އެމްއެމްއޭގެ ޑާޓާ އާޓް މުބާރާތުގައި ވޯޓު ދީގެން 5،000ރ. ހޯދުމުގެ ފުރުސަތު. --
14 ޑިސެމްބަރ 2024 - 21:58
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޑާޓާ އާޓް މުބާރަތަށް ވޯޓުދީގެން 5،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ބުނީ، އެ މުބާރާތުގައި ވޯޓުދޭ އާންމުންގެ ތެރެއިން، ގުރުއަތުން ހޮވޭ ފަރާތަކަށް 5،000ރ. ގެ ކޮމަމަރޭޓިވް ނޫޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުބާރާތުގެ އެއް މަގުސަދަކީ ތަފާސްހިސާބު އާޓްވޯކެއް ގޮތަށް ގެނެސްދިނުން ކަމަށާއި، އޭގެ ސަބަބުން ތަފާސްހިސާބު ކްރިއޭޓިވް ގޮތަކަށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަދި، މީގެ ސަބަބުން ތަފާސް ހިސާބަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި މުބާރާތުގެ އާޓް ވޯކްތަކަށް، އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު، މާދަމާގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy