03 ޖޫން 2025 - 23:25
ހިޔާ ފްލެޓު ޕާކް ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "މިހާރު"އަށް ބުނީ ތޫނު އެއްޗަކުން ހަމަލާދިނުމުން ބިން މައްޗަށް ލޭ ވެސް އެޅިފައިވާ ކަމަށެވެ. އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ސްޓެރަޗުގައި، ފުލުހުންނެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮއި
04 June 2025
ހިލާ ފުލެޓްތަކުގައި ކެމެރާ ހަރުކޮށްފައި ހުރެއެވެ. އެއްވެސް ފުލެޓަކަށް/އެޕާރޓްމެންޓަކަށް ކެމެރާއަކަށް ނާރާ ނުވަދެވޭގޮތަށް ކެމެރާ ހުރެއެވެ. ސުވާލަކީ އެ މަސައްކަތްކުރޭހޭ އެ މޮނިޓަރ ކުރޭހޭ. އެ މަސައްކަތްކޮށް މޮނިޓަރ ކުރާނަމަ ފުލެޓްތަކުގައި ކުށްތަކަށް އަރައިގަންނަ ގޮތަށް ހަރަކާތް ހުންނަ މީހުން ދެނެގަންނާނެގޮތް ކެމެރާތައް މޮނިޓަރ ކުރަން ތިބޭ މުވައްޒަފުންނަށް ޓްރޭނިން ދީފައިވޭތޯ.ބަޔަކު އިހުލާސްތެރިކަމާއެކު ކަމެއް ކޮށްގެންތާ ކަމެއް ރަގަޅަށް ދާނީ.
ހަބީބު.
04 June 2025
ހިޔާފުލެޓައް އެތާދިރިއުޅޭ މީހުންފިޔަވާ އިތުރު ބަޔަކައް ނުވަދެވޭ ގޮތައް ސެކިޔުރިޓީ ގޭޓް ހަރުކުރަންޖެހޭ އަދި ބެލްކަނި ތަކުން ކުނިއުކާ މީހުން ފާހަގަ ކުރުމައް ކެމެރާ ހަރުކޮއް އެފަދަ ކަމެއް ކޮއްފިނަމަ ފުލެޓް ދައުލަތައް އަނބުރާ އަތުލެވޭގޮތައް ގާނޫނު ފާސްކޮއް އެތާއުޅޭ މީހުންނައް އަންގަންޖެހޭ އަދި ހިޔާ ފުލެޓުގެ ޕާކިން ސަރަހައްދުގެ ތަނބުތައް ވަރުގަދަ ކުރުމައް ފިޔަވަޅު އޅަންޖެހޭ މަތި ވަރައްބުރަ ވާނެ އެހުރިހާ މީހުންނާ މުދާ އެރުވީމަ
ޢާރީ
04 June 2025
ފުލުހުން ހާންސަ އިސްކަމެއް ދީގެން ބަލާ ސަރަހައްދެކޭ ބުނި
ކަރަބުލާކި
04 June 2025
އެއީ ބިދޭސީއެއްވީމަ މުޒާހަރާކުރާނެ ބަޔަކު ނޫޅޭނެތާ، ކ.މާލޭ ބަޔަކު ބޮއެގެން އުޅުމުގެތެރޭ ކަންތައްގަނޑެއް ހިނގިއަސް އެހެން ރަށްރަށު މީހުންވެސް މުޒާހަރާއަށް ނިކުމޭ ގަވައިދުން.
raajje
04 June 2025
ގިނަފަހަރުތިޔަފަދަ ދެރަގޮތްދިމާވަނީ ވިކުޓިމަށްއުޅެވޭގޮތުން ނުވަތަ ކުރެވޭކަމަކުން، ހަމަހުއްޓަކާ އައިސްވަޅިނުޖަހާނެދޯ
ޅޮސްމޭން
04 June 2025
ވަރަށް ފައްކާ ވާހަކައެއް އެހެންވީމަ ގޭގައި މައިން ބަފައިންނަށް ނުހިފެހެއްޓިގެން އުޅޭ ކުދިން މައިތިރި ކުރަންވެސް ބޭނުންވަނީ ކަނޑި ބަޑީގެ ހަރަކާތެއްދޯ؟
2.0
04 June 2025
މަޑު މަޑުން ސްލަމްއަކަށް ބަދަލު ވަނީ. ވެހިކަލް ތައް އެހެން މިހެން ޕާކްކޮއްފަ. ޕާޓޭއިން ވެއްޓިފަ ޖޯލިތަކަށް. 3 ހާސް މީހުން އުޅޭ އިމާރާތެއްގަ ސެކިއުރިޓީއެއް ނުހުރޭ. މުސްކުޅި ދައިތައެއް ބައެއް ފްލެޓް ތިރީގަ ބައެއް ގަޑި ތަކުގަ ނުހުންނަ ވާހަކައެއް ނޫން. މަތިން ކޮންމެ ފަދަ އެއްޗެއްވެސް ވައްޓާލާނެ. އިހުމާލު އިހުމާލު.
ޟަޑޫ
04 June 2025
މާލޭ ސްލަމަށްވުރެ 100 ޕަސެންޓް ރަނގަޅު. މާލޭގަ ތޮއްޖެހިގެން ތެޅުމަށްވުރެ ހިޔާ ފުލެޓްތަކުން ލިބޭ ފަސޭހަތައް މާގިނަ. މާލޭގެ ގެތަކުން ލިބެނީ ކޮން ސެކިއުރިޓީއެއް. މުސްކުޅިދައިތައެއްވެސް މިތާ އިނދޭތާ.