ޝިފާން (ވޕޮލިޕ) އަދި ޝަރީފް.
07 ޖޫން 2024 - 17:48
ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރަކަށް މިއަދު ޕްރޮމޯޓްކޮށްފި ދީފި އެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ ދެ މަގާމެވެ.
ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ އެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެ އެވެ.
ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝިފާނެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ޝިފާން މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގެ ކޮލެޖު އޮފް ޕޮލިސިން އިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްސީޕީ
10 June 2024
ދުވަހަކުވެސް ބަޔަކަށް ޕްރޮމޯޝަންއެއްނުދޭ މިނިސްޓްރީއަށް ގެންގޮސްގެންނެ/ މީ ފޮރުވިގެން ކޮށްފައިއޮތްކަމެއް ދެޤަވާއިދަށް އަމަލުކޮށްގެން ޝިފާން އޭސީޕީ ރޭންކް ޖަހާފައިވަނީ ކަނޑާލަން ނިންމާފައިތިބި ބަޔަކު ހުދުފޮއްޗަށް ވީއިރު ނުހައްގުން ކަނޑާލާފައިތިބި ބަޔަކަށް ބޭއިންސާފު އަދިވެސް އަންދާ ޤާނޫނު
ނަސޫ
09 June 2024
ޕްރޮމޯޝަން ދިނުމަކީ މައްސަލައެއް ނޫން, ހައްޤުނޫން މީހުންނަށް ދިނުމުގެ ބަދަލުގައި ނުހައްޤު މީހުންނަށް ދިނުމަކީ ވަރަށް ބޮޑު މައްސަލައެއް
ހުވަދޫ އަލިބެއްޔާ
08 June 2024
ޝީފާން ހެހެހެ..
އަލިބެ12345
08 June 2024
މިނިސްތަރާ ދެކޮޅު ހުރިހާ އެންމެނަށް ޕްރޮމޯޓު ދެމުން ދާތަން މި ފެންނަނީ. ސޕ. މިނިސްޓަރާ ޖެހިފަ ހުރިވަރު މިދައްކަނީ އަމަލީ ގޮތުން
ނިޔާ24
08 June 2024
މީ ގާނޫނު ތަންފީޒު ކުރަން ތިބި މީހުން ފުރަތަމަ އެއުޅެނީ އެތެރޭގެ ގާނޫނައް ވެސް ބޯނުލަބާ.
މަޑުކުރުން.
07 June 2024
މިހާރުގެ ސީޕީގެ ނަގާބިލްކަން. ސީޕީ ހަމީދު މިދިޔަ އަހަރު ޕްރޮމޯޝަން ތަކެއް ދީގެން ތިޝިފާނު ހުރި ފޯރި. މިފަހަރު ދެން ކީކޭބާ ކިޔާނީ
އިބިލީސް
08 June 2024
ނޮވެމްބަރ 2023 ގަ ދިން ޕްރޮމޯޝަން އަކީ ގޯހެއް، ކޮންމެ މީހަކު ކުރިޔަސް ގޯސް ވާނީ ގޯހަށް
ބޮޑުހުސޭނު
07 June 2024
ތިކުރަނީ ރައްޔިތުންގެ ފައިސާއިން ިސްރާފު
ޤަވާއިދު
07 June 2024
ފުލުހުންގެ ރޭންކު ކުރިއެރުން ދިނުމާއި ބެހޭ ޤަވާއިދުގައި އޭ.ސީ.ޕީ ރޭންކަށް ކުރިއެރުން ދިނުމުގެ ޝަރުތެއްގެ ގޮތުގައި އޮވޭ، ފުލުހުންގެ ޚިދުމަތުގައި 20 އަހަރުވުން. ޝިފާން ގެ ޚިދުމަތައް 15 އަހަރު ވާނީ. ހާއްސަ ޕްރޮމޯޝަން ދިނުން މިއީ ޖޯކެއް.
އަކޭ
07 June 2024
ގާނޫނާއި ގަވާއިދު އޮތްތާއޮތީ. ބަހާތައް ކަނޑައަޅަން ގާނޫނާއި ގަވާއިދުގަ އެބައޮތް. އުސޫލުތައް ހަދައިފި. އަމަލެއް ނުކުރޭ.
ޚޮލޭ
08 June 2024
އާ.ކަލެއަށް އިނގޭނީ ގަވައިދު އެތާ އިންނަގޮތް ..ފަޅޮލޭ ވީދިބަލަ. ޙަސަދަވިއަސް ބޮޑުބަރު..