މިދިޔަ އަހަރު ފެށުމާ ދިމާކޮށް، އޭގެ ދުވަސްކޮޅެއް ފަހުން ބޭއްވި ޝޯގައި އޭކަން ލަވަ ކިޔަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން
13 ޖޫން 2016 - 10:14
މިދިއަ އަހަރު ފެށުމާ ދިމާކޮށް މާލޭގައި ބޭއްވި ޝޯތަކަށް، އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.
މި މުއާމަލާތްތައް ކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުން ލިބުނު ފައިސާގެ ބޮޑު ބައި ޖަމާކުރި އެސްއޯއެފް އިންނެވެ. ރަސްމީ އޮޑިޓުން ދައްކާ ގޮތުން ވަގަށް ނެގި 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ތެރެއިން 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ވަދެފައި ވަނީ އެސްއޯއެފްގެ އެކައުންޓްތަކަށެވެ.
ލީކުވެފައިވާ އެ ކުންފުނީގެ އެކައުންޓެއްގެ ސްޓޭޓްމަންޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ފެށުން ފާހަގަކުރަން ބޭއްވި ޝޯ އަށް ފުރަތަމަ ގެންނަން އުޅުނު ޖެމެއިކާގެ ލަވަކިއުންތެރިޔާ ޝޯން ޕޯލް އަށް 89،114 ޑޮލަރު (1.37 މިލިއަން ރުފިޔާ) ހަރަދު ކުރި އެވެ. އެ ފައިސާ ޖަމާކުރި، ޖެމެއިކާގެ ހެޑްލައިން އެންޓަޓެއިންމަންޓް ލިމިޓެޑުން ޝޯން ޕޯލްގެ އެޖެންޓުކަން ކޮށްދޭކަން އެ ކުންފުނީގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.
ދިވެހި ހަނގުރާމަވެރިންތަކެއް ކަމަށް ބެލެވޭ ބަޔަކު ޝޯން ޕޯލް އަށް އިންޒާރު ދިނުމުން އޭނާ ރާއްޖެ ނާދެ އެވެ. އެކަމަކު އޭނާ އަށް ދިން ފައިސާ އަނބުރާ މި އެކައުންޓަށް ޖަމާވި ކަމެއް އެނގޭކަށް ނެތެވެ.
އޭގެ ފަހުން ބޭއްވި އޭކަންގެ ޝޯއާ ގުޅޭ މުއާމަލާތްތަކެއް ވެސް މި ސްޓޭޓްމަންޓުން ހާމަވެ އެވެ. އެމްޕަޔާ މީޑިއާ ގްރޫޕް ކިޔާ އެމެރިކާގެ މާކެޓިން އަދި ކޮންސަލްޓެންސީ ކުންފުންޏަކަށް އެ ދުވަސްވަރު 654،608 ޑޮލަރު (10 މިލިއަން ރުފިޔާ) ފޮނުވި އެވެ.
މީގެ އިތުރުން އޭކަން ޝޯ ރާވައި އިންތިޒާމްކުރަން ރާއްޖެ އައި ސްރީ ލަންކާގެ އިންފިނިޓީ ޕްރޮޖެކްޓްސް އެންޑް ކްރިއޭޝަންސް އަށް 80،488 ޑޮލަރު (1.2 މިލިއަން ރުފިޔާ) ދިނެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރާ ޗެތިކާ ކަރުނަރަތުނޭ ކިޔާ މީހަކަށް ވަކިން، އޭނާގެ އަމިއްލަ އެކައުންޓަށް އިތުރު 80،488 ޑޮލަރު (1.2 މިލިއަން ރުފިޔާ) ފޮނުވި އެވެ.
އޭކަން ޝޯގެ ފޮޓޯތައް، އެ ކަމުގައި އުޅުނު ލަންކާގެ އިންފިނިޓީ ކުންފުނީގެ ވެބްްސައިޓުގައި.
މި ޝޯތަކަށް ޖުމްލަ 904،698 ޑޮލަރު (13 މިލިއަން ރުފިޔާ) ހަރަދު ކުރި ކަމަށް ސްޓޭޓްމަންޓުން ދައްކަ އެވެ. މީގެ އިތުރުން ވެސް ބޭރުގެ އެހެން ލަވަކިއުންތެރިން ގެނެސްގެން މާލެ އާއި އައްޑޫގައި ޝޯ ބޭއްވި އެވެ. އެކަމަކު އެ ޝޯތަކަށް ހަރަދު ކުރި ވަރު މި އެކައުންޓުން އެނގޭކަށެއް ނެތެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ފާހަގަކުރަން ކަމަށް ބުނެ ބޭއްވި ޝޯތަކަށް ހަރަދު ކުރީ، ސަރުކާރުން އޭރު ބުނެފައިވާ ގޮތުގައި، ހެޔޮ އެދޭ ވިޔަފާރިވެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިއްލަރު
15 June 2016
ތިޔައީ ރައީސްގެ އެއްބާރަލުން ނެތިކޮށްފަވާކަމެއްނޫން!!! އާދައިގެ ނިކަމެތި ރައްޔިތުމީހާޔަށް ވެސްއިނގޭ ހިލޭސާބަހަކަށް ޝޯންއެއްވެސް އަދި އެހެންމީހަކުވިއަސް އައިއްސަ ޝޯއެއް ނުދޭނެކަމާ، މީހަކު ހަލާލުގޮތުގަ ހޯދާފަވާ ފައިސާތަކެއް ތިފަދަގޮތަކަށް ތަޅަމުންނުދާނެކަން! ވެންމަސް ވެނަށް ކާއްދިނުންފަދަ، ރައްޔިތުންގެ ފައިސާއާއި މުދާ ނަހަމަ ގޮތުގަ ބޭނުންކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ރައްޔިތުން އަމިއްލަޔަށް ނިކުންނައެބަޖެހޭ!!!!
ބަދީޢު
14 June 2016
އަދީބު މީ ހާދަހާ ވިޔާނުދާ މީހެކޭ ދޯ..
ޖައިސަމް
14 June 2016
މިއީ ވެންމަސް ވެނަށް ކާންދިނުން. ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް، ރައްޔިތުންނަށް ކަންކަން މިކޮށްދެނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގަޔޯ. ކިހާ ބޮޑު ފަސާދައެއް.
ރޮކް
14 June 2016
ސަނަމް ޕޫރީ ގެންނަން ކިހާވަރެއް ހަރަދުކުރިތޯ؟ މިހުރިހާ ކަމެއް ކުރިއިރު ރައިސް ޔާމީން އަދީބުކުރެން ޗުއްޕުވެސް އަހާނުލަނީތޯ؟ ބީރު ކަންފަތެއް ދެއްވިނަމަ އެއީ ރައިސްވެސް ޒިންމާވާންޖެހޭނެ ކަމެއް.
ނަންނުކިޔާ
13 June 2016
ކޮބާ ޝިިޔާމު ކުރިި ޙަރަދު
ސައްބަޑީ
13 June 2016
އަދިވެސް ސަރުކާރު ކޯލިޝަންގެ މެންބަރުން ބުނާނެ މިވަރުގެ ރައީހެއް ނުދެކެމޭ. ތަންފުކެއް ބޮޑުވަރު
ހޮނޑާފުށީބޮޑުހުސޭނު
13 June 2016
މިހާރު ނޫސްވެރިން ތިޔަ ކުރާމަސައްކަތަށް ސާބަސްދެން ، ބިތު ފަންގި ނެގިނެގިހެން މިހިރަ ފެންނަމުންދަނީ ކެޔޮކައިފަ ހުރިވަރު ، ހިތަށްއަރާ ކިހާ ދުވަހަކު ތިޔަ ނޫސްވެރިންނަށް ހުކުމެއް ނައިސް ހިފަހައްޓާލެވިދާނެބާއޭ ، ކޮންމެސް ކޮންމެސް މީހުން އެއްވާތާކަށް ނުދުރުވާތި ، އެހާހިސާބުން ތިޔަ ކުދިންގެ ދުވަސް ދާނެ ،
އެނޮނީމާ
13 June 2016
އަދީބް ނަންވިޔަސް ތީކީ އޭނަ އެކަނި މާ އެކަނި ކުރިކަމެއްކަމަށް މަށަކަށް ގަބޫލެއްނުކުރެވޭ. ރަނގަޅަށްވިއްޔާ އެއްމެ މަތީ މީހާވެސް ބައިވެރިވޭކަންނޭގެ. . ސަދަގާތް ފައުންޑޭޝަން ހިންގަނީ ކިހިނެއް ލިބުނުފައިސާއިންތަ. އިސްލާމީ މަރުކަޒަށް ފެންއަޅާ ފަންކާ ހަދިޔާކުރީ ކިހިނެއް ހޯދި ފައިސާޔަކުންބާ؟؟؟؟
ބުރޯހަވާ
13 June 2016
ހަގީ ގަތުގަ ޝޯ ބޭއްވީ ވިޒިޓް މޯލްޑިވްސް ގެ ޝިއާރު ދަށުން. ޚަރަދުކުރަން ޖެހޭނީ އެމް އެމް ޕީއާރުސީ ގެ އެކައުންޓުން. ނަމަވެސް ބަޚުލޫލު ބްރޯ ހީކޮއްގެން ހުރީ މުޅިގައުމު އޭނަގެ ކަމަށް.
އަލީ
13 June 2016
އަދިވެސް ދެރައީ ދިވެހިންގެ ލޮލު ގައި ފަރުދާއެއް އޮންނާތީ. ކިތަންމެ ވަރަކަށް ހާމަވިޔަސް ގަބޫލު ކުރާނީ ހަމަ ގަބޫޅު ކުރަން ބޭނުން ވާ އެތި