ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާ އިނާމު ހަވާލުކުރައްވަނީ---
23 މެއި 2025 - 16:15
މޯލްޑިވްސް އެކްސްޕޯ 2025ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިން އެއް ވަނަ ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް ލިބިއްޖެ އެވެ.
ރީޖަނަލް ސްކާޑާއަކީ 35 ރަށުގެ ކަރަންޓުގެ ހިދުމަތް، އެއް ވިއުގައަކުން ގުޅާލަން ސްޓެލްކޯއިން ދީފައިވާ ނަމެކެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާ އެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާ އެވޯޑު ހަވާލުކުރައްވަނީ.
މި އެވޯޑު ލިބުމުން، ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ލިބުނު ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށެވެ.
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ ގިނަ މައުލޫމާތުތަކެއް ސްކާޑާ މެދުވެރިކޮށް ލިބެ އެވެ.
އެ ސިސްޓަމް ތައާރަފް ކޮށްފައި ވަނީ ރަށުގެ އާބާދީގެ މައުލޫމާތާއި ރަށުގެ ކުޑަބޮޑު މިނާއި ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއު ތަކުގެ މައުލޫމާތާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތުތަކުގެ އިތުރުން ވިޔަފާރިތަކުގެ މައުލޫމާތު ވެސް އެނގޭނެ ގޮތަަށެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މި ފަހަރުގެ މައުރަޒުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލާނީ މިރޭ ރޭގަނޑު 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
24 May 2025
ތިޔަ ސްކާޑާ ސިސްޓަމް ގެ ކޮން ކޮންޕޯނެންޓެއްބާ ރާއްޖޭގަ އުފެއްދީ!؟
އިލްޔާސް ވަހީދު
24 May 2025
ވަކަންކުރުމުން 1ވަނަ މިފަހަރު ސްޓެލްކޯ އެމްޑީ
މިސްޓަރ ވާންން
24 May 2025
ތީ ދެން ދައުލަރުގެ ވެރީން ނަށް އެންމެ ފައިދާ ވާ ކުންފުނި ދޮއްތތޮ؟ އެހެންވީމާ ދެން ޝައްކެއްނެތި ލިބޭނެ. ބަލަ ކޮންމައއްގެ ޚިޔާލީ ފޮލާ ފެންވަރުގަ ނެތީ؟ އެންމެންގެ ޚިޔާލީ ފޮލާ ވަކީން ދެރަ އެއް ނުވާނެ.
ހަސަނުލްކޮސްގޮވިވްސްކީ
24 May 2025
މިކަހަލަ ބޭސިކް އެއްޗެހި ގައުމީ ފެންވަރުގަ އާދަޔާ ޚިލާފު މޮޅު އެއްޗަކަށް ހަދައިގެން ވަނަތައް ދިނީމަ އެ ދެވެނީ ކުރިޔަށްތަ؟ ނޫނީ ފަހަތަށްތަ؟