04 ޖޫން 2025 - 10:43
ހުޅުމާލޭ ހިޔާ ޕާކު ސަރަަހައްދުގައި ބިދޭސީއަކަށް ރޭ ހަމަލާދިން މައްސަލައިގައި ކުޑަކުއްޖަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިޔާ ޕާކުގައި ބިދޭސީއަކާ ދެމެދު ހިންގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު، އެ އިދާރާގެ ބެލުމުގެ ގެނެސްފައިވާ ކަމަށެވެ.
މާރާމާރީގައި އަނިޔާވީ އިންޑިއާ ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފިރިހެން މީހާގެ ހާލު ސްޓޭބަލް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިސްޓަރޫ
04 June 2025
އަސްލު އިންޑިޔާމީހުންގެ އުނދަގޫ ވަރަށް ބޮޑު. ވަރަށް ފުއްޕާފަ އުޅެނީ. އެހެން އުޅެނިކޮށް މިފަހަރު ގޭންގްކުއްޖަކާ ޖެހުނީމަ ތިހެން ތިވީ.
އޮގަރޭ
04 June 2025
ހަމަ ތި ސޮރުމެން މައިތިރި އަރުވާލަންވީ ގެރިއްލާ އުސޫލާ އެއްގޮތަށް. އޭރުން ތިޔަކަން ނިމުނީ
ހަތަރުދަން
04 June 2025
ތިޔައީ ރޭގަނޑު ހަތަރުދަމު ތިޔަ ސަރަހައްދުގައި ލާހޫރެން އުޅޭ ކުދިންތަކެއް. ބެލެނިވެރިންގެ އަޅާލުމެއް ބެލެހެއްޓުންތެރިކަމެއް ނެތް. ދިހަވަރަކަށް ފަނަވަރަކަށް ކުދިން އުޅޭނެ. ބައެއް ފަހަރު ފުލުހުންގެ ބޭކަލުން މިކުދިން ހުއްޓުވައިގެން ވާހަކަ ދައްކާ ތަން ފެނޭ. ގިނަ ކުދިން ތިބެނީ ބޯދިގުކޮށްފައި ކަރުގައި ފަށް އަޅާފައި ޓެޓޫވެސް ޖަހައިގެން. މިކުދިން މިހެން އުޅޭތަ ދެތިން އަހަރުވެދާނެ. ބޮޑެތިވާވަރަކަށް ކުރާ ކަންތައް ފަލަވަމުން ބޮޑުވަމުން ތިދަނީ.
ދެރަ
05 June 2025
ކިއޮސްކު ތަކުން ވައްކަންވެސް ކުރަނީ ހަމަ މިކުދިން
ހަވަ ަކަނ ޒނ
04 June 2025
30 އަހަރުން ދަށުގެ މީހުންނަކީ ކުޑަކުދިން ކަމުގައި ކަނޑައަޅަންފެނޭ. އޭރަށް ކުށްވެރިން މަދު މާހައުލަކަަށްވާނެ. ކުޑަކުދިން ކުރާކަންކަމަކީ މާބޮޑެތި ކަންކަމެއްނޫނެއްނު.
ރާއްޖެ
04 June 2025
ކުޑަ ކުދިން މީހުން ގަޔަށް ވަޅި ހަރަމުން ނުދާނެ.
ނިކަމެތިމީހާ
04 June 2025
ރޯދަމަސް އަންނާތީ އާއިލާއާ އެކު މާހަފަން ސެންޓްރަލް ޕާކަށް ދިޔަ ކުއްޖަކަަށް ހަމަލާ ދިނީ ހުސް ކުޑަކުދިން އެއްވެސް ކުއްޖަކު ހައްޔަރެއް ނުކުރޭ، ކެމެރާއަށްވެސް އަރާފަ ހުރީ ފިލަން ދުވާތަންވެސް، އެކުދިންނަށް އެޅުނުފިޔަވަޅެއްވެސް ނެތް