އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން: ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މި ދުވުމުން ފެނުނު.---ފޮޓޯ: އުރީދޫ
27 ޖޫން 2025 - 23:28
އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" މިއަދު ހަވީރު ފޯރިއާ އެކު ނިންމާލައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން ދުވަން ފަށަން ތައްޔާރު ވެގެން.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ މޭޔަރު އަލީ ނިޒާރާއި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެން ބޭއްވި މި ދުވުމަށް އައްޑޫން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އައްޑޫގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެ ދުވުމަށް ވަރަށް ބޮޑަށް ސަޕޯޓުކޮށް، އެ މީހުންގެ ބައިވެރިވުން އޮތް ކަން ހާމަކުރި އެވެ. ހާއްސަކޮށް ވަރަށް ގިނަ ކުޑަކުދިން މި ދުވުމުގައި ބައިވެރި ކުރި އެވެ.
އުރީދޫން ބުނީ، މިއީ "އެންމެ އުފާވެރި ދުވުން" ކަމަށާއި އެ ދުވުމާ އެކު އައްޑު އަށް ބޮޑު އީދެއް މިއަދު އައި ކަމަށެވެ.
އައްޑޫގެ މޭޔަރު ނިޒާރާއި ޑެޕިއުޓީ މޭޔަރު ޝުއާދު އާއި އުރީދޫގެ އެމްޑީ ހާލިދު އަލީ ހަމާދީ އަދި އެ ކުންފުނީގެ ސީއޯއޯ ހުސައިން ނިޔާޒާއި ހެޑް އޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފު މިއަދުގެ ދުވުން ފެށުމުގެ ކުރިން ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: އުރީދޫ
އައްޑޫ މަރަދޫން ފެށިގެން މި ދުވުން ކުރިއަށް ގެންދިޔައިރު، ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުގެ ހަރަކާތްތަކުން އެ ދުވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމަށް އުރީދޫން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން.---ފޮޓޯ: އުރީދޫ
"ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާ ނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ،" އުރީދޫން ބުންޏެވެ.
ފަން ރަން ނިންމާލި ކޮންމެ ދުވުންތެރިއަކަށް ހާއްސަ މެޑަލްއެއް އުރީދޫން ދިނެވެ. އެއީ އައްޑު އަށް ހާއްސަ ދޫންޏެއް ކަމަށް ބަލަމުން އަންނަ "ދޮންދީނި" ރަމްޒު ކޮށްދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މެޑަލްއެކެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން: ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މި ދުވުމުން ފެނުނު.---ފޮޓޯ: އުރީދޫ
"އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ މޭޔަރަށާއި އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއި އިހުލާސްތެރި މުވައްޒަފުންނަށާއި މި ހަރަކާތް ހަގީގަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަމެވެ،" އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބާރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ފަރާތުން އައްޑޫގެ މޭޔަރު ނިޒާރަށް "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" ގެ ހަނދާނީ ހަދިޔާއެއް އަރުވަނީ.---ފޮޓޯ: އުރީދޫ
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ އަދި ވަރަށް ބޮޑަށް ފޯރި ނެގި މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ.
28 June 2025
އަބަދުވެސް ގިނަބަޔަކު ދައްކާ އަޑު އިވެނީ. ރާއްޖޭގައި ފޯނު އަދި ނެޓްގެ އަގުބޮޑު ވާހަކައެވެ.އޫރިދޫ ތަންތަނުން މަކަރު ހަދާ ވާހަކަ އެވެ. އެކަމަކު އެމީހުންގެ އިވެންޓް ތަކުގައި ބައިވެރިވާ އަދަދު ގިނަވީމަ ތި ކިޔާ ލަވަ އަކާއި، ޖަހާ ބެރަކާއި ދިމަލެއް ނުވޭ.
މަރަދޫ އައްލާ
28 June 2025
އުފާވެރި އީދު ދުވަހުގެ މުނާސަބަތުގައި އުރީދޫގެ ވެރިންނަށް ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަން
އޮނަރަބްލް އަފީފު ދީދީ
28 June 2025
ދުވުމަށް އައްޑޫސިޓީ އަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. އައްޑުއަށް ވަޑައިގެންނެވި އެންމެނަށް އިގޭނެ ސަރުކާރު މީޑިޔާ ތަކުގައި އައްޑުއާއި އައްޑޫ ރައްޔިތުނާއި ބެހޭގޮތުން ޒަމާނުއްސުރެން ދައްކަމުން އަންނަނީ ރަނގަޅު ވާހަކަ އެއް ނޫން ކަމާއި "އައްޑޫ ރައްޔިތުންނަކީ މީހުނަށް ހެޔޮ، ރައްޠެހިންނަށް އިޙްތިރާމް ކުރާ އަދި އެކުވެރި ރައްޔިތުން އުޅޭ ތަނެއް" ކަން. އަދި އައްޑޫގައި ޤުދުރަތީ ރީތި ކަމާއި ސަޅި ބީޗް ވެސް އެބައޮތް ކަން.
އަހަންމާ.
28 June 2025
އަޅުގަޑުގެ އުމުރުން މިހާރު ފަސްދޮޅަހުގެ އަހަރުތަށް މިދަނީ ގުނަމުންނެވެ. މި ހުރިހާ ދުވަހު މިދަނީ ދައުލަތުގެ މީޑިޔާ އަޑުއަހަމުންނެވެ. ދުވަހަކުވެސް އައްޑޫ ރައްޔިތުންނަކީ ނުބައި ބަޔެކޭ ކިޔާފަ ޚަބަރު ފެތުރި އަޑެއް ނާހަމެވެ. ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދާލި މީހުން އެބައެގޭތާ.
ނަނަނަ
29 June 2025
އައްޑު އަތޮޅަކީ ގާފުންޏެއް. ބޭރު ބަޔަކަށް އެއަރފޯސް ހަދަން ދިނުން ނޫން އެހެންކަމެއް ތިގާފުންޏަކުން ނުކުރެވޭނެ. ތީ ދިވެހި މާއްލިއްޔާއަށް ޖެހިފައޮތް ބޮޑު މުސީބާތެއް..