ޖަވާބުގެ އޭއައި އޭޖެންޓު "ހައްޖާ". "ހައްޖާ" އަކީ ދިވެހި ބަހުން ވާހަކަ ދައްކާ އޭޖެންޓެއް. -- ފޮޓޯ: ޖަވާބޫ
08 މެއި 2025 - 15:53
ރާއްޖޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނި "ޖަވާބު" ގެ ދިވެހި ޖީޕީޓީ އިން މިހާތަނަށް އެއް މިލިއަން ސުވާލުގެ ޖަވާބު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިވެހި ބަހުން ލިޔުމަށް އެހީތެރިވެދޭ އެޕްލިކޭޝަން "ޖަވާބު" ތައާރަފް ކުރީ 2023 ގަ އެވެ. އެ ކުންފުނިން ބުނީ މިދިޔަ ކުރު މުއްދަތުގައި 60،000 އަށް ވުރެ ގިނަ މީހުން ޖީޕީޓީގައި ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އަދި އެއް މިލިއަން ސުވާލަށް ޖަވާބު ދީފައި ވުމަކީ ދިވެހި ބަހުގެ ޓެކްނޮލަޖީ ދާއިރާ އަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ވެސް އެ ކުންފުނިން ފާހަގަ ކޮށްފައި ވެ އެވެ.
ދިވެހި ޖީޕީޓީ އުފެދިގެން އައީ "ޖަވާބު" ގެ ސީއީއޯ އަރުޝަދު އަހުމަދު ހަފުތާ ބަންދެއްގައި ތަޖުރިބާކުރި ޕްރޮޖެކްޓެއްގެ ތެރެއިންނެވެ.
ޖަވާބުގެ އެމްޑީ ޖައިލަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޕްލެޓްފޯމް ފުރަތަމަ ތަޢާރަފުކުރީ ހިލޭ ބޭނުން ކުރެވޭ އެޕްލިކޭޝަނެއްގެ ގޮތުގައި ނަމަވެސް ގިނަ ބަޔަކު ބޭނުންކުރަން ފެށުމާ އެކު، މިފަދަ އެޕްލިކޭޝަނަކަށް ޑިމާންޑު އޮތްކަން އެނގިގެން އެ އެޕްލިކޭޝަން ތަރައްގީކޮށް އޭއައި ބޭނުން ކުރެވޭ ގޮތަށް ފެށި އެވެ.
1. ސިޓީ
2. މަޒުމޫނު
3. އެއްބަސްވުން
4. ތަގުރީރު
5. ވާހަކަ
6. ޅެން
7. ރައިވަރު
- ދިވެހިބަހުން ދިރާސާ ކުރުމާއި މައުލޫމާތު ހޯދުން
- ދިވެހި ލިޔުންތައް ހުލާސާކުރުން
- ދިވެހި ލިޔުންތަކުގެ އިބާރާތްކުރުން އިސްލާހުކުރުން
- ކޮންމެ ބަހަކުން ވެސް ދިވެހިބަހަށް ތަރުޖަމާކުރުން
ދިވެހި ބަހުން ދައްކާ ވާހަކަތައް އޮޓޮމެޓިކުން ލިޔުމަށް ބަދަލުކުރުމާއި ނެރޭޝަނަށް ބަދަލު ކުރުމާއި ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ފޮޓޯ ނަގައިގެން ނުވަތަ ސްކޭން ކޮށްގެން ޓެކްސްޓް ފޯމެޓަށް ބަދަލު ވެސް ކުރެވޭނެ އެވެ.
"ޖަވާބު" ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލްމަ ވިދާޅުވީ ދިޗެހި ޖީޕީޓީގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ފުޅާ ކުރުމަށް އިތުރު ކަންކަން ރާވާފައިވާ ކަމަށެވެ. ދިވެހިން ކުރާ ކަންކަން އޭއައި މެދުވެރިކޮށް ފަސޭހަކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖު
08 May 2025
ޔަމީން މިހާރު އަހަރުމެން ދޫކޮށްލާފަ ހައްޖަ އާއި އެކު ދޯ މި އުޅެނީ، ދެން އެހެން ވިޔަސް އަބަދުވެސް ކާމިޔާބަށް އެދެން
އެއް މިލިޔަން
08 May 2025
އެއް ލައްކަ އެއް ނޫން އެއް މިލިޔަން. ސާބަސް.