ީމީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 އެޕްރީލް 2025 - 00:14
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނާގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އޭނާ މިރޭ ދޮގު ކުރައްވައިފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ފެނިފަ އެވެ. އެއާއެކު، އަމީންގެ ގޭގައި "ޕާޓީއެއް" ބޭއްވި ކަމަށާއި އެ މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރާ އޭނާގެ ދެ ކޮއްކޮއެއްގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.
އެ ހާދިސާގައި ދެ ކޮއްކޮއަކާ ސުވާލުކުރަން އެ ދެ މީހުން ފުލުހަށް ގެންދިޔަ ކަމަށާއި އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގެންނެވީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތުގައި ކަމަށް ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒުކުރުމާއި ތަހުގީގާ ގުޅޭ އެއްވެސް މެންޑޭޓެއް އަޅުގަނޑުގެ ޒިންމާގެ ތެރޭގައި ނެތް." އަމީން ވިދާޅުވި އެވެ.
(1) First, my heart goes out to the 21 year old young woman who is battling for survival, and pray for her full and quick recovery.
— Mohamed Ameen (@ameen3d) April 23, 2025
(2) A gathering took place during the early morning hours of Friday (18 April) in the building I live. This is not a building I personally own and…
އޭނާ ވިދާޅުވީ މައުލޫމާތު ހޯދަން ނުވަތަ ތަހުގީގާ ގުޅޭގޮތުން މިހާތަނަށް ވެސް ތަހުގީގީ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރުގެ ތެރެއިން ވެސް އެއްވެސް މީހަކަށް ގުޅައި، ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
"އެއާ ހިލާފަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަކީ މުޅިން އަސާސެއް ނެތް ދޮގު ޕޯސްޓުތަކެއް،" އަމީން ވިދާޅުވި އެވެ.
ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމުގައި ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމެން1
25 April 2025
އަމީންގެ އާއިލާގެ މީހުންނަށާ، އާއިލީ ގޮތުން ގުޅުން އޮތް މީހުންނަށް ވަޒީފާތައް ބަހާހަދާފައިވާތީވެ، ތި ބޭފުޅާއަކީ ސަރުކާރުގެ ތެރެއިން އަމިއްލަ ފައިދާއާއި މަންފާ އަދި މަސްލަހަތު އޮންނަ ކަންކަމުގައި ނުފޫޒު ބޭނުންނުކުރާނެ މީހެއް ކަމުގައި ޤަބޫލުކުރަން ވަރަށް ދަތި.
ނާޑުވާ
25 April 2025
ފުލުހުންގެ ނޫސްކޮންފަރެންސް ގެ ތެރޭން " މިނިސްޓަރ އަމީން އެބަ ގުޅުއްވާ" މިބަސްކޮޅު ސިއްރު ސިއްރު ބުނި އަޑު ވީޑިއޯ ތަކަށް އަރާފަ ހުރީ. އެހެންވީމަ ތިޔަކަން ވަރަށް ސާފު.
ފުކެއް ބޮޑުވަރު
24 April 2025
އަސްލު މިހެން ބުނާކަށް ބޭނުމެއްނުވޭ، އެކަމަަކު އަދުގެ ހަޤީގަތަކީ ފުލުހުންގެ އިދާރާއަކީ މިގައުމުގެ ރައްޔިތުންނަކައް މިހާރަކު ބޭނުމެއްހުރި މުއައްސަސާއެއްނޫން، އެކަމަކު ސަރުކާރައް ވަރައް ބޭނުނތެރި މުހިންމު މުއައްސަސާއެއް، އެމީހުންގެ މިހާރުގެ މަސައްކަތަކައްވެފަ މިއޮންނަނީ ވެރިންނާއި ވެރިންގެ އައުލާދުން ކުރަމުންދާ ފަސާދައާއި ނޭއްގާނީ ކަންކަން ފޮރުވަން މަސައްކަތްކުރުން ކަމުގަވެފަ. ރައްޔިތަކު ލޫޓުވާލައިގެން ހުށަހެޅިޔަސް ޖަވާބަކީ އޭނަ ދިނިއްޔާއޭ ލިބޭނީ.
މަހުވާ ދޮގެއްކަން
24 April 2025
ސަރުކާރު ޓެކްސީ ލައިނާ ގުޅޭގޮތުންވެސް ހަމަ އެކަން އިއުލާނުކުރުމާ ހަމައައް ދިޔައީ އެކަން ދޮގުކުރަމުން މަނިކުފާނުމެން މިހާރު ބަސް ވިދާޅުވަން ދެނެވަޑައިގަންނަވަނީ މުޅިން ޚިލާފައް. މަނިކުފާނުމެން އެއްޗެއް ވިދާޅުވީމާ ދިވެހިންނައް އެނގުންވޭ މިހާރު މީނަ މިއުޅެނީ ކަންތައްގަނޑެއް ހިންގާލައިގެންކަން. އަރާ ހަމަަކުރާނެ ދުވަހެއް އަންނާނެ. އަބަދު ތިހެން މަގާމުތަކުގަ ބަގުޑި ބައްދައިގެން ނުތިބެވޭނެ ވަރައް ވެދުން
ނަފާ
24 April 2025
ސަރުކާރުގެ މިނިސްޓަރެއްގެ ގޭގައި ބޭއްވުނު ޕާޓީއަކާ ގުޅިގެން ގިނަ ބައެއްގެ ސުވާލު އުފެދިއްޖެއެވެ. މި ޕާޓީ ބޭއްވުނީ މިނިސްޓަރު ގޭގައިކަމަށް ވާތީ، މިކަމާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މޯލްޑިވިޔަން ޕެޓްރޮއިޓް
24 April 2025
މީނާ މަގާމުން ސަސްފެންޑްކޮށް މަސައްލަނިމެންދެން ޖަލަށްލުމަށްފެނޭ، އެއީ ހެއްކަށް ނުފޫޒުފޯރުވާނެތީ
އަމީން ސަރ
24 April 2025
އިމެއް ނެތި ވެހިކަލް އެތެރެކޮށް ވަގު ގަރާޖު ލެޓާ ހަދައި ވިއްކައި އޭގެން މަންފާ ކުރި އެތައް ބަހެއްގެ ވަގު ވިޔަފާރި ހުއްޓުވާލި ކެރުނު ހަމައެކަނި ވަޒީރު. އެބައިމީހުން މަނިކުފާނުދެކެ ވަރަށް ހަސަދަވެރިވާނެ. އެންމެ އިންޗިއެއްވެސް ދޫނެދޭތި. މަނިކުފާނުގެ މަސައްކަތް ބަލައިގަންނަ ދިވެހިން ވެސް އެބަތިބި
ޖާދޫ
24 April 2025
މަނިކުފާނު ތިޔަހެން ބުނީމާ މިހާރު ހުރިހާ ރައްޔިތުން ހިތުގެ އެންމެ އަޑިން ގަބޫލުކޮށްފި، އަޅުގަނޑަޢް އަދިވެސް ތަނަކޮޅެއް އަވަސް ތިޔަ ޓުވީޓް ކުރިގޮތްވެސް
ޢއއ1
24 April 2025
ފަނޑިޔާރު އަޒްމިރަލްދާ ވެސް ބުނީ ހަމަ ތިހެން... އެކަމަކު ހުުރީ ސަސްޕެންޝަންގައި.. އޭނާ ވީމަ އެގޮތް... މީނާ ވީމާ އެހެން ނުވޭ!! ސަޅި ދޯ ދެން!!!
އިބުނު މަހުދީ
24 April 2025
މިއީ ސަދޫމުގެ ޤާނޫނު، އަޒުމިރަލާއަށް އޮންނާނީ ވަކޮގޮތެއް. އަދިކޮއްކޮމެންނަށް އޮންނާނީ މޮޅުގޮތް. ދެންވެސް ދީނޭ ކިޔާ ބާރަށް އަތްޖަހާ
ޓެކްސީ ޑުރައިވަރ
24 April 2025
އިސްތިއުފާ ދީ.
ވަތަންގެ ދަރި
24 April 2025
ބޭނުންހާކަމެއް ބޭނުންވާހާ ގޮތަކަށް ނުވީމަ އިސްތިއުފާދޭން ގޮވިއަސް ނުޖެހޭ އިސްތިއުފާ ދޭކަށް. ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެގޭ މީ އަނބުރާ ގޭސްޓަނޑެއްކަނވެސް. ގައުމު ވައްޓާލާފައޮތް އަނދަވަޅުވެސް އެނގޭ.