ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ކޮމިޓީއަށް ވަނީ ފޮނުވާފައި.
02 ޖޫން 2025 - 09:54
ނޭޕާލް އާއި އަޔަލެންޑް އަދި ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
މިއަދު ފެށި މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ނޭޕާލަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވީ އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާގެ ނަމެވެ.
އަޔަލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ފޮނުއްވީ އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު އިރުތިޝާމް އާދަމްގެ ނަމެވެ.
މީގެ އިތުރުން ބެލްޖިއަމް އަދި ޔޫއެންގައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ރުހުން ހޯދަން ވެސް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
02 June 2025
ކުރީސަރުކާރުގަ ކ.މާލޭ މީހަކު ފޮރިންގު މިނިސްޓަރަކަށްހުރެ ބޭރުގެ މިކަހަލަ މަގާމުތަކަށް މުޅިންވެސް އޭނަގެ ރަށުގެ އެކިގޭގޭމީހުން ލާތީ ގިނަބަޔަކުތިބީ ސަކުވާކޮށްކޮށް. އެކަމާގުޅިގެން ރަށްކަނޑާފަ މިހާރު ނޫހުގަ ޖަހަނީ. އަޒީމާއެކޭ ބުނީމަ އެވެދާނެ ހ.ދ ކުޅުދުއްފުށީ އަޒީމާއަށްވެސް އެހެންވީމަ ސަކުވާނުކުރާނެ މާގިނަބަޔަކު.