ފުލުހެއްގެ ގައިގާ ޖައްސާ ދިޔަ މީހަކު މިރޭ ވަނީ ހައްޔަރުކޮށްފައި
25 ޖޫން 2025 - 22:47
ލައިސަންސް ނެތި ސައިކަލް ދުއްވި ޒުވާނަކު، ޗެކް ޕޮއިންޓަކުން މިރޭ ހުއްޓުވަން އުޅުމުން ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ޓްރެފިކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ކަމަށެވެ. އެކަން ހިނގީ މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓްގަ އެވެ.
އެގޮތަށް ބާރަށް ސައިކަލްގައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ފުލުސް މީހާއަށް ވަނީ އަނިޔާވެފަ އެވެ.
އެ ސައިކަލު ދުއްވީ މާލެ، މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲ 18 އެވެ.
އޭނާގެ އަތުގައި އެއްގައުމު އުޅަނދު ދުއްވުމުގެ ލައިސަންސްއެއް ނެތެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮބްޒޯވް
28 June 2025
ގަސްތުގައި ޖެއްސީއޭ މިކިޔަނީ ޖެހުނީމަ... ކޮންމެހެން ގަސްތުގަ އަނިޔާއެއް ދީފަ ފިލައިގެން ދެވޭވަރު ގޭންގްސުޓާއެއް ވެސް ނޫން. މީގަ ފުލުހުން އޮޅުވާލާފަ މިއޮތީ. ނެޕޯ ބޭބީއަކައް ނުވީމަ ދެން ހެޑިންއެއް އަޅަން ސައިކަލު ކުރިމައްޗައް ޖެހިގަންނަ މީހުން މަދެއް ނޫން ތިތާގަ.
އިބުނު މަހުދީ
26 June 2025
މިގައިމުގައި އަދައިގެ މީހަކަށް ވުމަކީ މިގައުމުގައި އޮތް އިސްލާމްދީނުގައި ވާގޮތުން ބޭޒާރުކޮށް އަގުވައްޓާލާ އޭނާއަކީ ބޮޑު މުޖިރިމަަކަށް ހަދާފައި ފޮޓޯޖަހައިފައި ބޭޒާރުކުރުންތޯ؟ މީގައި އަދި ޖެއްސީތޯ، ނޫނީ ބާރަށް ދަނިކޮށް މަޑުނުވެ ޖެހުނީތޯ، ނޫނީ ގަސްތުގައި ޖެއްސިކަމަށް ސާބިތުނުވަނީސް މީހުންގެ ފޮޓޯ ޖަހައި ހެދުމަކީ ބަޔަކަށް އަނިޔާދިނުން ނޫންބާ؟ މީގެކުރިން އަންހެނަކު ފުރާލުމައްޗަށް ވެއްޓުމައްސަލާގައި ފޮޓޯޖަހަން ހާދަދުވަހެކޭ ނެގީ. އެއީ ތޯ އިންސަފާކީ؟
ޒުވާނުން
26 June 2025
ގަސްތުގަ ޖެއްސިއަސް ނުޖެހޭ 18 އަހަރުގެ ޒުވާނެއްގެ ފޮޓޯ އާންމުކޮށް ފަލީހަތް ކުރާކަށް. އާދައިގެ މީހާގެ ފޮޓޯ ޕަބްލިކް. އަޖާއިބެއްނު
ޑރ ވާންޗޯ
26 June 2025
އެވެސް ދެބަނޑަށް ބޮއެގެން ކުރެވޭނުކުރެވޭ ނޭގޭހާލުގަހުރެގެން.
ބޮންޑް
26 June 2025
ޖެމްކިޔު މައްސަލައިގައި އުޅޭ މީހުންގެ ފޮޓޯވެސް ޖަހާ ބަލަ. މިކުއްޖާ އަތުގައި ދޭނެ ފައިސާއެއް ނެތީމަ ތަ މިކުއްޖާގެ ފޮޓޯ ޖަހާލީ.
ޑރ ވާންޗޯ
26 June 2025
50 ކިލޯއަށްވުރެގިނަ ޑްރަގް ގަސްމުށީގެތެރޭގަ ފޮރުވައިގެން ގެނައީމަވެސް ބަލާދިޔަ ބަންގާޅީ ކުއްވެރިނުވި، ގެނައިކޮމްޕެނީގެ ބޮޑުމީހާގެ ނަމެއް ކޮމްޕެނީގެނަމެއްވެސް ނޫގުގަޖަހާލަން ނުކެރުނު، އެކަމަކު 18 އަހަރުގެ ކުއްޖެއްގެ ފޮޓޯ ނޫހުގަޖަހާފަ އަގުވައްޓާލާއިރު ތިޔަނޫންކުށެއް އޭނަގެ ހިސްޓްރީގަވެސްނެތި ތިލެވެލްއަށް ދާންޖެހުނީ އާދައިގެ މީހެއްގެ ދަރިއެއްވީމަތަ؟.
މަލް ޝަރީ
26 June 2025
ވަގުތުން ފޮޓޯ. ރޯޔަލް ނޫންވީމަ
ހަމިއްތަ
26 June 2025
ކޮބާ މިކަލޭގެ މައިންބަފައިން. 18 އަހަރު ނުވަނީސް ސައިކަލް ހޯދައިދޭ. ލައިސެންސް އޮތްތޯ ނެތްތޯ ނުބަލާ. ދަރިން އުޅޭ ނޫޅޭ ތަނެއް ނުބަލާ
ހާމުދުރު.
26 June 2025
ދެލޯ ފޮހެލާފައި ފޮޓޯގައި ހުރި މައުލޫމާތަށް ބަލާލަ ބަލަ.
އޮނަރަބްލް
26 June 2025
ބޭފުޅުން ގަޔަށް ފުލުހުންނަށް އަތެއް ނުލެވޭނެ އެއީ މާ މަތީ ބަޔެއް
raajje
26 June 2025
އުމުރުން އެންމެ 18 އަހަރުގެ .،. ލައިފުފަށައިމިގަތީ ފުލުހެއްގެގައިގާ ސައިކަލުންޖައްސައިގެން، އެވެސް ލައިސަންސުނެތި ގާނޫނާގަވައިދާހިލާފަށްދުއްވަމުންގޮސް، ސައިކަލުގެވެރިމީހާ ތިޔަކަމުގައި ބޮޑުޖޫރިމަނާއެއްކުރަންޖެހޭ، މިފަދަގޮތަކަށް އަމަލުނުކުރާނަމަ ތިޔަފަދަކަންކަންދާނީ އިތުރުވަމުން، ޓުރެފިކުޕޮލިހުންގިނަފަހަރު މަގުތައްބަލަހައްޓަންއުޅެނީ އަމިއްލަސޭފުޓީ ލިބޭގޮތަކަށްނޫން ކޮންމެމީހަކަށްވެސް ފަސޭހައިންގައިގާ ޖެއްސޭނެގޮތައްތިބެނީ، ސޭފުޓީފަސްޓް
ބަލާއެއްނު
26 June 2025
ނެޕޯ ކިޑް އެއް ނޫންވީމަތަ މިއޮތީ 18 އަހަރު ކުއްޖެއްގެ ފޮޓޯ ޖަހާފަ
މަސްމަން
26 June 2025
ލޯބިން މައިން ބަފައިން ހަލާކު ކުރާ ޒުވާނުން މިއީ! ދަރިން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިއަސް ވަރިހަމަ! ރާއްޖޭގެ ކުރީގެ ރައީސް ވިލާތުގެ އެޖެންޓަކީވެސް ހަމަ މިކަހަލަ މީހެއް! ކެނެރީން ތަކަށް އޭނަގެ ވިޔާނުދާ އުޅުން މަނައެއް ނުކުރޭ! ހުދު މައިންނަށް އެމީހުން ދީނުގެ ކަންކަމަށް އުޅޭތީ ފާޑުވެސް ކިޔޭ!