ބްރޯޑްކޮމް އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެސްޖީ ޒީނިޔާ (ނޫ ހެދުމުގައި) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބްރޯޑްކޮމް
21 މެއި 2025 - 11:28
ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ގެއަށް ހިނގައްޖެ އެވެ.
އެ އޮފީހުން ވާހަކަ ދެއްކި ހިއުމަން ރިސޯސަސް އަދި އެޑްމިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު ރާޝިދު "މިހާރު" އަށް ވިދާޅުވިގޮތުގައި މަސައްކަތް ހުއްޓާލައި މުވައްޒަފުން ދާން ނިންމީ ބޭ އިންސާފުން ކަންތައް ކުރާތީ ކަމަށް ބުނެ އެވެ.
އަނެއް މައްސަލަ ކަމަށް ފާހަގަކުރީ، މުވައްޒަފުންނަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑު ކުރުމެވެ. ތިން ދުވަހަށް އޭނާ ސަސްޕެންޑުކުރުމުން އެ ތަނުގެ ޒިންމާތަކާ މިހާރު ހަވާލުވެ ހުރި ބޭފުޅަކު މުވައްޒަފުންނަށް ނޭނގޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.
އެ ފަދަ ހިތްހަމަނުޖެހުންތަކާ ހެދި 25 މުވައްޒަފުން ތިބި ކޮމިޝަނުން، ސަލާމުގައި ތިބި މީހުން ނުލައި 10 މުވައްޒަފަކު މިއަދު އަނބުރާ ގެއަށް ގޮސްފައިވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގައި އޭނާ މަސައްކަތް ކުރައްވާތާ 14 އަހަރު އަދި ބްރޯޑްކާސްޓިން ދާއިރާގައި 28 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް، މީގެ ކުރިން އެއްވެސް ބޭފުޅަކު، އެ ކޮމިޝަންގައި ދެން ތިއްބެވީ ނާގާބިލް މުވައްޒަފުން ކަމަށް ދޭހަވާ ގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މުވައްޒަފުންނަކީ ވެސް ނާގާބިލު މީހެއް ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ސަރުކާރަށް ހިދުމަތް ކުރާތާ މިހާރު 40 އަހަރު ވަނީ. އެކަމަކު، ކުއްލިއަކަށް އައި ބަޔަކަށް ނާގާބިލް ބައެއް ކަމަކަށް ގަބޫލު ކުރެވުމަކީ ވެދާނެ ކަމެއް،" ރަޝީދު ވިދާޅުވި އެވެ.
"އެކަމަކު، ނާގާބިލް ވެގެން ދިން ނަސޭހަތެއް ނެތް."
އޭނާ ވިދާޅުވީ އިހުތިޖާޖަށް ނުކުތީ އިތުރު ގޮތެއް ނެތުމުން ކަމަށާއި ހިދުމަތް ހުއްޓާލަން ޖެހުމުން ދެރަވާ ކަމަށެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓް މީޑިއާ ތަރައްގީ ކުރުމަށް ބޭރުގެ އެހީ ހޯދައިގެން ލިބޭ ދަތުރުތައް ބޭނުންކުރަނީ ކޮމިޝަންގެ މެމްބަރުންނެވެ. މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށް ނުދިނަސް، އެޕްރައިޒަލް އިން ކޮންމެ އަހަރަކު ވެސް މަތިން މާކްސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ އެސްޖީ އިއްޔެ އިން ފެށިގެން ތިން ދުވަހަށް ސަސްޕެންޑުކުރީ ވަރަށް ގިނަ ސަބަބުތަކާ ގުޅިގެން ކަމަށް ވެ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ހިމެނޭ ކަމަށް ބްރޯޑްކޮމްގެ މެމްބަރަކު ވިދާޅުވި އެވެ.
ހާއްސަކޮށް ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވޭ ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރޭ
22 May 2025
ރާއްޖެ މުޅިން ހަލާކު ކޮށްފި. ސިއްހީ ދާއިރާގަވެސް މި ސިޔާސީންތައް ލައިގެން ވާނުވާއެއް ނޭނގޭ ވަރަށް ކަންތައްތައް ގޯސްކޮށްފި. ސިއްހީ އަދި ތައުލީމީ ދާއިރާ ފުނޑުނީމަ އެ ދެން ގައުމުވެސް ފުނޑުނީ ނޫންތޯ. އޭގެ ގޯސް ނަތީޖާ ހުރިހާ ފިމާލަކުން ފެންނަމުން މި ދަނީ
ވޯކާޒް ޔޫނިއަން
22 May 2025
ސްޓާފުން ތިކުރީ ވަރަށް ސަޅި ކަމެއް.ސޮފާ ހަނދާން ނުހުރެދާނެ ސެލެރީ މައްސަލައިގައި ޓީޗަރުން އެތައް ފަހަރަކު ސްކޫލްތަކުގައި އިހުތިޖާޖު ކުރިކަން.އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަކީ އައިއެލްއޯ އަ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިންވެސް ކުރެވޭނެކަމެއް. ބުރޯޑުކޮމްއަކީ ކޮންމެދުވަހަކު ކަސްޓަމަރުންނަށް ސާވިސް ދޭ ތަނަކަށް ނުވާތީ އެކަމަށް އެއްވެސް ހުރަހެއް ނެތް! މަސައްކަތުގެ މާހައުލު މުވައްޒަފުންނަށް ފޭވަރަބަލް ތަނަކަށް ހެދުމަކީ ވެރިންގެ ޒިންމާއެއް
ގަސްކުރު
21 May 2025
މި ހެޑްލައިން ކިޔާފަ މަރިޔަން ވަހީދާ އށް ނިދޭނެ ކަމައް ހީކުރަން.. ކަލޭ ހީކުރީ ކަލޭތީ އެތާ ތާ އަބަދަށް ރައިސް ކަމުގަ ހުރެވޭނެ މީހެއް ކަމަށް..
މަރީ އާ އަވަލެވީތާ ދައްތަ؟
22 May 2025
ހީވަ ގޮތުން މަރިޔަމް ވަހީދާ އަކަށް ނޫން ތިބޭޅާ އަށް ނުނިދިފަ އިން ކަމަށް މޫސުމީ ހިސާބުން ދައްކަނީ. ކެކެކެ
ކައްޑައްދެވި
22 May 2025
ކަލޯ ރުގުޔާ ކުރަންވީނު ތިތާ ނުވެސް އުޅޭ މީހަކާ ތިހާ ވަރަށް ހިތާ ވާތީ؟
ގފދ
21 May 2025
ހެޔޮ ނުވާނެ ހަރަދު ކުޑަ ކުރަން އުވާލަ ބަލަ
އަލީ
21 May 2025
ތިޔަ ކޮމިޝަނަށް ކިޔަންވީ ސަރިއްޔަކަޓޭ ގުޅިޔާ!
ވާނުޥާ
22 May 2025
އަހަންނަށް އެކަނިތަ މި ގެޓު ނުވަނީ؟
ރިއަލިޓި
21 May 2025
މިނިވަނޭ ކިޔާފަ ހުންނަ ކޮމިޝަންތަކުގައި އުޅޭ މުވައްޒަފުންނަށް އެއްވެސް ރައްކާތެރިކަމެއް ނޯވޭ. މެންބަރުން ބޭނުންވަނީ އެވަގުތަކު ސިޔާސީ ވައި ހުރި ކޮޅަކަށް މަސައްކަތްކުރަން. ގާނޫނެއް ގަވައިދެއް އުސޫލެއް އަދުލުވެރިކަމަކަށް ނުބަލާ. އެކަންކަމާ މުވައްޒަފުން އެއްބައި ނުވީމާ މުވައްޒަފުން އެގޯސްވީ.
ހާއިފް
21 May 2025
މިދިޔަ އަހަރު އެޕްރީލް މަހުގެ ދެވަނަ ދުވަހު މުއިއްޒު ތަސްދީގު ކުރި "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސީއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން ބުރޮޑުކޮމްގެ މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ވަގުތުން ވަގްތަށް ދިނުމަށް ގޮވާލަން. އެބިއުސިވް ވޯކްއެންވާރަމެންޓު ގެ ސަގާފަތް ނައްތާލަަ!!!
ފެންލައިޓް
21 May 2025
މި ހަމަ ބޭކާރު ތަނެއް. ސަރުކާރުން އަންގާ މީޑިއާތަކަށް ދުއްޕާން ކުރާ ޕަޕެޓް މެންބަރުންތަކެއް. ތިޔައްތުރެ ރަނގަޅު ވާނެ ދައުލަތުން މިމީހހން ބުޅާ ބަލަހައްޓަން ފޮނުވިޔަސް. ނެޕޮ ބޭފުޅުންނަށް ފައިސާ ދެނީ ރައްޔިޔުން ދައްކާ ޓެކްސް ފައިސާ ވޭސްޓު ކުރަނީ
ޖޭދޫ
21 May 2025
ކިތަންމެ ވަރަކަށް މަރިޔަަން ވަަހީދާ އަޑީގަ ހުރެގެން ގޭސް އެބުރިޔަސް ވާނެ ކަމެއް ނޯންނާނެ ހަމަ ކޮމިޝަން މެމެބަރުނަށް ވުރެ މަތިން ތިތާ އެކަކަށްވެސް ނޫޅެވޭނެ
ބްލޭމް ގޭމް
21 May 2025
އަޅުގަނޑަށް ހީވަނީ ތިބޭޅާގެ ނަފުސާނީ މައްސަލަ އެއް އެބައުޅޭހެން. މަރިޔަމް ވަހީދާ އަކީ އެތާގަ މިހާރު މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން އަދި އެތަނުގެ މުވައްޒަފުންނަށް ނުފޫޒެއް ފޯރުވޭ މަގާމެއް ގައި ހުރި މީހެއް ވެސް ނޫން. އެހެން މީހުންނަށް ބުލޭމް ނުކޮށް ފެއިލުޔާ ގަބޫލުކޮއް ނާތަހުޒީބު ގޮތްތައް ބަދަލު ކުރައްވާ!!
ރެކުން
21 May 2025
ތި ކޮމެންޓުން މިރާއްޖޭގެ އެންމެ ބޮޑު މައްސަލަ ތި ފެންނަނީ. ޒިންމާ ނުނެގުން. އެހެން މީހުންނަށް ބުލޭމް ކުރުން!!
ކުރީ ސަރުކާރު
21 May 2025
މަ ބުނީ ހަމަ ކުރީ ސަރުކާރު ދޯ ލޮލް
މުޑަހަންޖާ
21 May 2025
ރަށުތެރޭ ދެތިން އާއިލާއަކުން އެއްގޭ އަނެއްގޭ މީހުނަށް އެއްޗެހިގޮވަން ޒާތެއްގެ ޓީވީ ޗެނަލެއް ހިންގައޭ ކިއާފަ އެއަށް ފާރަލާން ރަށުތެރޭ މާސިންގާ ކަމިސަނެއް ހަދައިގެން މުވައްޒަފުން ލައިގެން ސަކަރާތްތަކެއް ޖަހާކަށް އަހަރެމެންގެ ތާއީދެއްނެތް. ޓީވީ ސްޓޭސަނަށްވުރެ ކަމިސަނުގައި ވެރިންނާ މުވައްޒަފުން ގިނަވަންޏާ އެއީ ތާކުންތާކުޖެހޭ ކަމެއްބާ.