މީގެ ކުރިން ރާއްޖެ އެތެރެކުރުމުން އަތުލައިގަތް ޕާޓީ ޑްރަގްސްތަކެއް. - ފޮޓޯ: ކަސްޓަމްސް
27 އެޕްރީލް 2025 - 21:08
ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި، އެ ބޭނުންކުރާ މީހުން ގަބޫލުކުރިއަސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށްވާތީ އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ ޑްރަގްސް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ބާވަތްތައް ބޭނުންކުރަމުންދާއިރު ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައިވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ.
ޒުވާނުންގެ މެދުގައި މި ފަހަކުން މަޝްހޫރުވެގެން ދިޔަ ޕާޓީކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެ ފަދަ މީހުންގެ ތެރެއިން ފަރުވާއަށް އެދޭ ގިނަ ޒުވާނުންގެ ފަރާތުން އެނގުނީ، އެންޑީއޭއިން ބުނި ގޮތުގައި، އެ މީހުން ޕާޓީ ޑްރަގްސް ބޭނުންކުރީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފައި، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން، ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫންވެސް މަސްތުވާ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަ ގެއްލިދިއުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި އެފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް އެއްޗެކެވެ. ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ގޯސް އާދަޔާ ގުޅިފައިވާ ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރެއް ކަމަށް ފާހަގަކޮށް، އެ އެޖެންސީން ބުނީ މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އެ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގެ މަގުތަކުގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފެތުރުމާއި އެ މީހުން ކުށްކުރުމުން ހިފަހައްޓައި އަނިޔާކުރުން އަދި އެ ވީޑިއޯކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ފަތުރާ މައްސަލާގައި އާއްމުން ވަނީ އެންޑީއޭގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލަތަކާ ހެދި ފުލުހުންނާ ގުޅިގެން އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ ބައެއް ޖަމިއްޔާތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ 25 އިން ފެށިގެން މިދިޔަ މަހުގެ 25 ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބައިގެ ތެރެއަށް ވަންނަމުންދާ މީހުން ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި 18 އަހަރުން ދަށުގެ ކުދިން ވެސް އެ ނުރައްކަލަށް ހުށަހެޅި، އެއާ ގުޅޭ ސިއްހީ އެތައް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އެކަމުގެ ހާލަތު އިތުރަށް ދެނެގަތުމަށް އައުޓް ރީޗް ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.
އެ އެޖެންސީން ވަނީ މަސްތުގެ ހާލަތުގައި ތިބޭ މީހުން މަގުމަތިން ފެނިއްޖެނަމަ ގައުމީ އިމަޖެންސީ ހޮޓްލައިޓް، 911 ނުވަތަ އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 April 2025
ފުރަތަމަ ތިޔަތާ ޑިސްޓްރިބިއުޓް ކުރާ މީހުން ހޯދާ ހުއްޓުވަ ބަލާށެވެ.
އަލިބެ1
28 April 2025
ޑިސްޓްރިބިއުޓެއް ނުކުރެވޭނެ ބޯނެ މީހަކު އަދި ބޭނުން ކުރާނެ މީހަކު ނެތީޔާ.
އައްލަކޭ
28 April 2025
https://mihaaru.com/news/144929 މިހަބަރުގައި އިން ފޮޓޯއިން މިފެންނަނީ މަސްތުވާތަކެތި ބޭނުންކޮށްގެން މުޅި މާލެ ތެރޭގައި އެއްޗެހި ހަލާކު ކުރަމުންދާ މީހެއް މިހުރިހާ ކަމަކުން މިފެންނަނީ އެންޑީއޭ ފެއިލް ވެފައިވާ މިންވަރު އައުޓްރީޗް ހަދައިގެން ނަމްބަރު ތަކެއްގެ ވާހަކަ ދައްކަކީ ކީއްކުރަން އައުޓްރީޗް ނެހެދިޔަސް މިއޮތީ ފެންނާކަށްނު މައްސަލަ އޮތް ހިސާބު
ހައްޖަ.
28 April 2025
އަދިކިރިޔާތޯ އެގި ވަޑައި ގަތީ ހައިރާން ހީވެ.ކުރީ ސަރުކާރު ގޯސްވެގެން ގެނައި ސަރު ކާރެއް
އޮނަރަބްލް އަފީފު ދީދީ
28 April 2025
ނޭޝަނަލް ޑްރަގް އެޖެންސީ އިން މިއަދު ކުއްލިއަކަށް މުގޮތަށް ބަޔާން ނެރެ އިލްތިމާސްކުރީ ޔުމްނު ވެއްޓުނު ނުވަތަ "ވައްޓާލި" ޙާދިސާގައި ހައްޔަރު ނުކޮށް ދޫކޮށްލާފައިތި ޕާޓޭންގެ ހިމާޔަތަށް މިފަދަ ބަޔާނެއް މުހިންމުވާތީތޯ؟! ޕާޓީ ޑްރަޤްކީ އެފަދަ މުއްސަނދި ޕާޓޭން އެމީހުން ބާއްވާ ޕާޓީ ތަކުގައި އާންމުކޮށް ބޭނުން ކުރާ އެއްޗެއް ކަމަށް ވިޔަސް މިއީ އަދި ރާއްޖޭގައި އެހާ އާންމު އެއްޗަކަށް ނުވާއިރު ކުއްލިއަކަށް މިކަން މިހެން ކުރިސަބަބު އިގޭނީ އަދި ތަންކޮޅެއް ފަހުން.
މާއިޝްލ
28 April 2025
މިއީ ހާދަ ބޮޑު ޖޯކެކޭ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ހަދާފަ ހުރި އިދާރާއެއް. މިތަނުން ނޫސް ބަޔާން މިނެރެނީ މަސްތުވާތަކެއްޗަކީ ނުރައްކާތެރި އެއްޗެކޭ ކިޔާފަ. މިތަނުން ކީއްވެތަ ނުބުނެވެންވީ މިނުރައްކާތެރި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ތިމަންނަމެން ފަރުވާދެމޭ ފަރުވާގެ ދޮރުތައް ހުޅުވިފަ އެބަހުއްޓޭ. ފަރުވާއަށް އަންނާށޭ. އެކަމަކު ފަރުވާގެ ވާހަކަ ދެއްކުމެއްނެތް
އެޑްމުންޑޯ
28 April 2025
އެއވެސް މީހަކު ތީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެން ނޫޅޭ ، ޒުވާން ދެކުއްޖަކު ހުޅުމާލެ ގޮޑުދޮށުން މަރުވި ހިސާބުންވެސް ތީގެ ނުރައްކާ ޒުވާނުންނަށް އެގޭ ، އެކަމަކު މަސްތަކީ މޮޔަކޮއްލާ އެއްޗަކަށްވާތީ މަޖާކޮއްލެވީ ޕާރޓީ ޑްރަގާއި އެކު
ޗަންދާ
28 April 2025
ރާއްޖެއަށް އެންމެ ފައިދާބޮޑީ ތިޔަ އެޖެންސީ އުވާލާ އެތަނަށް ތިކުރާ ބޭކާރު ޚަރަދު އުވާލުމަށްފަހު މަސްތުވާ ތަކެއްޗަށް ކަނޑައެޅިފަ އޮންނަ އަދަބު ދޭން. ހުޅަނގުގެ ޑިމޮކްރަސީގެ ދަށުން ތިހިންގޭ ފަރުވާ ކުލިނިކްތަކުން ރާއްޖެ ހަލާކުވުން ފިޔަވާ އެއްވެސްކަމެއް ނުވޭ
ންމީރާ
28 April 2025
ތިޔަ ކަން ނޭގިގެން ނޫނޭ ޒުވާނުން ތިޔަ ތަކެތި ބޭނުން ކުރަނީ!! ދައުލަތުގެ އެކިއެކި ސިޔާސަތުތަށް ހުރީ ހަރުދަނާ އާއިލާއެއް ތަރުބިއްޔަތު ކުރެވޭނެ މާހައުލެއް އަދި ކީއްތަ ވަގުތުވެސް ހުސްވާނެ ހެން ނޫން! މިސާލަކަށް ސްކޫލްތަކުގެ ހަރަކާތްތަށްވެސް އަދި ހަފުލާތަށްވެސް ގިނަ ރޭރޭ ނިމެނީ ރޭގަނޑު 11:30 ނޫނީ 12 ޖަހާއިރު! ދެން ކިހިނެތް ދަރިން 7 ގަޑިއިރުވެސް ނިދާނީ؟ ފަތިސް ނަމާދުކުރާނީ؟ މިކަންކަން ނުކުރާނަމަ ދެން ބޮޑުވެގެން އަންނާނީ ކިހިނެތް؟
އަލިކާ ދިއްދޫ
28 April 2025
ޚީއްކުރަން ބޮނީ ބޯއިރުނޭގޭތަ ކިހާވަރެއްގެ އެއްޗެއްކަމެއް އަހަރެމެންވެސް ރިސޯރޓްތަކުގައި އުޅޭތާ 20އަހަރު ފަހަނަޅާ މިއޮތް ދިޔައީ ރާވެސް ލިބެންހުރޭ އެކަމަކު ދުވަހަކުވެސް ނުބޮން. ވީއިރު ދުނިޔެ ރަންވެގެން ޑުރަގު ބޯގެން މަރުވިއަސް ކޮންކަމެއް އެޖެންސީތައް ހަދައިގެން ޑުރަގު ބަލިކުދިންނާއި ކުއްވެރިންގެ ދިފާއުގައި ހުސްއަނގަ ތެޅުންނޫންކަމެއް ނުވޭ ބޭކާރު ބައެއް އިސްލާމީ ސަރީއަތް ގާއިމްކުރޭ
ދިއްދޫމީހާ
28 April 2025
ތިޔަ އެންޑީއޭއަ ދަނީ މަސްތުން ސަލާމަތްވާން އެކަމް އެތަނުން ނުކަންއިރު ހުންނަނީ އެތަނަށް ވަތް އިރަށްވުރެން ވަރުގަދަކޮއް މިބުނީ މަސްތައް ވަރުގަދަ ވާހަކަ