ޚަބަރު

ތިލަމާލެ ބްރިޖްގެ ޕައިލްތައް ޖަހައި ނިންމައިފި، މަޝްރޫއުގެ 60 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިއްޖެ

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަނީ. --

01 ޖުލައި 2025 - 08:52

17 comments

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ، ބްރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައި ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ މި މަޝްރޫއުގެ އެންމެ އުނދަގޫ މަރުހަލާގެ ނިމުމެވެ.

ޕައިލް ކުރުމުގެ މަސައްކަތް ނިމުމާ އެކު، މުޅި މަޝްރޫއުގެ 60.84 ޕަސެންޓު މިހާރު ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދާ ތިލަމާލެ ބްރިޖްގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަނީ.

ތިލަމާލެ ބްރިޖްގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް މިދިޔަ އޭޕްރީލް މަހު ވަނީ ބަހައްޓައިފަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

17 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 7%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫނުސް22

01 July 2025

ނޫސްވެރިޔާ ނިކަން މިނިސްޓަރީއިން ހޯދާލަދީބަލަ ރައްޔިތުންނައް ތިޔަ ބުރިޖް ނިންމާ ހަވާލްކުރަން އެއްބަސްވެވިފަ އޮތް ތާރީޚް.

The name is already taken The name is available. Register?

2050

01 July 2025

2050 ވަނަ އަހަރު ތިޔަ ބުރިޖުން ދަތުރުކުރެވޭވަރު ވެއްޖިއްޔާވެސް ރަނގަޅު. މާދަމާ ޚަބަރެއްގައި އޮވެދާނެ އިންޑިޔާ ހައިކޮމިޝަނުން ބުންޏޭ ބްރިޖު އަޅާ ސަރަހައްދުގައި ޓޭޕްރޯލެއް ދަމައިފިޔޭވެސް. ވަލްހަމްދުލިއްލާހި.

The name is already taken The name is available. Register?

ދަގަތްފާނު

01 July 2025

އައްޑޫ ބުރިޖުވެސް އިސާހިތަކު ނިމިދާނެހެން ހީވަނީ.

The name is already taken The name is available. Register?

ފުން ސެގްޖެނެޓް؟

01 July 2025

Highest precast bridge segment in the world is part of the Duge Bridge (Beipanjiang Bridge)Guizhou and Yunnan provinces in China. 565 meters (1,854 feet)Type: Cable-stayed bridge with precast concrete segments Opened to traffic in 2016 ފަހަރުގައި ވެދާނެ އެއްމެ ފުން ތަނެއްގައި ބޭންދި އެންމެ ބޮޑު ޕްރީކާސް ސެގްމެންޓް ކަމަށް.

The name is already taken The name is available. Register?

ޔުނުސް22

01 July 2025

އެބުނީ ރާއްޖޭގެ ދުނިޔޭގެ ރެކޯޑް އޭ

The name is already taken The name is available. Register?

ކަލަރީ

01 July 2025

ރ.ސޯލިހު ވެރިކަމުގަ 2023 ގަ ފެށި ބުރިޖް އެމަނިކްފާން ފޭބިއިރު އިނީ 50% ކޮމްޕްލީޓް ކޮށް ނިންމާ ފައިލް ކުރަންވެސް ފަށާފަ... ނާ ކަމެއް ނުކޮށް ކުރެޑިޓް ނަގާ ސަރުކާރެއް މި ނޫނީ ނާދޭ..

The name is already taken The name is available. Register?

އަހުމަދޭ

01 July 2025

50%؟ 100% އެއް ނޫންތަ؟؟ 2023 ގަ ވެރިކަން ނިމުނުއިރު އަހަރެމެން ވިލިމާލެއަށް މޫދަށް ދަނީވެސް އެ ބުރިޖުގައެއް ނޫންތަ؟

The name is already taken The name is available. Register?

ނަން...

01 July 2025

އިންޖިނިއަރިން ބެކްގުރައުންޑް މީހެއް ނޫން. އެކަމަކު ކުރިން އެހެން ބުރިޖެއް އެޅިތަން ފެނުނީމަ ހަަމަ ތާފާތު ފެނޭ. މި ފަހަރު މިއޮތީ އިންޑިޔާއިން ދަސްކުރާ އިލިގެ ބުރިޖެއް. ހުޅުމާލެ ބުރިޖުގެ ފުން ތަންތަނުގައި ޖަހާފަ ހުރީ ހާދަ ބޮޑެތި ބުޑުތަކެކޭ. އެއާ ހިލާފު ތިލަމާލެ ބުރިޖްގައި މި ހުރީ ޕައިލް ހޮޅި ތަކެއް ޖަހާފައި އޭގެ މަތީގައި ކޮންކުރިޓް ގަނޑެއް. މީގޭ ތަފާތު ކޮން މެވެސް މޮޅު އިންޖިނިއަރ ކިޔާދީބަލަ. ބުނާނެ ވަރަށް އޯގަނައިޒޭ.

The name is already taken The name is available. Register?

ޑރ ވާންޗޯ

01 July 2025

ތިއޮއް ހުރިހާމީހުން ކިތައް އަހަރުވެގެން މިދިޔައީ އަދިކިރިޔާ ޕައިލްސް ތިޖެހުނީ.

The name is already taken The name is available. Register?

ނީމަލް

01 July 2025

ކޮންމެސް ކުއްޖަކު ބަލާދީބަލަ މީ ހަމަ ތެދު ވާހަކައެއްތޯ؟

The name is already taken The name is available. Register?

އިސްމާލި

01 July 2025

މަރުހަބާ،. އަހަރެމެންގެ ކާފަ ދަރިންނަށް ތިޔަ ބުރިޖުން ދަތުރުކޮއްލުމުގެ އުފާ ލިބޭނޭ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

މުރާސިލް

01 July 2025

ތިލަމާލޭ ބުރިޖުގެ މުހިއްމު މަޢުލޫމާތުތައް އިންޑިޔާ ހައިކޮމިޝަނުން އާއްމުކުރާތަން ފެނުނީމައި ވަރަށްބޮޑަށް ހައިރާންވެ ސުވާލު އުފެދެއެވެ. ތިލަމާލޭ ބުރިޖުގެ އެންމެހައިކަންކަން ބަލަހައްޓަންޖެހެނީ އިންޑިޔާ ހައިކޮމިޝަނުން ހެއްޔެވެ؟ ނުކަތާވަރުގެ ބޮޑުލޯނެއް އިންޑިޔާ ނަގައިގެން ދިވެހިސަރުކާރުން ބުރިޖު އަޅަމުންދާއިރު، ބުރިޖުގެ އަދާހަމަތައް ހާމަކުރަން ޖެހޭނީ ދިވެހިސަރުކާރުގެ ކަމާއިބެހޭ އިދާރާއިންނެވެ. އިންޑިޔާ ހައިކޮމިޝަނުން އެކަމަށް ބޯމަހާލާކަށް ނުޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454