނަށް ދޭން ޖެހޭ 298 މިލިއަން ރުފިޔާ ނުދީ އެބައޮތް ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެ ފައިސާ މަސްވެރިންނަށް ދޫކޮށް ނިންމައި، ބެކްލޮގް ފިލުމުން، ކިރާ މަހަށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާތިމް މުހައްމަދު
19 February 2024
މިދިޔަ ސަރުކާރުގަ މަސްވެރިން މުޒާހަރާ ކުރީމަ ދެއްކީ އެސްއޯފުލުހުންގެ ބާރު.، މިސަރުކާރުން ފޮނުވީ މިނިސްޓަރ. މިއީ ތަފާތަކީ
މުއާވިން މުހައްމަދު
19 February 2024
ރައީސް މުއިއްޒަގެ ސަރުކާރުން މިހާރުވެސް ވަނީ 3 މަސް ތެރޭ 400 މިލިޔަން ރުފިޔާ މަސްވެރިންނަށް ދީފަ. މިއީ ރިކޯޑް އަދަދެއް.
އިގްބާލް ހަސަން
19 February 2024
އުފާވެރި ހަބަރެއް. އުއްމީދަކީ ތިހެން ވުން.
ހުއްޓާލާ
19 February 2024
މަސްގަތުން މިހާރުން މިހާރަށް ސަރުކާރުން ހުއްޓާލަންވީ. އެހެން ޞިނާއަތްތަކެކޭ އެއްގޮތަށް ދޫކޮށްލަންވީ. ބޮޑެތި މަސްދޯނި ފަހަރު ބަންނަ ގޮތަށް ދުނިޔޭގެ މާރކެޓަށް ނުކުމެ މަސްވިއްކަން މަސްވެރިންނަށް ހިތްވަރުދޭންވީ. ޕްރައިޓް ކުންފުނިތައް އުފައްދަން ހިތްވަރު ދޭންވީ. ވިޔަފާރިއަކީ ސަރުކާރުން ކުރަންޖެހޭ އެއްޗެއް ނޫން.
ސިލްމާ ޒާހިރު
19 February 2024
350 މިނިސްޓަރުން ފެންވަރުގެ އެކި މަޤާމުތަކަށް 252 މިލިޔަން ރުފިޔާ އަހަރަކަށް ޚަރަދުކުރާއިރު، މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ނުދެވިފަ. މިނިސްޓަރުން ފެންވަރުގެ އެކި މަޤާމުތައް އެހެން ވެރިކަންތަކުގައި 100 އަށް ވުރެ ދަށުގައި ހުރީ. ބަހާ ހުސްކުރީ މަސްވެރިންނަށް ދޭންޖެހޭ ލާރި. މިހާރު އެމެރިކާއަށް ކަނޑުވިއްކައިގެން ޑޮލަރު ހޯދަން އެއުޅެނީ! ޗާގޯސް ނުލިބުނު. އިންޑިއާ ސިފައިން ބޭރެއް ނުކުރެވުނު. އިޒްރޭލްގެ ސްޕޮންސަރ އެމެރިކާ ދެން އެ އަންނަނީ.
އައިމިނާ
19 February 2024
މަސްވެރިންނަށް ހަމައަގު ދޭނަމޭ ކިޔާފަ ލިއުނީ. ނުދޭ އެއްމެ މަސްވެރިއަކަށްވެސް އެމްޑީޕީ ސަރުކާރަކުން. އޭރު މަސްވެރިން ތިބީ ނިދާފަތޯ. މިހާރު މާވަރަކަށް މުޒާހިރާ ފުރަތަމަވެސް ތި ފަށަނީ.
ޥޯޓުފޯއަޒުލް
19 February 2024
ދެންޔާދޭނީ މަޖިލީސް އިންތިހާބު ވޯޓުލާ ދުވަހާ ހަމައަށް،، އެވެސް ޔަގީނެއްނޫން،، ގައުމު އޯލްރެޑީ ބަނގުރޫޓެޑް،، ގިނަވެގެން 3 މަސްތެރޭ ޑޮލަރުގެ އަގު 20ރ އަށް އަރާނެ މިވަގުތުވެސް އުޅެނީ 18،،19ގަ ގެސްޓުހައުސް ނުހިންގެ ރައްރަށުގަ އަވަހަށް ދަނޑުވެރިކަން ފަށާ،، ކުރިއަށް އޮތް އުނދަޣޫ ދުވަސްތަކުގެ ވާހަކައަކީ ސަމާސާއެއްނޫން،،
ކޭސަރީ
19 February 2024
އަދިވެސް ކިހާ ދޮގެއް ހެދޭތޯ ތިޔައުޅެނީ؟؟
އުފާޑީމޯ
18 February 2024
ވަރައް ވެސް އުފާ ވެއްޖެ ކަންތައްވާ ގޮތުން ހިތްތިރިކަމާ އަދި ކެތްތެރި ކަމުގެ ގަދަފަދަ މިސާލެއް.
ޙޮޅީން
19 February 2024
ނޭނޭ، .. އެޢީ ވޯޓަށް ޖަހާ ޗައްކަރު،، މަޖިލީސް ވޯޓަށްފަހު މިގައުމުގެ އަސްލު ހާލަތު ތޮށިފަޅާ ބޭރަށް ނުކުންނާނެ.. ކުރިއަށް އޮތީ ބޮޑު ނާމާންކަމެއް 3 މަސްތެރޭ ގައުމު ދަވާލާފި
އާދަނު
18 February 2024
މާޗުފަހުން ކުރަން ހުރިކަންތައް ލައްކަ ގިނަވެެއްޖެ ނޫންތޯ؟ މަސްވެރިން ކުރަންވީ ކަމަކީ ދޯނީ ދިރުނބާ ކޮޅަށް އަރާ ހުރެ، ދެއަތް ދަމާފަ، “ވަގުތު ނެތޭ، ވަގުތު ނެތޭ” މިލަވަ ކިޔަންފަށާ.