ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ.
23 އެޕްރީލް 2025 - 11:46
ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ލިބުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ މީހުންނަށް ޕޭޕަލް ކަހަލަ ޕޭމަންޓް ސިސްޓަމްތައް ލިބޭނީ ކޮން އިރަކުތޯ "ދެނޯ" އިން ގެނެސްދޭ "ސްޕޮޓް އޮން" ޕޮޑްކާސްޓުގައި ސުވާލު ދެންނެވުމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޕޭޕަލްއަކީ އެންމެ ބޮޑަށް މަސައްކަތްކުރާ އޮންލައިން ޕޭމަންޓް ސިސްޓަމެވެ.
ރާއްޖެ އަށް ޕޭޕަލް ގެނައުމަށް ކުރާ މަސައްކަތުގައި ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަރަށް އުއްމީދު ބޮޑު ކަމަށް ރައީސް މުއިއްޒު މި ޝޯގައި ވިދާޅުވި އެވެ.
"ވަރަށް އުއްމީދު ބޮޑު. އެހެންވީމާ ހިނގާ އުއްމީދުކުރަމާ،" ރައީސް ވިދާޅުވި އެވެ.
އެކަމަކު ޕޭޕަލް ލިބޭނެ ވަކި ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.
ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅައިފަ އެވެ.
ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އޮގަސްޓް މަހުގެ 22 ގައި އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، ވޮޝިންޓަނަށް ކުރެއްވި ދަތުރުގައި ވެސް ރާއްޖެ އާއި ޕޭޕަލް ގުޅުވައި ދިނުމަށް އެމެރިކާ ސަރުކާރުގެ އިސްވެރިންގެ އެހީތެރިކަން ލިބުނެވެ.
ސަައީދު ވިދާޅުވީ، ޕޭޕަލްގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ މާކެޓާ ގުޅޭ ގޮތުން ކުރިން އޮޅުން ނުފިލާ ވަރަށް ގިނަ ކަންކަން އެ ބޭފުޅުންނަށް އޮޅުން ފިލި ކަމަށެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހު ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
23 April 2025
ޕޭޕަލްމިހާރު މުހިންމުނުވާ އަނެއްސަބަބަކީ، އެމެރިކާއެދަނީ އިނދަޖެހެމުން، ޑޮލަރުގެ ބާރުކެނޑޭނަކަމުގެޔަގީންކަން އެބައޮތް، ޕޭޕަލްއަށްވުރެން އިތުބާރުކުރޭވޭ ބައިވަރު ޕުލެޓުފޯމުތައްމިހާރުވެސް ރާއްޖެއަށްލިބެ، ހަމައެކަނި ދިމާވާމައްސަލައަކީ ރާއްޖޭގެ ބޭންކުތަކުން މިފަދަ ބައެއް ޕުލެޓުފޯމުތައްބަލައިނުގަތުން، މިސާލު NETELLER، Skrill، Crypto ރާއްޖޭގައިއޮންލައިންކޮށް މަސައްކަތްކުރާމީހުނަށް ރާއްޖޭގެބޭންކުތަކުގެ ގޭޑުވޭލިބޭގޮތްވެސްހަމަޖެއްސޭނެދޯ އެކަންވެސްނުކުރޭ!
raajje
23 April 2025
ޕޭޕަލްއެނގެނީ ކިހާވަރަކަށް؟ %99 މަނީމޭކިން ޕުލެޓުފޯމުތަކުން ނުވަތަ އޮންލައިންކޮށް ބައިވެރިވެގެން މަސައްކަތްުކުރެވޭ ވެބުސައިޓުތަކުން މިހާރު ޕޭޕަލްބޭނުމެއްނުކުރާނެ، 90 ހައިގެ އަހަރުތަކުގައި އޮންލައިންކޮށް މަސައްކަތްކުރުން ފުޅާވެގެންއައިއިރު ޕޭޕަލްއުޅެނީ އެންމެކުރީގާ، ނަމަވެސް ޕޭޕަލްއިން މީހުންގެ އެކައުންޓުތައް ފުރީޒްކުރުމާ އެޔަށްފަހު ވާނުވާބުނެނުދިނުމާ މިފަދަގޮތްނޭންގޭ އެތައްކަމެއްގެ ސަބަބުން މިހާރު ޕޭޕަލްއަކީ މީހުންއިތުބާރުކުރާ ޕުލެޓުފޯމެއްނޫން
raajje
23 April 2025
މިކޮމެންޓުގައި "މީހުން" މާނަކޮށްފައިއެވެނީއޮންލައިންކޮށްމަސައްކަތްކުރެވޭ ވެބުސައިޓުތަކުގެ އެޑިމިންއަށް، މިފަދަކޮންމެބަޔަކުވެސް މިހާރުބަލާނީއެމީހުންގެ ފައިސާމެނޭޖުކުރުމުގާ ޕޭޕަލްނުހިމަނާވޭތޯ! ނަމަވެސް ޕޭޕަލްގެ ހިސްޓުރީނުދަންނަބައެއްދިވެހިން ޕޭޕަލްވަރެއްނެތިގެންއުޅެނީ، އެފަދަ ދިވެހިންނަކީ ޕޭޕަލްނޫން އެހެންޕުލެޓުފޯމެއްދަންނަމީހުނެއްވެސްނޫން، މުއިޒުގެ ސަރުކާރުންވެސް ހީވަނީއަލަށް ޕޭޕަލްފެނިގެންއުޅޭހެން، މިސަރުކާރުން ފޮނިއަނގަތެޅުންބޮޑަށްކުރާކަމަކީ
ދޮޅި ހުސޭނު
23 April 2025
ޕޭޕަލްއާ ނުލާވެސް އަހަރެމެންނަށް އުޅެވޭނެ. މި ހުރިހާ ދުވަހުވެސް އުޅުނީ. ދެން މިކަމަކާ އަޅައިގަނެގެން ނެއްޓެން ނޭންގިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟؟ އެންމެންނަށްވެސް އެނގޭ މިސަރުކާރުގައި ވީ ވައުދުތައް ފުއްދޭ ފެންވަރުގެ މީހުންނެއް ނެތްކަން. އަދި ކަންކަން ކޮށްދިނުމުގައި އެއްވެސް އިހުލާސްތެރިކަމެއް ވެސް ނެތް ކަން މިހާރު ކުޑަކުދިންވެސް ޤަބޫލުކުރޭ. ދެން ކޮން ޕޭޕަލްއެކޭ ކިޔާކަށް!!
ކާކު
23 April 2025
މަށައްފެންނަނީ މިރާޖެތެރޭ ހުރިހާ މީހުން މާލޭން ކޮއްޕާ ބޭރު ކުރަން, އޭގެ ފަހުގަ ތި ޕޭޕަލްއެއް ތައާރަފް ކުރަން, މުޅި ރާއްޖެތެރޭގެ ހުރިހާ ރަށެއް ޕޭޕަލް ބޭނުން ނުކުރެވޭގޮތައް ބޭންކުރަން
އަލިބެ..
23 April 2025
ތިއީ މީގެ 10 އަހަރުކުރީގެ ކަމެއް. މިހާރު ތިޔައީ އައުޓްދޭޓެޑް ޚިދުމަތެއް. ޕީ އެހާ ބޮޑު އަދި ޕްރޮސެސިންގ 28 ދުވަސް ހިމެނޭ މިޒަމާނަށް ކަމުނުދާ ޚިދުމަތެއް.
މާންބެ
23 April 2025
ރާއްޖެއަށް ގެންނަން މިބަލަނީ 1995 ގައި ބޭނުންކޮށް ބާވެފައިހުންނަ ޓެކްނޮލޮޖީ. މިައދު މީ ބުލޮކްޗެއިން އިން މަނީ ޓްރާންސްފާ ކުރަން ހުރިހާއެންމެންވެސް އާއީޖާދުތަށް ކުރާ ޒަމާނެއް. ގެޓް އަޕްޑޭޓަޑް ވިތް ކަރަންޓް ޓެކްނޮލޮޖީ.
ގައުމީ
23 April 2025
އަންނަނީ! އަންނަނީ! ފަސް އަހަރުގެ ދައުރު ދެބައިވަނީ! ހަމަ އަންނަނީ ! މަރިޔަނބާ ހިފަހައްޓާލާ ! އަންނަނީ!
ގުދުގުދާބެއްޔާ
23 April 2025
ތިޔަ ޕުރޮޕޯޝަލް އެއް ހުށަހެޅިތާ މިހާރު އެއްއަހަރު ވާން ކައިރިވަނީ! އަދިވެސް އަންނަނީ! އަންނަނީގަ! އަހަރުމެން ދިވެހިރައްޔިތުންނަށް ބޭނުންވަނީ ސްޕީޑްގަ މަސައްކަތް ކުރާނެ ވެރިއެއް! ފިނިހަކު ސުޕީޑްގަ މަސައްކަތް ކުރާ ވެރިންނަށް މިގައުމުގަ ޖާގައެއް ނުދެވޭނެ!ސޮރީ ނޯވޯޓް!
އަލީ!!
23 April 2025
ދެން ތި ޕޭޕަލް ނޫން އެހެން ގޮތްތަށްވެސް އެބަހުރިދޯ! ދިވެހިން ހާދާ ޕޭޕަލް ބޭނުންވެގެނޭ މިއުޅޭނީ.. އެއީ ހިލޭ ލިބޭ ހިދުމަތެއްނޫން. ރިސީވް ވާމީހާއަތުން ކޮންމެވެސް ވަރެއްގެ ކަމިޝަނެއްނަގާނެ، އަދި ފައިސާ ޖަމާވާން އެތަށް ދުވަހެއްނަގާނެ
އަޖާބު
23 April 2025
އެއްޗެޢް އެގިގެންތަ ތިކިޔަނީ ކޮމިޝަން ނުނަގާ ބޭންކެއް ވޮލެޓެއް ހުރޭތަ އެއްޗެއް ޖަމާންވާން ލަސްވަނީ އަހުރުމެންގެ ލޯކަލް ބޭންކުތަކުގެ ސަބަބުން ބޯހަލާކު
ހަސަނު.
23 April 2025
އެއްޗެއް ޗާޖެއް ނުނަގާނެ ބަޔެއް ކުރިޕްޓޯ ކަރަންސީ / އެކްސްޗޭންޖް ތަކަށް. މިސާލަކަށް ބައިނޭންސް އަށް ބަޔެއް ނެޓްވޯކް ތަކުން ރިސީވް ވާން. އަދި ބޭންކް ހެން ގިނަ އިރުނުވެ ރިސީވް ކުރެވޭނެ. ރާއްޖެކަހަލަ ކުޑަ ގައުމެއްގަ ކީއްވާނީ ބޭންކް ތަކުން ކުރިޕްޓޯ ފިއެޓް އަށް ބަދަލުކުރެވޭގޮތަށް ހެދީޔާ. ތިޔަ ޕޭޕެލް އެއް ބޭނުމެއް ނުވާނެ.
ފަރަންޖީ
23 April 2025
ޝުކުރިއްޔާ ރައީސް ރާއްޖެ ދުނިޔެއަށް ހުޅުވާލަދޭން ތިކުރާ މަސައްކަތައް! މިބުރުގަ ޓިކްޓޮކާ އޮންލީ ފޭންސް ވެސް މަނިޓައިޒް ކޮށްލަން ހުއްދަ ދެއްޗޭ، އޭރުން އަހަރުމެންގެ ޒުުވާނުން "ކުރިއަރާނީ".
ޖޯޖޯޯ
23 April 2025
2020 ވަނަ އަހަރު ފަހު ކޮޅު އޭރު ގަވަރުނަރު އަލީ ހާޝިމް ބުނި ޕޭފަލް އަށް ރިކުއެސްޓް ކޮށްގެން އުޅޭ ވާހަކަ. މިހާރު 5 އަހަރު ވަނީ. މީކީ މުއިއްޒު އައިސް ކުރަން އުޅޭ ކަމެއް ނޫން. ޕޭޕަލް ނުލިބެނީ ރާއްޖޭގެ މަނިޓަރީ ގަވައިދުތަކާ ގާނޫނުތައް ހުންނަގޮތުން. މިކަން ކުރަން 5 އަހަރު ދެން މީތަންކޮޅެއް ގިނަ ދުވަސް. މަ ބުނާނީ ތަނެއް ދޮރެއް ނޭންގެނީއޭ ނޫނީ އެމީހުން އެބުނާ އެއްޗެއް މިމީހުނަށް ފަހުމު ނުވަނީއޭ