މިސްކިތެއް: ދެ މިސްކިތެއްގެ އަންހެނުންގެ ވުޟޫ ކުރާ ބަޔަށް ވަނީ ގެއްލުންދީފައި
18 މާޗް 2024 - 19:17
މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާޚާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.
ފާހަނާތަށި އަދި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ދެ މިސްކިތެއްގެ އަންހެނުންގެ ވުޟޫ ކުރާ ބަޔަށް ގެއްލުން ދީފައިވަނީ ކޮން ބަޔަކު، ކޮން މަގުސަދެއްގައި ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް، މޭޔަރު ވިދާޅުވީ މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ރޯދަ މަހަކީ ތާރާވީހު ނަމާދަށް އަންހެނުން ވެސް ގިނަ އަދަދެއްގެ މިސްކިތްތަކަށް ގޮސް އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
19 March 2024
ވައްޚާބީން ނުވަތަ ވައްޚާބީންގެ ބޮލުގަ އަޅުވަން ކުރި ކަމެއް
ޑާބީ
19 March 2024
ވައްހާބީންނަކީ ކޮންބައެއްތަ؟
ބަކަރިބޯ
19 March 2024
އެއީ އުސްމާނީ ހުލާފާތާ ދެކޮޅަށް އިނގިރޭސިންގެ މަދަދުގާއި ބަގާވާތް ކުރަންވެގެން މުސްލިމުންގެ ލޭ ހުއްދަ ކުރި މީހާއަށް ތަބާވާ މީހުން!
ކިރު ސައި
19 March 2024
ވައްހާބީންނަކީ ހާބީންގެ ވަށް ވައްތަރު
ބަލްބާގީ
19 March 2024
ތިވާނީ ޔަހޫދީން ކުރި ކަމަކަށް.
ލަވައަލީ
19 March 2024
ދުނިޔޭގައި ހިނގާ ހުރިހާ ނުބައެއްގެ އަސްލަކީ ޔަހޫދީން
ދުމްމ
18 March 2024
އަންހެނުން މިސްކިތްތަކަށް ގޮސް ނަމާދުކުރުމާއި ދިރިއުޅުމަށް މަސައްކަތްކުރުމަކީ އިސްލާމީ ޝަރީއަތުގެ އެއްވެސް ނައްސަކުން މަނާކޮށްފަ އޮތްކަމެއްނޫން. އަދި އެއީ އަޚްލާޤީގޮތުންވެސް ދަށުދަރަޖައިގެ ކަންކަމެއްނޫން. އަންހެނުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އެދޭބަޔަކު ނަމަ އެކުރަނީ އިސްލާމްދީނާ އެއްވެސް ގުޅުމެއް އޮތްކަމެއްނޫން. ތިފަދަ އަމަލުތަކަކީ އިސްލާމްދީނަށް ދޭ ހަމަލާތަކެއް..
ހީވަނީ
18 March 2024
ހީވަނީ ކައުންސިލް ތެރެއިން ރޯދައިގެ އިނާޔަތު ސޭލްގެ ތެރެއިން ހިންގާ ޖަރީމާއެއްހެން ތިކައިންސިލްގައި އެކަމުގެ ޤާބިލް މީހުން ތިބިކަމަށް ސަހަރާވެސް ހެކިވާނެ ! މޭޔަރަށް ފަހަރުގައި އޮޅިފައިވެދާނެ ؟.
ރުބެލް
19 March 2024
މަށަށް މިހާރު އެބަ ހީވޭ ތިޔަކަމަކީ "ހީވަނީ" ހިންގި ޖަރީމާއެއް ހެން؟
ލަތީފު
18 March 2024
ވަރައްދަށުދަރަޖައިގެފިނޑި އަމަލެއް ތިކަންކުރިބަޔަކުހޯދާ ހައްގުއަދަބުދޭންޖޭ.
ލޯރެންސް އޮފް އެރޭބިޔާ
18 March 2024
ސެލްފީން ބޭނުމެއް ނުވާނެ އަންހެނުން ގެއިން ބޭރަށް ނިކުންނާކަށް!
ލޮއްލަ
18 March 2024
ޚަވާރިޖުންނެއް ނޫންތަ އެހެން އުޅެނީ..؟ އަމިއލަޔަށް ބިން ކާފަރުކޮށް ލޭ ހުއްދަކޮށް ވެކްސިން ނުޖަހަން އުޅެނީ..!!
އޮޑިހަނު
19 March 2024
ތި ހުރިހާ ބައެއް މިއޮއްހާ ދުވަހު އެބަ އުޅޭ. ތިކަމެއް ނުކުރޭ. މިފަހަރު ތަފާތަކީ މީ އިންތިޚާބެއް ބޯމަތިވެފަ އޮތް ދުވަސްވަރެއްކަމުން. އަދި މި މުޖުތަމަޢުގަ، 2005ން ފެށިގެން ސިޔާސީ މަންފާއަށް 'ފޯލްސް ފްލޭގް' ކަންކަން ރާވާ ހިންގަން އަރާތިބި ބަޔަކު އެބައުޅޭ. މިހާރުވެސް އެހެން ޚަބަރެއްގަ އެބަ ކޮމެންޓުކުރޭ ކޮންމެވެސް މިކަހަލަ ޒާތަކަށްދާ އެއްޗެއްކިޔާފަ. ނިކަން ބަލަން ތިބެބަލަ، އަދި އެނގޭނެ މިކަމެއް ކުރިބަޔަކު.