މަހުލޫފް ޑޮކްޓަރަށް ދައްކަން މިދިޔަ އަހަރުގެ ތެރޭގައި މާލެ ގެނެސް އައިޖީއެމްއެޗުގައި: އޭނާ ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައި --ޓުވިޓާ ފޮޓޯ
24 މާޗް 2017 - 16:46
ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެއްޖެ އެވެ.
ނަޒްރާ ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ ތިން ސަބަބަކާ ހެދި ކަމަށް މަހްލޫފު މިއަދު އަންގާފައިވާ ކަމަށެވެ.
"މަހުލޫފް އަންގަނީ އޭނާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ނުލިބޭހާ ހިނދަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާނުލާނެ ކަމަށް. އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
ނަޒްރާ ވިދާޅުވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފެށީ ދެ މަސް ދުވަސްވީއިރު ވެސް މަހްލޫފަށް އޭނާގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން ނުދޭތީ އާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވާތީ އާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ ކަމަށެވެ.
މި ކަންކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
"މަހުލޫފް ލޯޔަރުންނަށް ބައްދަލުކުރުމުގެ ފުރުސަތު ވެސް ކަރެކްޝަން އިން މިހާރު ނުދޭ. އޭގެ އިތުރުން އޭނާ ސީރިއަސް ބައްޔަކަށް ބޭރުން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން ވެސް ނުފޮނުވި. އޭނާއަކީ އަދިވެސް މަޖިލީހުގެ މެމްބަރަކަށްވާއިރު ވެސް މަޖިލީހުގެ އެޖެންޑާއެއް ވެސް ހިއްސާއެއް ނުކުރޭ. އަދި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު ޖަލްސާއަކަށް ވެސް ހާޒިރުކޮށްނުދޭ މައްސަލަ އޭނާ ފާހަގަކުރޭ،" މަހުލޫފްގެ އަނބިކަނބަލުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިހަ މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން އަބްދުﷲ މަސީހް ވަކިކުރަން އަންނަ ހޯމަ ދުވަހު ނަގާ ވޯޓަށް ތާއީދުކުރައްވާފައި ކަމަށެވެ. އަދި އެ މަސައްކަތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރާ މަސައްކަތްތަކަށް މަހްލޫފު މަރުހަބާ ވިދާޅުވާ ކަމަށް ވެސް ނަޒްރާ ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހާ ހިސާބުގައި ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޭއަލި
25 March 2017
ބަނޑު ހައިހޫނު ކަމުގެ ހަޅުތާލެއް ކުރާހާ ހިތްވަރެއް ނެތް. ތިޔަ އެދޭ ގޮތް ނުވަނީ ނިކަން ނުކައި ނުބޮއި ހުރެބަލަ. ނުވާނެ.
އައްޒާމް
25 March 2017
އާނުކާތިދެން. އަހަރެންވެސް ދެންނުކާނަން މަހޭ ނުކަނިސް!
ލުގުމާން
25 March 2017
ކެއުމާއި ނުކެއުމަކީ އެބޭފުޅާގެ އަމިއްލަ ފަރުދީ ޒިންމާއެއް. ވީމާ ތިޔައީކީ މައްސަލައެއްނޫން
ފްރީޑަމް
25 March 2017
ނުކައި ނުބޮއެ އޮތަކަސް މާ މޮޅުތަކެއް ނުވާނެ، މެންބަރު ކަން ގެއްލުނީމަ އެކަމުގެ އަގުވަޒަން ކުރެވޭނީ، ޔޫ ވިލް ނޯ ދަ ވެލިއު އޮފް ސަމްތިންގް ޕްރެޝަސް ވެން އިޓްސް ލޮސްޓް އޮންލީ، މިނިވަން ކަމުގެ އަގު ވަޒަން ކުރެވޭނީ މިނިވަންކަން ގެއްލުނީމަ
އައްޓަ
25 March 2017
މަހޭ ތިޔަހެން ނަހައްދަވާ. ސާބިތުކަމާއެކު ހުންނަވާ! ނަސްރަށް އަބަދުވެސް ކާމިޔާބް ދެއްވާނެ!
ރަދީފް އެންޑް ކުމާރު
24 March 2017
ކުއްވެރިވެގެން ޖަލަށްލާފައިހުންނަމީހަކު ކޮންގޮތަކުންތޯ މަޖުލީހުގެ ތެރެއަށް ވަންނާނީ؟ އެހެންވެއްޖިއްޔާ ހުރިހާކުއްވެރިންވެސް އެމީހުންގެ ހައްގޭކިޔާފާ އެމީހުން ކުރިން ވަޒީފާއަދާކުރަމުންދިޔަތަނަށް ފޮނުވަން ޖެހޭކަމަށް ވަކާލާތުކުރާނެ........... ޖަލުގާ ވަކިމިހަކަށް ވަކި ގޮތަްތަކެއް އޮވެގެންނުވާނެ. އެހެންނޫނަސް އަހަރެމެންނަށް އިނގޭގޮތުގައި ސިޔާސީ މަތީފަޑީގާ އުޅޭ މީހުންގެ ޖަލަކީ މެދުމިނުގެ ފެންވަރުގެ ދިރިއުޅުމެއް އުޅެވޭފެންވަރަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ތަނެއް. ހަގީގަތަށް ބުނަންޏާ މީވެސް ފާޑެއްގެ ނަސްލީ އިންތިޔާޒެއް.
ޚާޗި
24 March 2017
މަށެއް ހިތަކަށްނާރަ ހަމަ އެކައްޗެއްވެސް.
ދޫނި ރާއްޖެ
24 March 2017
މެންބަރ މަހްލޫފް އަކީ ވަރަށް ހިތްވަރުގަދަ އަދި އެހާމެ ކެރޭ ބޭކަލެއް. އަވަހަށް މިނިވަންވާނެ ކަމަށް އުއްމީދު ކުރަން.
ދަރުމަ
24 March 2017
ސުބްޙާނﷲ
ނޫރު
24 March 2017
އިސްލާމްދީނުގައި ހުއްދަކުރާކަމެއްނޫންތޯ.