ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ފުލުހުންގެ އިސްވެރިންނާ އެކު ގުރޫޕު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
08 މެއި 2025 - 22:02
މިދިޔަ މަހުގެ 26 އިން ފެށިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންގެ ލީޑަޝިޕްގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިން މިއަދު ބަދަލުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ހޯމް މިނިސްޓަރު އަލީ އިހުސާން ވަގުތީ ގޮތުން ނަވީންއާ ހަވާލުކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ފުލުހުންގެ އިދާރާ އިން މިރޭ ބުނީ އެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ނުވަ ޑިޕާޓްމެންޓެއްގެ ވެރިންގެ ގޮތުގައި އާ އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.
ބަދަލު ގެނެސްފައިވާ ޑިޕާޓްމެންޓުތަކާއި އައްޔަންކުރި އޮފިސަރުން:
- ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު.
- ހެޑް އޮފް ޑްރަގް އެންފޯސްމަންޓް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް.
- ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހު.
- ހެޑް އޮފް ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަންސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު.
- ހެޑް އޮފް ތިލަމާލެ ޕޮލިސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު.
- ހެޑް އޮފް ޓްރެފިކް ޕޮލިސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން.
- ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު.
- ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވޮލަޕްމަންޓް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް.
- ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން
ފުލުހުން ބުނީ އެއީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގްސަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.
މި ބަދަލުތައް ގެނެސްފައިވާއިރު، ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވެސް ދާދި ފަހުން ވަނީ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ އެވެ.
ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް، ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އެންމެ އިސްވެރިޔާ މި ބަދަލުކުރީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ސުވާލުތަކެއް އުފައްދަން ފެށި ފަހުންނެވެ. ޔުމްނުގެ އާއިލާ އިން ވެސް އެދިފައި ވަނީ ސާމިހު މަގާމުން ވަކިކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
09 May 2025
ތިއީ މަޖާ ވާހަކައެއް. ތިޔަވިދާޅުވާ "ޑިޕާޓްމަންޓްތަކަކީ އެއް އިމާރާތެއްގެތެރޭގައި، ޖެހިޖެހިގެންހުންނަ ދެ މޭޒް ވަކިކުރަންވެގެން މޭޒުކައިރީގައި އިށީދެގެން އިންނައިރު ބޮލާއިހަމައަށް ހުންނަވަރަށް ޖަހާފައިވާ ބިއްރޫލި ޕާޓިޝަންތަކަކުން ވަކިކޮށްފައިވާ ތަންކޮޅަކަށް ދީފައިވާ ނަންތަކެއް" ގެމައްޗަށް ކިޔާނަމެއް ނޫންތޯ؟ އެއް ޑިޕާޓްމަންޓްގެ ވެރިޔާ މޭޒުކައިރީގައި އިނދެފައި ކަރުކެހިލިޔަސް އެސްފިޔަ ޖަހާލިޔަސް ޖެހިގެންހުންނަ ޑިޕާޓްމަންޓް ވެރިޔާއަށް ފެނި އަޑު އިވޭނެ.
އޮނަރަބްލް އަފީފު ދީދީ
09 May 2025
ތިއީ ހަމަ "ނަމަކަށް" ގެނެވޭ ތީގެ ސަބަބުން ތިތަނުގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ "ނަތީޖާ އެއް ޙާސިލް ނުވާނެ ބޭކާރު ބަދަލު ތަކެއް" ކަން ތިތަނުގައި ތިބި އެންމަނަށް އިގޭނެ. އަދި ސީދާ ރައީސަށާއި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަށް މިކަން ވަރަށް ރަނގަޅަށް އެގިވަޑައި ގަންނަވާނެ. އެހެން ކަމުން އިޙްލާސްތެރި ކަމާއި އެކު ކަމެއް ކުރާނަމަ ފުލުހުންގެ މުޅި މުޢައްސަސާ ރިފޯމް ކުރުމަށްޓަކާ ރީޖަން ތަކަކަށް ބަހާލަން ޤާނޫނަށް ބަދަލު ގެންނަވާ.
ސޫބެ
09 May 2025
އަދިވެސް މޮޅެތި ނަން ތަށް ކިޔާފަ ޑިޕާރޓްމަންޓްތަށް ހެދޭތޯ ބަލާ. އެއްކަމެއްވާ ބައެއްނޫން. ރަނގަޅު މީހުން ތިބީ އެހެލާފަ ނޫނީ ގުއި ކޮށްފަ. ކިރިޔާވެސް ތެދުވެރި ހިތަކާއިއެކު މަސައްކަތް ކޮށްލާ މީހަކު ނަގާ ދިމަދިމާލަށް އެއްލާލާނެ. ގިނައީ ސޮހޮލުން ވެރިންގެ ނަމުގަ ތިބި. މި ކޮމެންޓް ޖަހާލަދޭތި
އެންމެން ހެޕީ
09 May 2025
އިންޑިޔާ މީހަކުވެސް އެބަ އުޅޭ
އަލްމް
09 May 2025
މި ކުޅި ކުޅޭތާ މިހާރު ކިހާ ޒަމާނެއް ވެއްޖެ. އެއްވެސް ބަދަލެއް ނުފެނޭ. ސަބަބަކީ މިހާރު ގިނައިން ތިބީ ކޮރަޕްޓު މީހުން ހުރިހާ ތަނެއްގަވެސް. މިކަން ރަނގަޅޫ ވާނީ ފިލާ ތިބެގެން ކަންކަން ގޯސް ނުކުރެވޭ ގޮތަށް ބަދަލުކޮށްގެން. އެކަމަކު އެހެން ނުވާނެ ސަބަބަކީ ހުރިހާ ސަރުކާރަކުންވެސް ބޭނުންވޭ ފުލުހުން ބޭނުންކޮށްގެން އަނިޔާވެރިވާން.
ހައަގު
09 May 2025
ފުލުހުންގެތެރޭ ވަރަށް ރަގަނޅު މީހުން އެބައުޅޭ! މައްސަލައަކީ ކޮރަޕްޗަނާ ފަސާދަ އަދި ނުފޫޒު އޮތް މިންވަރު ބަލަން މީގެ ކުރިން ފުލުހުންގެ ސީނިއާ އެންމެން ޕޮލިސް ބޯޑަށް ހާޒިރިކޮށް ކުރި ތަހްގީގުން މިފަދަ ކަންކަން ހުރިކަމަށަ ސާބިތުވެ ޕޮލިސް ބޯޑުން އެމީހުން ވަޒީފާއިން ވަކިކުރަން ބުނި މީހުންގެތެރެއިން ދެ މީހުން ފިޔަވާ ދެންތިބި މީހުން ބައިތިއްބާ މިއަދު އެމީހުން އެންމެ ބާރުގަދަ މަގާމުގަކުގައި ތިބި ތިބުން! ހަމަހަމަ ކަމަކީ މިއީތޯ؟ އިންސާފަކީ މިއީތޯ؟
ތަފްސީލު
09 May 2025
ހަގީގަތުގައި ފުލުހުންނެއް ނޫން މައްސަކައަކީ، ހުރިހާ ހަޑިއެއްހާވަނީ ސިޔާސީމީހުން ފުލުހުންލައްވާ، މިގައުމުގައި ތިބުނާ ޑިމޮކްރަސީ އައިފަހުންވެސް ލައްކަ ގިނަ މީހުން ވެރިކަން ކޮށްފި، ފުލުހުންނަށް ރީތިބަހެއް ލިބުނުތޯ، އެމީހުން މަސއްކަތް ނުކުރަނީތޯ، އެމީހުން ނާޒާއިޒްފައިދާނަގާ އެ މީހުން އެބިއުސްކުރަނީ ސިޔާސީ ގުންޑާއިން
ާަްޮއަލީ
09 May 2025
އަންހެން އޮފިސަރެއް ނެތީތޯ ޑިޕާރޓްމަންޓްގެ ހެޑަކަށްލާން؟
1828
08 May 2025
ހަމަ މާލޭ ސަރަހައްދުގައި. ކިތައްމެ ވަރަކަށް އެނބުރިޔަސް ލަނޑާވާނީ ލަނޑައާ.
ޙަޤްމާ
08 May 2025
ރަޖުނީ!!