ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގާފަރު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.--
15 މެއި 2025 - 16:23
ކައުންސިލްތަކުގައި ތިބޭ އަންހެން ކައުންސިލަރުންގެ އަދަދު 40 ޕަސެންޓަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އަންހެން ކައުންސިލަރުން ތިބެން ޖެހޭ އަދަދު 33 ޕަސެންޓަށް ހަދައި އަންހެނުންގެ ކޮމެޓީތައް (ޑަބްލިޔުޑީސީ) އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.
އެއާއެކު، މިހާރު ކައުންސިލްތަކުގައި 370 އަންހެން ކައުންސިލަރުން ތިބޭނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގައި 930 މެމްބަރުން އުޅެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ކަންކަން އިސްލާހު ކުރުމުގެ ކުރިން ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވާނެ ކަމަށެވެ.
އެގޮތުން ކައުންސިލްގައި އަންހެނުން ބާރުވެރި ކުރުމަށް މިހާރު އޮތް ފުރުސަތު އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"33 ޕަސެންޓު ކައުންސިލް [އަންހެން] މެމްބަރުންނަށް ވާން ޖެހޭ ގޮތަށް މިހާރު މި އޮންނަނީ. އަޅުގަނޑުމެން އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމާފައި މިއޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބަދަލުގެ ސަބަބުން އާބާދީ ބޮޑެތި ރަށްރަށް ފައިސާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ލާމަރުކާޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައި މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހެ އެވެ. އަދި 3،000 އަށް ވުރެ މަތީގެ އާބާދީ ރަށްތަކުގައި ހަތް ކައުންސިލަރުން ތިބޭނެ އެވެ.
ފަސް ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލެއްގައި ދެ އަންހެން ކައުންސިލަރުންނާއި ހަތް ކައުންސިރަލުން ހިމެނޭ ރަށްތަކުގައި ތިން އަންހެން ކައުންސިލަރުން ތިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއިހަލާކު
17 May 2025
މިއީ އަނެއްކާ އަނެއް ކަންތައް، މިހާރުވެސް އަންހެނުން ކައުންސިލްގައި ހިމެނޭ އަދަދަށް ހޮވަން ގާނޫނަށް އިސްލާހު ގެނެސް ނަންބަރުތައް ބަދަލުކޮށް، މަޖުލީހުގެ އެތަށް ވަގުތެއް ނަގާލާ ނިންމާލިއިރު ހަމަ މިޖެހުނީ ކުރިންވެސް އޮތްތާގަ. 5 މެމްބަރުން ތިބޭ ކައުންސިލެއްނަމަ 2 މެމްބަރުން، އަދި 7 މީހުންގެ ކައުންސިލެއްނަމަ 3 މެމްބަރުން، މޮޅު ޗިޕެއް. ނަމަވެސް މުއިއްޒުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްގެ މެމްބަރުންގެ އަދަދު ތިނަކަށް ބަދަލުކުރީމާ ވާނެގޮތް ބަލާ
އަފާ އަޒީޒް
17 May 2025
އަންހެން ކަނބަލުން ބާރުވެރިކުރުވާ ވެރިޔެއް. ޝުކުރަން.
ނުހާ ނާފިޒް
17 May 2025
ވަަރަށް އުފާވެއްޖެ، އަދަދު މަދުކުރުމުން ހީކުރީ ދެން އަންހެންވެރިން މަދުވާނެޔޭ. ނަމަވެސް މިހެން ހެދުމުން އެމީހުންނަށްވެސް ފުރުސަތު ލިބުނީ.
ނުހާ މުހައްމަދު
17 May 2025
މިހެންވެ އަޅުގަނޑު ރައީސް މުއިއްޒްއަަށް ވޯޓް ދޭން ދެންވެސް ބޭނުންވަނީ. އަޅުގަނޑުމެންނަށް އިސްކަން ދޭކަން ހަމަ ވަރަށް ބޮޑަށް ފާހަގަ ވޭ.
އައިޝަތް ހަމްނާ
17 May 2025
މިދިޔަ އެއްވެސް ސަރުކާރަކުން ކަނބަލުންނަށް ނުދޭ އިސްކަން މިސަރުކާރުން ދޭކަން އަޅުގަނޑަށް ފާހަގަވޭ.
އަދަދު މުހައްމަދު
17 May 2025
ރަނގަޅު ނިންމުމުމެއް. އަންހުން ޖެހޭނެ ހާއްސަ ކަމެއް ދޭން.
އަސް
16 May 2025
ހަމަ އެކައްޗެއް 5 ގެ %33 ވީމަ އެއީ 1.65 އެއީ 2 އަންހެން ކައުންސިލަރުންނޭ، 5ގެ %40 އަކީ ބަރާބަރު 2. ޚޮންމެސް ގޮތެއް ހަދާލީ މޮޅުވާން، ހަމަ އެއްތާކު ޖެހޭނީ. އަންހެންވެރިންގެ ބޮލަށް ޗިޕް ޖަހަން ދައްކާހާ ވާހަކަ
ވަލީދް
16 May 2025
އަންހެން ކާޑު، ދީނީ ކާޑު، އިސްތިގުލޮލް ކާޑު މިހަމަ ވެރިކަން ހިފަހައްޓަން ޖައްސާ ހާ ގޭމް!
ތަކަނޭ އޭ
16 May 2025
ދައްކަންހުރި ތަނެއް ދައްކަވާފަ ގެންދަވާނީ
ފަސް ޕަސަންޓު
16 May 2025
ދެން އަންހެނުންގެ ތަރައްޤީގެ ކޮމިޓީ އުވާލަންވީނު؟